Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބު: ބައެއް ދާއިރާތަކަށް ރަށްތައް ކަނޑައެޅިގޮތަށް ބަދަލުގެނެސްފި

ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކޮށްފައިވާއިރު ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނެސްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ނޮވެމްބަރު 2023 | ހުކުރު 02:16
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އާންމުން ހުށަހެޅި ޝަކުވާތަކާއި ޚިޔާލުތަކަށް ބަލާ ބައެއް ދާއިރާތަކަށް ރަށްތައް ކަނޑައެޅިގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަދަލު ގެނެސްފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ/ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކުރުމަށް ފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި، އެހެން ހުރިހާ މީހުން، ހުޅުމާލެ މެދު ދާއިރާ އާއި، ހުޅުމާލެ އުތުރު ދާއިރާ އަށް ބަދަލުކޮށް، ދަފްތަރުގައި ހިމެނޭ މާލޭ ދާއިރާ ތައް (މާފަންނު، މައްޗަންގޮޅި) ގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލުގެނައުމަށް ނިންމަވާފައިވާކަމަށެވެ.

މީގެއިތުރުން ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކޮށްފައިވާއިރު ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާއަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިގޮތަށް ބަދަލު ގެނައުން ހުވަދުއަތޮޅުގެ ދާއިރާތައް ހަމަޖެހިގެންދާނީ، - ވިލިނގިލި ދާއިރާ: ވިލިނގިލި - ދާންދޫ ދާއިރާ: ނިލަންދޫ، ދާންދޫ، ކޮނޑޭ، - ގެމަނަފުށި ދާއިރާ: ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ، - ކޮލަމާފުށި ދާއިރާ: ކޮލަމާފުށި، މާމެންދޫ މިގޮތަށް ކަމަށެވެ.

އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އިންތިހާބުކުރާ މެންބަރުންގެ އަދަދު 93 އަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމައިފައެވެ. މިހާރު ތިއްބަވާ 87 މެންބަރުންގެ ބަދަލުގައި 93 މެންބަރުން އިތުރުކުރަން ނިންމީ އާބާދީ އަށް ބެލުމަށް ފަހު ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.

މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން ޝަކުވާއަށް ހުޅުވައިލުމުން، 65 ޝަކުވާއެއް ލިބުނު ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު