Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ޗައިނާ އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމް"

"ޗައިނާ އެމްބެސެޑަރ ބަރސަރީ" ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބަރސަރީތައް ހަވާލުކޮށްފި

6 ނޮވެމްބަރު 2023 | ހޯމަ 13:15

ބަރސަރީތައް ހަވާލުކޮށްފައިވަނީ ހޯމަ ދުވަހު، އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 6 ނޮވެމްބަރު 2023 | ހޯމަ 13:15
"ޗައިނާ އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމް"

"ޗައިނާ އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމް"

"ޗައިނާ އެމްބެސެޑަރ ބަރސަރީ" ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބަރސަރީތައް ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މަތީ ތައުލީމު ހާސިލުކުރުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް މާލީގޮތުން އެހީތެރިވުމުގެ މަގުސަދުގައި، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި އެ ޔުނިވަރސިޓީ ގުޅިގެން "ޗައިނާ އެމްބެސެޑަރ ބާސަރީ ޕްރޮގްރާމް" ތައާރަފް ކުރެވި، މި ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބަރސަރީތައް ހަވާލުކޮށްފައި ވާކަމަށެވެ. މި ބަރސަރީތައް ހަވާލުކޮށްފައިވަނީ ހޯމަ ދުވަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

"ޗައިނާ އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމް"ގެ މަސައްކަތް ރަސްމީކޮށް ފެށުނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު، މި ޕްރޮގްރާމާ ގުޅޭ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ފެށުނު މި ޕްރޮގްރާމުގެ ދަށުން، ޖުމްލަ 14 ދަރިވަރަކަށް ވަނީ ބަރސަރީ ލިބިފައެވެ. އަދި މި ދަރިވަރުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް ޓިއުޝަން ފީގެ ގޮތުގައި ޖުމްލަ 10،000 ދިވެހި ރުފިޔާ ލިބޭނެއެވެ. މި ބަރސަރީތައް ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަންގް ލީޝިންއާއި، ޚާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތް، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

"ޗައިނާ އެމްބެސެޑަރ ބަރސަރީ ޕްރޮގްރާމް"އަކީ ޗައިނާގެ މުއްސަނދި ސަގާފަތަށް ދިވެހިރާއްޖޭގެ ޒުވާނުން އަހުލުވެރިކޮށް، ރާއްޖޭގެ ޒުވާން ޖީލަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭނެ ޕްރޮގްރާމެއްކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި، ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ބަރސަރީ ލިބުނު ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންވެސް ބައިވެރިވިއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް