Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޮީޕީއެސްޖީ

ފޯކަސް އޮތީ ޕީއެސްޖީ އަށް، އެހެން ކުލަބުތަކަށް ޝައުޤެއް ނެތް: ނާސިރު އެލް-ހެއްލާފީ

ޕީއެސްޖީ އާއެކު އެމްބާޕޭ އެތައް ކުރިއެރުންތަކެއް ހޯދަމުން އަންނަ މަންޒަރު ފެނުމަކީ އުފާ ކުރާ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 00:21
ޕީއެސްޖީގެ ކޯޗު ނާސިރު އެލް-ހެއްލާފީ އަދި ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ނާސިރު އެލް-ހެއްލާފީ އަދި ކޯޗު ލުއިސް އެންރީކޭ

ފޯކަސް އޮތީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކަމަށާއި، އެހެން ކުލަބުތަކުން ކުރާ ކަންކަމަށް ޝައުޤުވެރިކަމެއް ނެތް ކަމަށް އެ ކުލަބުގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޯދުމަށް ސްޕެއިންގެ ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވާތީ އެވެ. އަދި އެކަމާ ގުޅިގެން ރެއާލުން އެމްބާޕޭ އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވަނިކޮށެވެ. ނަމަވެސް، އެމްބޭޕޭ އާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ރެއާލުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނާސިރު އެލް-ހެއްލާފީ ވިދާޅުވީ، ރެއާލުން ނެރުނު ނޫސް ބަޔާން އޭނާ ނުދެކޭ ކަމަށެވެ. އަދި އެ ބަޔާނުގައި އޮތީ ކީކޭކަން ވެސް އެނގިނުލައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެހެން ކުލަބުތަކުން ކުރަމުން އަންނަ ކަންކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށާއި، ހަމައެކަނި ފޯކަސް އޮތީ ޕީއެސްޖީ އަށް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ޕީއެސްޖީ ގައި އެމްބާޕޭ އަންނަނީ ދުވަހެއް ދުވަހަކަށް އޭނާގެ ފެންވަރު ސާބިތު ކޮށްދެމުން ކަމަށެވެ. އެކަން ފާހަގަކޮށް ނާސިރު އެލް-ހެއްލާފީ ވިދާޅުވީ އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. މީގެ އިތުރުން ޕީއެސްޖީ އާއެކު އެމްބާޕޭ އެތައް ކުރިއެރުންތަކެއް ހޯދަމުން އަންނަ މަންޒަރު ފެނުމަކީ އުފާ ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަަށް ހަމަވާނެ އެވެ. ޕީއެސްޖީން އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް އެމްބާޕޭ ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ. މީގެ ކުރިން އޭނާ ވަނީ އެއްބަސްވުން އައު ނުކުރަން ވެސް ނިންމައިފަ އެވެ. ނަމަވެސް އެއާއެކު ޕީއެސްޖީން ކުރިމަތިވަމުން އައި ފިއްތުންތަކާއެކު، އެމްބާޕޭ އޭނާގެ ވިސްނުން ބަދަލު ކުރި ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު