Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެރއަރ ސޮސައިޓީ

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިއަދު މުޖްތަަމައުގެ ތެރެއިން އަޅާލާ - ނާއިބްރައީސް

މި 5 އަހަރު ތެރޭގައި އިންކްލޫސިވް ޑިޕާޓްމަންޓް އުފެއްދިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2023 | ހުކުރު 04:38
ނާއިބްރައީސް ފައިސަލް ނަސީމް

ނާއިބްރައީސް ފައިސަލް ނަސީމް

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިއަދު މުޖްތަަމައުގެ ތެރެއިން އަޅާލާ ކަމަށް ނާއިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކެއަރ ސޮސައިޓީއަށް 25 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ހަވީރުގައި ވާހަކަފުޅުދައްކަވަމުން ނާއިބްރައީސް ވިދާޅުވީ 25 އަހަރު ކުރިން މިކަންތައް ފެށިގެން އައި އިރު، މުޖްތަމައުތެރޭގައި މިކަންތައް ބަލައިގަތުމައި ހޭލުންތެރިކަން ހުރި މިންވަރު އެއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އެދުވަހު މި މަސައްކަތް ފެށި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ނާއިބްރައީސް ވިދާޅުވީ، ކެއަރ ސޮސައިޓީގެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަންނެވި ކަމަށާއި، މި ސަރުކާރުގެ ތެރެއިން ވެސް އެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

އަދި ކޮންމެ ކަމެއް ވެސް ކުރެވެނީ ވަރަށް ބައިވަރު މީހުންގެ އެއްބާރުލުމާއެކު ކަމަށާއި، އަމިއްލަ ޖަމިއްޔާތަކުން ކުރި މަސައްކަތްތަކާއި، ކެއަރ ސޮސައިޓީން އިންކްލޫސިވްއާ ދިމާލަށް ކުރި ދަތުރުގައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނާއިބްރައީސް ވިދާޅުވީ މި 5 އަހަރު ތެރޭގައި އިންކްލޫސިވް ޑިޕާޓްމަންޓް އުފެއްދިއްޖެ ކަމަށާއި ސްކޫލްތަކުގައި އެކަންކަން ފުޅާކޮށް ހޮސްޕިޓަލްތަކުގައި ތެރަޕީ ދެވެން ފެށިއްޖެ ކަމަށެވެ.

ނައިބްރައީސް ވިދާޅުވީ މި މަސައްކަތަކީ މުޖުތަމައުތެރޭގައި ކުދިންނާ މެދު ކުލުނާއި ލޯބި އޮވެގެން ކުރެވޭ ކަންކަން ކަމަށާއި، މިއީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެކުރެވިކަމާއެކު ގުޅިގެން ކުރާ ކޮންމެ މަސައްކަތެއް ވެސް ކާމިޔާބުކުރެވޭނެ ކަމަށާއި، ބޭނުންވަނީ މުޖްތަމައުތެރޭގައި ބޭނުންޖެހިފައި ތިބި ފަރާތްތައް އަޅާލާ މީހުން ކަމުން، އެކަންކަން މިއަދު މުޖްތަމައުގެ ތެރެއިން ފެނިގެންދާ ކަމަށެވެ.

ނާއިބްރައީސް ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވާ ކެއަރ ސޮސައިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު