Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްރިކެޓް ވޯލްޑްކަޕް

ނިއުޒީލޭންޑް ކަޓުވާލައި، ޕާކިސްތާން ސެމީއަށް ދާނީ ކިހިނެތް؟

ނިއުޒީލޭންޑްގެ ނެޓްރަންރޭޓް ވަނީ 0.74، ޕާކިސްތާނުގެ ނެޓްރަންރޭޓަކީ 0.03

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 ނޮވެމްބަރު 2023 | ހުކުރު 05:42
ޕާކިސްތާން ކުޅުންތެރިން: ސެމީގެ އުއްމީދު ކުޑަ

ޕާކިސްތާން ކުޅުންތެރިން: ސެމީގެ އުއްމީދު ކުޑަ

ކްރިކެޓް ވޯލްޑްކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އަށް ވާދަކުރަނީ ތިން ގައުމެކެވެ. އެއީ އެންމެ ފަހުގެ ރަނަރަބް ނިއުޒީލޭންޑާއި ޕާކިސްތާން އަދި އަފްޣާނިސްތާނެ އެވެ.

މީގެ ތެރެއިން ނިއުޒީލޭންޑްގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު އެ ޓީމު އޮތީ ޓޭބަލުގެ ހަތަރުވަނާގަ އެވެ. 10 ޓީމު ލީގު އުސޫލުން ބުރެ ކުޅެ ނިމޭއިރު ހަތަރުވަނަ އަކީ ސެމީ ފައިނަލުގެ އެންމެ ފަހު ޖާގަ ލިބޭ ގައުމުގެ މަގާމެވެ. ޕާކިސްތާން އޮތީ ފަސް ވަނާގަ އެވެ. އަފްޣާނިސްތާން ހަ ވަނާގަ އެވެ. މި ތިން ގައުމު ވެސް ފަހު މެޗު ކާމިޔާބުކޮށްފިނަމަ ޕޮއިންޓްގެ ގޮތުން ހަމަހަމަވާނެ އެވެ. އެއިރުން ސެމީގެ ފަހު ޖާގަ ލިބޭ ހަތަރު ވަނަ މަގާމަށް ދާނީ ނެޓްރަންރޭޓް ގިނަ ޓީމެކެވެ.

ނިއުޒީލޭންޑްގެ ފަހު މެޗުގައި ރޭ ފަހަތުން ދެ ވަނާގައި އޮތް ސްރީލަންކާ ބަލިކުރީ ފަސް ވިކެޓުންނެވެ. 46 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ލަންކާ އަށް ހެދުނީ އެންމެ 171 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ ނިއުޒީލޭންޑް މޮޅުވީ 23 އޯވަރުގެ ތެރޭގައި 172 ލަނޑު ހަދައިގެންނެވެ.

މިއާއެކު ނިއުޒީލޭންޑްގެ ނެޓްރަންރޭޓް ވަނީ 0.74ގަ އެވެ. ޕާކިސްތާނުގެ ނެޓްރަންރޭޓަކީ 0.03 އެވެ. އަފްޣާނިސްތާން އޮތީ 0.03- ގަ އެވެ. މިހެންވެ އަފްޣާނިސްތާނަށް ފުރުސަތު ނެތް ކަމަށް ގިނަ ބަޔަކު ޔަގީންކުރެ އެވެ. ފުރުސަތު އޮތީ ޕާކިސްތާނަށެވެ.

ޕާކިސްތާނުގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑާ ދެކޮޅަށެވެ. މި ފަހަރުގެ ކްރިކެޓް ވޯލްޑްކަޕުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިންގްލޭންޑް މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އެ ގައުމާ ދެކޮޅަށް ކުޅެ މޮޅުވިޔަސް ޕާކިސްތާނަށް ނިއުޒީލޭންޑްގެ ނެޓްރަންރޭޓް ފަހައިލެވޭނީ 287 ލަނޑުން ނުވަތަ 288 ލަނޑުން މޮޅުވެގެންނެވެ. އަމުދުން މިކަން ކުރެވޭނީ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ޕާކިސްތާނަށް ފުރަތަމަ ބެޓްކުރަން ފުރުސަތު ލިބިގެންނެވެ. މިހެންވެ 1992 ވަނަ އަހަރުގެ ޗެމްޕިއަން ޕާކިސްތާނަށް ވެސް އޮތީ ވަރަށް ހަނިފުރުސަތެކެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2020

އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން

13 ފެބުރުއަރީ 2020
އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން
29 ޑިސެމްބަރު 2019

އީގަރ މުސްލިމުންގެ މައްސަލައިގައި ޕާކިސްތާން ހަނުތިބެނީ ކީއްވެ؟

29 ޑިސެމްބަރު 2019
އީގަރ މުސްލިމުންގެ މައްސަލައިގައި ޕާކިސްތާން ހަނުތިބެނީ ކީއްވެ؟
27 ޑިސެމްބަރު 2019

ރާއްޖޭގެ އިންތިޚާބުގެ ވާހަކަދައްކަން ޕާކިސްތާން ލަދުގަންނަން ޖެހޭ!

27 ޑިސެމްބަރު 2019
ރާއްޖޭގެ އިންތިޚާބުގެ ވާހަކަދައްކަން ޕާކިސްތާން ލަދުގަންނަން ޖެހޭ!
12 ޑިސެމްބަރު 2019

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޕާކިސްތާން؟

12 ޑިސެމްބަރު 2019
ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޕާކިސްތާން؟
15 އޯގަސްޓު 2019

ޕާކިސްތާން މަތިން ހަނދާން ނައްތާލާފަ ރާއްޖެ އިން އިންޑިއާ އުނގަށް؟

15 އޯގަސްޓު 2019
ޕާކިސްތާން މަތިން ހަނދާން ނައްތާލާފަ ރާއްޖެ އިން އިންޑިއާ އުނގަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު