Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ މަސްރަހު

މަޖިލިސް ހައިޖެކްކުރުން - ގަދަބާރު ދައްކައިގެން މަޖިލީސް ހިންގުމަކީ މޮޅުކަމެއް ނޫން!

ދެބެއިންވެގެން އެތައް ރައްޔިތުންނެއް ތަމްސީލްކުރުމުގެ ހައްގު ވަނީ ނިގުޅައިގަންނަވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2023 | އާދީއްތަ 14:59
މަޖިލީހުގެ ރައީސާއި ނައިބު ރައީސް

މަޖިލީހުގެ ރައީސާއި ނައިބު ރައީސް

ޑިމޮކްރަސީގެ ފޮނިމީރުކަމުގެ ވާހަކަ ދައްކަވައިގެން، އެ ޓެގު އަޅުއްވައިގެން ސިޔާސީ މައިދާނުގައި މަޝްހޫރުވި ބޭބޭފުޅުން، މިއަދު އެ ބޭފުޅުންގެ މަގާމާއި ޖާހަތު ގެއްލިދާނެތީ އުޅުއްވާ ގޮތް ނިކަން ދެކިބަލާށެވެ. ސާފުކޮށް ލިޔެފައިވާ ގާނޫނު އަސާސީއާއި، މަޖިލީހުގެ ހިންގާ ގަވާއިދުގެ ބޭރުން، ހިތްޕުޅާވާ ގޮތަކަށް މަޖިލިސް ހިންގަވަނީއެވެ.

49 މެމްބަރުންގެ ސޮޔާއެކު، ބޭބޭފުޅު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން، ކޮންމެ ގޮތެއް ހައްދަވައިގެންވެސް މަގާމު ދިފާއުކުރެއްވުމުގެ ރޫހު މި ދެ ބޭފުޅުން މި ދަނީ ގެންގުޅުއްވަމުންނެވެ. އުސޫލަކަށް، ގާނޫނަކަށް، ގަވާއިދަކަށް ބެއްލެވުމެއް ނެތެވެ.

ފުރަތަމަ ދެއްކެވީ ގާނޫނު އަސާސީގެ ވާހަކައެވެ. ދެން ދެއްކެވީ ގަވާއިދުގެ ވާހަކައެވެ. މިއަދު ދެއްކެވީ ދީބާޖާއާއި ގަރާރުގެ ސިފަ ނެތްކަމުގެ ވާހަކައެވެ. ހަގީގަތަކީ، ނެތީ ޑިމޮކްރަސީގެ ސިފަފުޅެވެ. ގޮތް ދޫކުރެއްވުމުގެ ސިފަފުޅެވެ. ހުރީ "ޚުދުމުހުތާރު"ކަމާއި ގަދަބާރުން ކަންކަން ކުރެއްވުމުގެ ސިފަފުޅެވެ. ހައެއްކަ ބޭފުޅުންވެގެން މުޅި މަޖިލިސް ހިސޯރުކުރައްވައި ނިންމައިފިއެވެ.

ގަދަބާރާއި ނުފޫޒު ދައްކަވައިގެން މަޖިލިސް ހިންގުމަކީ މޮޅު ކަމެއްކަމަށް ހީފުޅުވާނަމަ އެއީ ކުށްހީފުޅެކެވެ. މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާއަކީ، ސުޕްރީމް ކޯޓުން މި މައްސަލަ ކުރިއަށްގެންދިއުމާމެދު ދިން ސާފު ލަފަޔަކަށްފަހު އެޖެންޑާކުރި ޖަލްސާއެކެވެ. ނަމަވެސް ޖަލްސާ ފެށުމާއެކު ފެށީ، އެކްތާ ކަޕޫރުގެ ޑްރާމާއަކުންވެސް ނުފެންނަހާ މޮޅު ރޭވުންތަކެކެވެ.

މޫނުފުޅުން ދައްކަވަން މަސައްކަތްކުރެއްވީ މާ ރިވެތި ޑިމޮކްރަސީގެ އުސޫލެއް މި ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ކަން އޮތީ ދިމާ އިދިކޮޅަށެވެ. ދެބެއިން އިސްވެ ތިއްބަވައިގެން، އަރިހުގައި ތިއްބެވި، ގާނޫނީގޮތުން ފުންނާބު އުސް ބޭބޭފުޅުންގެ ގަދަރުފުޅު ވެއްޔާ މޮޑެލައްވައިފިއެވެ. އުމުރުދުވަހު އަބުރުވެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ބަދަލުގައި، މިއަދު މި ދެބޭފުޅުންގެ ހިމާޔަތުގައި ނުކުމެވަޑައިގެން، އެ ބޭފުޅުންނަށް ޖެހިފައި ވަނީ ދެ ބޭފުޅަކު ހިމާޔަތްކުރައްވާށެވެ. ގާނޫނު އަސާސީއާއި މަޖިލީހުގެ ހިންގާ ގަވާއިދުގެ ރޫހާ ޚިލާފަށް، ހިތްޕުޅާވާ ގޮތަކަށް ގާނޫނުތައް މާނަކުރައްވަނީއެވެ. ހިތްޕުޅާވާ ގޮތަކަށް މަޖިލިސް ގެންދެވުމުގައި ނިވާފަތްގަނޑަކަށް ބޭނުންކުރައްވަނީ މި މެމްބަރުންނެވެ.

މަޖިލީހުގައި މި މައްސަލަ ކުރިއަށް ނުގެންދެވުމަށް އެންމެ ފަހުން ދެއްކެވި ހުއްޖަތަކީވެސް ތާކުންތާކުޖެހޭ ހުއްޖަތެއް ނޫނެވެ. ސަބަބަކީ ގާނޫނު އަސާސީގައި ބުނާ ގަރާރުގެ ހާލަތާ، މަޖިލީހުގެ ގަވާއިދުގެ ދަށުން ވަކިވަކި މެމްބަރުން ހުށަހަޅުއްވާ ގަރާރާ ތަފާތުވުމެވެ. ގަވާއިދުގެ ދަށުން ހުށަހަޅާ ގަރާރުތަކަކަކީ މަޖިލީހުން އެކަމުގައި ނިންމާ ގޮތް ކަނޑައަޅާ ގަރާރުތަކެކެވެ. އެ ގަރާރުތަކަށް އަމަލުކުރަނީ ބިލާމެދު އަމަލުކުރާ އުސޫލުންނެވެ. އެކަން ދެނެތިއްބަވައިމެ، އުޒުރުތައް ދައްކަވައިގެން މަޖިލީހުގައި ކުޅިވަރުކުޅުއްވަން މި ބޭފުޅުން ފަސްޖެހިވަޑައެއްނުގަތެވެ.

އަދި ރައްޔިތުންނަށް އޮޅުވާލައްވަން، ކުރިންވެސް ގަރާރުގެ ސިފަ ނެތުމުން ގަރާރުތައް ބޭރުކޮށްލެއްވިކަަމަށް ވިދާޅުވިއެވެ. ނަމަވެސް ހަގީގަތަކީ އެޔެއްނޫނެވެ. ކުރިންވެސް މަޖިލީހަށް ހުށަހަޅާ މައްސަލަތައް މަޖިލީހަށް ބަލައިގަންނައިރު، އިދާރީގޮތުން ފުރިހަމަ ނުވާނަމަ އެކަން މަޖިލީހުގެ އިދާރާއިން އަންގައެވެ. އެ ވިދާޅުވާ ގަރާރުތައްވެސް އިދާރީގޮތުން ފުރިހަމަ ނުވުމުން، ބޭރުކޮށްލީ އިދާރާއިންނެވެ. ތަޅުމަކުން ނޫނެވެ. ރިޔާސަތުންނެއްވެސް ނޫނެވެ.

މުޅި މަޖިލީހުގެ ނިޒާމް ކިލަނބުކޮށްލައްވައިފިއެވެ. ރިޔާސަތުން ބޭނުންފުޅުނުވާ ކަމެއް ކުރިއަށް ނުގެންދަވަން ފުރުސަތު ނުދެއްވަން ތިއްބަވާއިރު، މިއަދު އެ ތިއްބެވީ އެތައް މެމްބަރުންނެއްގެ އިމްތިޔާޒްތައް ނަންގަވާލައްވާފައެވެ. ދެބޭފުޅުން ވެގެން، އެތައް ރައްޔިތުންނެއް ތަމްސީލްކުރެއްވުމުގެ ހައްގު ނިގުޅައިގަންނަވައިފިއެވެ. މަޖިލީހަކީ ޖޯކަކަށް ހައްދަވައިފިއެވެ.

މަޖިލިސް ހިނގަންވާނީ އުސޫލުތަކުގެ މަތިންނެވެ. ދެބެއިން އެކަކު އަނެކަކު ހިމާޔަތްކުރާ ބީދައިންނެއް ނޫނެވެ.

މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު