Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޕާކިސްތާން؟

12 ޑިސެމްބަރު 2019 | ބުރާސްފަތި 03:58

ޕާކިސްތާނުން އަންނަނީ ހަމައެކަނި އިދިކޮޅު މީޑިއާތަކަށް އަމާޒުކޮށްގެން ދަތުރުތައް ސްޕޮންސަރ ކުރަމުން

އަމަން ހަލީމް
އަމަން ހަލީމް | 12 ޑިސެމްބަރު 2019 | ބުރާސްފަތި 03:58
ޕާކިސްތާނު އަސްކަރިއްޔާގެ އިސް ބޭފުޅަކު ރައީސް ޔާމީން ސަރުކާރުގައި ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ޕާކިސްތާނު އަސްކަރިއްޔާގެ އިސް ބޭފުޅަކު ރައީސް ޔާމީން ސަރުކާރުގައި ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

2018ގެ އިންތިޚާބު، އިބްރާހީމް މުޙައްމަދު ސާލިޙް ކާމިޔާބު ކުރެއްވުމަކީ، ރައީސް ޔާމީނާ ގާތްގުޅުމެއް ބާއްވަމުން ދިޔަ ގައުމުތަކުން ގަޔާވި ކަމެއް ނޫންނެވެ. ސަރުކާރު ބަދަލުވުމާއިއެކު، އާ ސަރުކާރާއި ގުޅުން އޮންނަ ގައުމުތަކާއި ދެކޮޅުވެރި މަސައްކަތްތަކެއް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ސަރުކާރު ބަދަލުވުމުން ވަޒީފާ ގެއްލުނު ގިނަ ބަޔަކު ފެށިއެވެ.

މިކަމުގެ އަޑީގައި ޕާކިސްތާން ފަދަ، ކުރީގެ ސަރުކާރާއި ގުޅުން އޮތް ސަރުކާރުތަކުގެ އަތެއްވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީއާއި ސަރުކާރާ ދެކޮޅުވެރި ފާޑުކިޔުންތައް އަމާޒުކުރާ ބައެއް ޓުވިޓަރ ހެންޑްލްތަކަކީ ސީދާ ޕާކިސްތާނުންނާއި ޗައިނާއިން އަންނަ ފާޑުކިޔުންތަކެކެވެ. މި އެކައުންޓްތަކުން ސަރުކާރާއި ދެކޮޅު ވާހަކަތައް ފަތުރައި، "ދީނީ ކާޑު" ކުޅެއެވެ. އަދި އިންޑިއާއަށް އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅުއްވާ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތާ މެދު ނަފްރަތު ނަފުރަތު އުފައްދައި، އިންޑިއާއިން ރާއްޖެއަށް ވެރިވެގަންނަން އުޅޭކަން ދައްކައި، ބިރުވެރިކަން އުފެއްދުމަށް މިއެކައުންޓްތަކުން މަސައްކަތް ކުރެއެވެ.

މިފަހަކަށް އައިސް ފެނިގެން ގޮސްފައިވާ އަނެއް މަންޒަރަކީ، އާދަޔާ ޚިލާފަށް ޕާކިސްތާނުން ދަތުރުތަކެއް ސްޕޮންސަރ ކުރަމުން ދިއުމެވެ. މި ދަތުރުތަކުގައި ބައިވެރިކޮށްފައިވަނީ، އިދިކޮޅު މީޑިއާއާ ގުޅިފައިވާ ފަރާތްތަކާއި، ހައްދުފަހަނައެޅުމަށް ހިތްވަރުދިނުމަށް މީޑިއާގައި ވާހަކަ ދައްކާ ފަރާތްތަކެވެ. މީގެ މަގްސަދަކީވެސް ދީނީ ޝިއާރުތައް ނަގަހައްޓައި، އިންޑިއާއާއި ރާއްޖޭގެ ދޭތެރެ ޖެއްސުމަށް މަސައްކަތް ކުރުމެވެ.

ރައީސް ސޯލިހް ވެރިކަމަށް އިސްވެ ވަޑައިގަތް ފަހުން ޕާކިސްތާނުން ވަނީ ތިން ބުރަށް ދަތުރުތައް އިންތިޒާމް ކޮށްފައެވެ. މިއިން އެއް ދަތުރަކީ، ޕާކިސްތާނުގެ ސަރުކާރުން އިންތިޒާމް ކޮށްގެން ޗެނަލް 13 ގައި މަސައްކަތް ކުރާ ބަޔަކާއި، ރައީސް ޔާމީނަށް ތާއީދުކުރާ ލިޔުންތެރިންތަކަކަށް ދީފައިވާ ދަތުރެވެ. ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަރައްގީގެ މަސައްކަތާއި އިސްލާޙީ އެޖެންޑާ ނުރަނގަޅު ގޮތަށް ސިފަކޮށްދޭން މަސައްކަތް ކުރާ މި ފަރާތްތަކަށް ޕާކިސްތާނަށް ދައުވަތު ދީފައި ވަނީ، ޑިސެމްބަރު މަހުގެ 15ން 21އަށެވެ. މިފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކަކީ، ޕާކިސްތާންގެ ފައިސަލްއާބާދުގެ ޖާމިއާ ސަލަފިއްޔާގެ ދަރިވަރެކެވެ.

މިފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބިގެން ދިއުމަކީ، ހަމަޖެހުން ނަގާލުމަށް ދެވޭ އިންޒާރެކެވެ. އަދި ޕީޕީއެމްގައި ވަރުޖައްސައި، ޕާކިސްތާނާއެކު ރައީސް ޔާމީންގެ ވެރިކަމުގައި އޮތްފަދަ ގާތް ގުޅުމެއް ބޭއްވުމަކީވެސް މީގެ މަގްސަދެކެވެ. މިކަމުގައި ޗެނަލް 13ގެ ނޫސްވެރިން ބައިވެރިކުރުމުން މިކަމުގައި ރައްޔިތުން ދެކޭނެ ގޮތް ނިންމާނީ ރައްޔިތުންނެވެ.

މީގެ އިތުރުން މި ފަހަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސިފައިންނާއި ފުލުހުންގެ މަސައްކަތުން ތިލަ ކުރެވުނު އަދި އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ހުރިހައި މައްސަލައެއްގައިވެސް ޕާކިސްތާނަށް ކޮންމެވެސް ސިފައެއްގައި އިނގިލި ދިއްކުރެވިފައިވެއެވެ. އަދި ރާއްޖޭން ހައްޔަރުކޮށްފައިވާ ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅިފައިވާކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން ޕާކިސްތާންގައި ތަމްރީނު ކޮށްފައިވާކަމީވެސް އިއްތިފާގެއް ނޫނެނެވެ. މީގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ފިންގަރޕްރިންޓްވެސް ސާފުކޮށް ފެންނާން އޮތުމަކީވެސް ނުތަނަވަސްވާން ޖެހޭ މައްސަލައެކެވެ.

މި މީހުންގެ އަމާޒަކީ ޒުވާނުން ހައްދުފަހަނަޅައި ދިއުމަށް މަގުފަހިކޮށްދީ، ދާޚީލީ ހަމަޖެހުން ނަގައިލުމެވެ. އަދި މިކަމުގައި މިމީހުނަށް ދިގު މާޒީއެއް ލިބިގެންވާކަމީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތް ހަގީގަތެކެވެ. މިކަން އިންޑިއާއަށް ބެއްޔަސް އަދި އަފްގާނިސްތާނަށް ބެއްޔަސް ފެންނާން އެބަ އޮތެވެ. މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތަށް އެއިން ނުރައްކާވާން ހުރި ކަންކަމެވެ. އަދި ރާއްޖޭގެ ސަލާމަތީ ފަރާތްތަކުން ޔަގީނުންވެސް ތިބީ މިފަދަ ގޮން ޖެހުންތަކާ ކުރިމަތި ލުމަށް ރެއާ ދުވާލު ފާރައަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް