Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީގަރ މުސްލިމުން

އީގަރ މުސްލިމުންގެ މައްސަލައިގައި ޕާކިސްތާން ހަނުތިބެނީ ކީއްވެ؟

29 ޑިސެމްބަރު 2019 | އާދީއްތަ 05:08

ޕާކިސްތާނުން ދަނީ ޗައިނާ ސަރުކާރު ދިފާއުކުރަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 29 ޑިސެމްބަރު 2019 | އާދީއްތަ 05:08
ޗައިނާގެ ރައީސާއި، ޕާކިސްތާނުގެ ބޮޑު ވަޒީރު

ޗައިނާގެ ރައީސާއި، ޕާކިސްތާނުގެ ބޮޑު ވަޒީރު

ޗައިނާގެ ޝިންޖިއާންގައި ދިރިއުޅޭ އީގަރ ދަރިކޮޅުގެ މުސްލިމުންނާއިމެދު އެގައުމުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ ބައިނަލްއަގްވާމީ ސަމާލުކަން އެކަމަކަށް ލިބިފައިވާ އަނިޔާވެރި އަމަލުތަކެކެވެ.

ދީން ބަދަލުކުރުމަށް މަޖުބޫރުކޮށް، މުސްލިމުން ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގައި މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން ޗައިނާ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. ބޮޑެތި ގައުމުތަކުން އެކަމަށް ފާޑުކިޔަމުންދާއިރު، ޗައިނާއާ ގާތްގުޅުމެއް އޮންނަ މުސްލިމް ބައެއް ގައުމުތަކުން ޗައިނާ ސަރުކާރުގެ އަނިޔާވެރި އަމަލުތައް ދިފާއުކޮށް މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ޕާކިސްތާން ހިމެނެއެވެ.

ބޯޑަރު މައްސަލައިގައި ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ދީނީ މައްސަލައެއްކަމަށް ހަދައި، އިންޑިއާ އަށް ވަރަށް ބޮޑަށް ޕާކިސްތާނުން ފާޑުކިޔަމުންދާއިރު، މާ ދުރު ނޫން ހިސާބެއްގައި ތިބި އީގަރ މުސްލިމުންގެ ހައްގުގައި ޕާކިސްތާނުން އެއްޗެއް ނުބުނާ މައްސަލައިގައި އެގައުމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ޚާއްސަކޮށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާންއަކީ މުސްލިމުންގެ ހިމާޔަތުގައި ތެދުވާނެ ލީޑަރެއްކަމަށް ދެއްކުމަށް ޕާކިސްތާން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން ފޯރުކޮށްދޭ ލޯނުތަކުގެ ސަބަބުން ފިއްތުންތައް ކުރިމަތިވެ، ޗައިނާއާއި ދެކޮޅަށް ޕާކިސްތާނަށް އަނގަ ހުޅުވާލަން ނުކެރިފައި ތިބިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޗައިނާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އަސަރު ޕާކިސްތާނުގެ އިތުރުން މެދުތެރޭ އޭޝިއާއަށް ކުރަމުންދާކަމަށް މުހައްލިލުން ބުނެއެވެ. ދާދި ފަހުންވެސް ޗައިނާއިން ހައްޔަރުކުރި ޕާކިސްތާން ވިޔަފާރިވެރިންތަކެއްގެ އަނބިންގެ މައްސަލައިގައިވެސް ޕާކިސްތާނުން އެއްޗެއް ބުނެފައިނުވާއިރު، ޗައިނާގެ މުސްލިމުންނާއިމެދު ހިންގަމުންދާ ލާއިންސާނީ އަނިޔާތަކަށް ބީރު ކަންފަތެއް ދީގެން ޕާކިސްތާނުން ތިބޭ ތިބުމުގެ ނަތީޖާ ޕާކިސްތާން ސަރުކާރަށް ރަނގަޅު ނުވާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޗައިނާއިން މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމާއި ދެކޮޅަށް ޕާކިސްތާނަށް އެއްޗެއް ބުނަން އެންމެ ފަސްޖެހޭ އެއް ސަބަބަކަށް ވެފައިވަނީ ޗައިނާގެ އެހީގައި ކުރިއަށްދާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއެވެ. އުމްރާނީ ތަރައްޤީގެ ބައެއް ޕްރޮޖެކްޓްތައް ހިމެނޭ މި ޕްރޮޖެކްޓަކީ ޗައިނާއިން އެގައުމުގެ ވިޔަފާރި ފުޅާކޮށް، ދުނިޔެއަށް ހަންފެތުރުމަށް ބޭނުންކުރާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްދާ ވަކި ޕްރޮޖެކްޓެކެވެ. މީގެ ސަބަބުން ޗައިނާގެ ވިޔަފާރި މުދާ އަރަބި ކަނޑާއި، ގަލްފްގެ ހިސާބުތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެއެވެ.

ހައިރާން ވާން ޖެހޭ އަނެއްކަމަކީ ޗައިނާގެ އަނިޔާވެރިކަމާ ދެކޮޅަށް ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުންވެސް ހަރު އަޑުން އެއްޗެއް ބުނެ ނުލާ ކަމެވެ. ލަޝްކަރޭ ތައިބާ އާއި ޖައިޝޭ މުހައްމަދު ފަދަ ޖަމާއަތްތަކުންވެސް ހުޅަނގުގެ ގައުމުތަކުގައި ހިނގާ ކަންކަމާއި އިންޑިއާގައި ހިނގާ ކަންކަމާއި ބެހި، އިންޒާރުތައް ދޭއިރު، ޗައިނާއިން ހިންގަމުންދާ އަމަލުތަކާއިމެދު އެއްޗެއް ނުބުނެއެވެ. މި ޖަމާއަތްތަކަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައި،އެސް،އައިގެ ތާއީދާއިއެކު ހިންގާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް އަޑު ފެތުރިފައިވާއިރު، ޕާކިސްތާން ސަރުކާރުން ހިތްވަރުދޭ އަމަލުތަކަކާ ދެކޮޅަށް އެމީހުން އެއްޗެއް ބުނެފާނެކަމަށް ގަބޫލުކުރާކަށްވެސް ނުވާނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2019

ޕާކިސްތާން މަތިން ހަނދާން ނައްތާލާފަ ރާއްޖެ އިން އިންޑިއާ އުނގަށް؟

15 އޯގަސްޓު 2019
ޕާކިސްތާން މަތިން ހަނދާން ނައްތާލާފަ ރާއްޖެ އިން އިންޑިއާ އުނގަށް؟
11 އެޕްރީލު 2018

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ
03 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!
22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟
11 ސެޕްޓެމްބަރު 2017

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟
08 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް