Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް ޔުނިވާސިޓީ

މި އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ރަޖިސްޓާވުމުގެ ފުރުސަތު އައިޔޫއެމް އިން ހުޅުވާލައިފި

މި ކޯސްތަކަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ތަކެތި ހުށަހަޅަންޖެހެނީ މި އަންނަ މަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 09:44
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި، އިސްލާމިކް ޔުނިވާސިޓީ އޮފް ދަ މޯލްޑިވްސް (އައިޔޫއެމް) އިން ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.

އައިޔޫއެމް އިން މި އަންނަ ސެމިސްޓާއަށް 57 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިއުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަސް ލެވެލްގެ 13 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް އެއް ކޯހަކާއި، ބެޗްލާސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް އަދި ޑިޕްލޮމާގެ 10 ކޯހަކާއެކު ސެޓްފިކެޓް ލެވެލްގެ ޖުމްލަ 17 ކޯހެއް ހިމެނެއެވެ.

Advertisement - newsAdvertisement

ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެ ކޯހެއްގައި ބައިވެރިވެގެން ކަމަށް ވާއިރު، އެ ޔުނިވާސިޓީން ހުޅުވާލި ފުރުސަތުތަކުގެ ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖާނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގުއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

މި ކޯސްތައް މާލޭގެ އިތުރުން، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާނިންގ ސެންޓަރުގައި ކުރިއަށް ދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ. އަދި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 (ސަތޭކަ އިންސަތަ) ޓިއުޝަން ފީ ހިލޭ ކޯސްތަކެވެ.

މި ކޯސްތަކަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ތަކެތި ހުށަހަޅަންޖެހެނީ މި އަންނަ މަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. އެގޮތުން މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މާލޭގައި ހުންނަ ޔުނިވާސިޓީގެ ރިސެޕްޝަނުގެ އިތުރުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ. ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ ސްކޫލް) އިން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ލިޔެކިޔުންތަކާ އެކު މި ފޯމުތައް ހުށަހަޅަން ޖެހެނީ މާލޭގައި ނަމަ އައިޔޫއެމްގެ ރިސެޕްޝަން، އަދި ލ.ފޮނަދޫ ނަމަ ލާނިންގ ސެންޓަރަށް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި ފުވައްމުލަކު ސިޓީ ނަމަ ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތަށެވެ. އަދި އެ ޔުނިވާސިޓީގެ އީ-މެއިލް، apply@ium.edu.mv އަށް މެއިލް ވެސް ކުރެވޭނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިންޕޯޓަލްމެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.

އެ ފޯމާ އެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި:

އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ. އަދި ރަޖިސްޓްރޭޝަނާ ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންވާ ނަމަ، 3022120 ގެ އިތުރުން، ޔުނިވަރސިޓީގެ ހޮޓްލައިން 7923247 އަށް ގުޅުމުން ލިބޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު