Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނާއިބުރައީސް ފައިސަލް ނަސީމު

އުންމީދަކީ މި ފެށޭ އައު ދައުރަކީ ދިވެހި އުންމަތަށް ތަރައްޤީ އާއި ކުރިއެރުން ގެނެސްދޭނެ ދައުރަކަށްވުން: ނާއިބުރައީސް

އެންމެ ބޮޑަށް ބެއްލެވީ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަކަންމަތީ، ތެދުވެރިކަމާ އެކު އަދާކޮށްދެއްވުމަށް ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2023 | ހުކުރު 09:58
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަނީ

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަނީ

ހުކުރު ދުވަހު ފެށޭ އައު ދައުރަކީ ދިވެހީންގެ ފުރިހަމަ ތާއީދުން ގެނައި ވެރިކަމެއް ކަމަށާއި، އެ ދައުރަކީ ދިވެހި އުންމަތަށް ތަރައްޤީ އާއި ކުރިއެރުން ގެނެސްދޭނެ ދައުރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނާއިބުރައީސްކަމުގެ މަޤާމުގެ ވަދާޢީ މެސެޖެއް ރައްޔިތުންނަށް ފޮނުއްވަމުން ނާއިބުރައީސް ނެރުއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ ނިމިގެން މިދާ ދައުރުގައި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ މާތް ﷲ އަށް ޙަމްދު ކުރައްވާ ކަމަށާއި، އެ މަޤާމުގައި ދެމިހުންނެވި އިރުގައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބުނު އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވަމުން ނާއިބުރައީސް ވިދާޅުވީ އެމަނިކުފާނު ނާއިބުރައީސް ކަމުގައި ހުންނަވައިގެން، އެންމެ ބޮޑަށް ބެއްލެވީ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަކަންމަތީ، ތެދުވެރިކަމާ އެކު އަދާކޮށްދެއްވުމަށް ކަމަށެވެ.

ނާއިބުރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ހުކުރު ދުވަހު ފެށިގެން މިދާ ސަރުކާރަކީ ރާއްޖެއަށް ކުރިއެރުމާ ތަރައްޤީ ގެނެސްދޭނެ ދައުރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނާއިބުރައީސްގެ މި މެސެޖު ނިންމަވާލެއްވީ ހުކުރު ދުވަހު ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަދި ނާއިބުރައީސް ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން، މި ފަށާ ދައުރުގެ މެންބަރުންނަށް މަރުޙަބާ ވިދާޅުވެ، ދިވެހި ގައުމަށް މިނިވަންކަން އަބަދު ވެސް ދެމެހެއްޓުމަށް އެދި ދުއާ ކުރައްވަމުންނެވެ.

ނާއިބުރައީސް ފައިސަލް ނަސީމު ވަދާއީ މެސެޖެއް ދެއްވާފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ނާއިބު ރައީސެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު