Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރާއްޖޭގެ އިންތިޚާބުގެ ވާހަކަދައްކަން ޕާކިސްތާން ލަދުގަންނަން ޖެހޭ!

މީޑިއާ ޑެލިގޭޝަނެއްކަމަށް ބުނެ، ރައީސް ޔާމީންގެ ގާތް ބަޔަކު ޕާކިސްތާނަށް ގެންގޮސްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 ޑިސެމްބަރު 2019 | ހުކުރު 21:22
މީޑިއާ ޑެލިގޭޝަނެއްކަމަށް ބުނެ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ފަރާތްތައް

މީޑިއާ ޑެލިގޭޝަނެއްކަމަށް ބުނެ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ފަރާތްތައް

އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަޣުލަބިއްޔަތުން މިއަދު އައިސް އޮތް ސަރުކާރުގެ އަގު ވައްޓާލުމަށެވެ. ސަރުކާރާއި ދެކޮޅަށް ދެއްކޭނެ މާގިނަ ވާހަކަތަކެއް ނެތުމުން ސަރުކާރު ހިންގާ ޕާޓީގެ އެއް ލީޑަރު ދެއްކެވި ވާހަކަފުޅެއް އޮޅުވާލައިގެން، މިހާރު މަސައްކަތްކުރަނީ އެވާހަކަ ފެތުރޭތޯއެވެ.

ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކުން ދިން އެހީތެރިކަމަކީ އެންމެން ދަންނަ ވާހަކައެކެވެ. ޔޫރަޕްގެ ގައުމުތަކާއި، އަވަށްޓެރި ގައުމުތަކާއި އަދި ކުރިއަރާފައިވާ ޑިމޮކްރަސީތަކުން މަސައްކަތްކުރަމުން ދިޔައީ ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައިދީ، ދިވެހިރައްޔިތުން ބޭނުންވާ ސަރުކާރެއް ގެނެސްދިނުމަށެވެ. ދިވެހި ރައްޔިތުން އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނަށް ވެރިކަން ދިނުމަކީ ބޭރުގެ ފަރާތްތަކުން އެކަމުގައި ބައިވެރިވުމެއް އޮވެގެން ހިނގި ކަމެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ނިންމުމެވެ. އެ ނިންމުން ކަމު ނުގޮސްގެން މަދު ބަޔަކު އުޅެނިކޮށް، އެކަމުގެ ތެރެއަށް ވަދެގަނެ، ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހެން މިހާރު ފަށާފައިވަނީ ދިވެހި ރައްޔިތުން އެމީހަކަށް ނޫނެކޭ ބުނި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަހުމަތްތެރި ގައުމެކެވެ. މިދައްކަނީ ޕާކިސްތާނުގެ ވާހަކައެވެ.

މީޑިއާ ޑެލިގޭޝަނެއްކަމަށް ބުނެ، ރައީސް ޔާމީންގެ ގާތް ބަޔަކު ޕާކިސްތާނަށް ގެންގޮސް، ރާއްޖޭގެ ދާޚިލީ މައްސަލަތަކާއި ބެހޭގޮތުން ޕާކިސްތާން ސަރުކާރުން ނިމިދިޔަ ހަފްތާގައި މަޝްވަރާކުރި ޚަބަރު ނޫސްތަކުން ވާނީ ފެނިފައެވެ. ރާއްޖެއިން ދިޔަ ޓީމުން ދެއްކި ވާހަކަތަކުގެ ތެރެއިން ޕާކިސްތާން ސަރުކާރުން އެންމެ ބޮޑަށް ޕްރޮމޯޓްކުރި އެއް ވާހަކަޔަކީ އިންތިޚާބު އޮޅުވާލިކަމަށް ކުރާ ތުހުމަތެވެ. އަދި އެކަމުގައި އިންޑިއާގެ ބައިވެރިވުން އޮތްކަމަށް ދެއްކުމަށް ޕާކިސްތާނުން އިތުރު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެހެންނަމަވެސް އިންތިޚާބު އޮޅުވާލާ ވާހަކަ ދައްކަން ޕާކިސްތާނުން ލަދު ގަންނަން ޖެހެއެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބު އިމްރާން ޚާންއަށް ކާމިޔާބުވުމުގައި ޕާކިސްތާނުގެ ނުފޫޒުގަދަ ޖާސޫސީ އިދާރާ އިންޓަރ-ސަރވިސަސް އިންޓެލިޖެންސް (އައި.އެސް.އައި) އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ އަސްކަރިއްޔާގެ އެހީ ލިބުނުކަން އެއީ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ. ނޫސްތަކުން ފެންނަން ހުރި ވާހަކަތަކެވެ.

އިމްރާން ޚާންއާއި ވާދަކުރެއްވުމަށް ނިކުންނެވީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބޫއްޓޫއާއި ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ދަރިކަލުން ބިލަވާލް ބުއްޓޫޒަރްދާރީގެ އިތުރުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ބޭބޭފުޅު ޝަހްބާޒް ޝަރީފްއެވެ. ނަވާޒް ޝަރީފްގެ މުޅި އާއިލާއަށް އައި.އެސް.އައިގެ ނުރުހުން އަމާޒުވެފައިވާކަން އިންތިޚާބުގެ ކުރިން މުހައްލިލުން ދިޔައީ ފާހަގަކުރަމުންނެވެ. އަދި އިންތިޚާބު ކައިރިވަމުން އައިއިރު ބައެއް ނޫސްވެރިން އެއިންތިޚާބު ސިފަކުރަމުން ދިޔައީ ޕާކިސްތާނުގައި ފުރިހަމަ މަދަނީ ވެރިކަމެއް ގާއިމްކުރެވެން ދަނިކޮށް، އެކަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ގެންނަ "ހިމެނޭ ބަޣާވާތެއް"ގެ ގޮތުގައެވެ. މަދަނީ ވެރިއެއް ހުރިނަމަވެސް، ވެރިކަމުގައި މިހާރު ތިބީ އަސްކަރިއްޔާއާއި އައި.އެސް.އައި ކަމަށް ބައެއް މީހުން ބުނަނީ މިސަބަބަށްޓަކައެވެ.

މިފަދަ ގޮތަކަށް އިމްރާންޚާން ވެރިކަމަށް ވަޑައިގަތުމުން ޕާކިސްތާނުގައި އިމްރާންއަށް ބައެއް ފަހަރު މިހާރު މުޚާތަބްކުރެވެނީ "އިލެކްޓެޑް" ބޮޑުވަޒީރެއްގެ ބަދަލުގައި "ސިލެކްޓެޑް" ބޮޑުވަޒީރެއްގެ ގޮތުގައެވެ. މިހާލެއްގައި އޮތް ގައުމުން، މި ދިވެހިރާއްޖޭގައި އޭގެ ފަހުން ބޭއްވި މިނިވަން އިންސާފުވެރި އިންތިޚާބަކުން ބޮޑުތަނުން ބަލިވި ބަޔަކު ގޮވައިގެން ނިކުމެ ރާއްޖޭގެ އިންތިޚާބު އޮޅުވާލީއޭ ބުނުމުން ދެން ވަރަށްވެސް މަންޒަރު ހަޑިއެވެ. ޖާދޫގެ އަނގޮޓިތަކާއި، އުދުހޭ ފާހަގަތަކަކީ މޮޅު ވާހަކައެއްކަމަށް ޕާކިސްތާނަށް ހީވިޔަސް، އެއީ ދިވެހިން މިއަދު ހަޖޫ ޖަހައި، ހޮޅު އަށިތަކުގައި މަޖަލަކަށް ދައްކާ ޒާތުގެ ވާހަކަތަކެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު