Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޓޮޓެންހަމް ބަލި ކުރި ފުރަތަމަ ޓީމަކަށް ޗެލްސީ

ބައްޔާއެކު ޓޮޓެންހަމަށް ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމު ގެއްލިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ނޮވެމްބަރު 2023 | އަންގާރަ 09:26
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން، ޓޮޓެންހަމް ބަލިވެއްޖެ އެވެ.

ލީގުގައި ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 4-1 އިންނެވެ. މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލުމަށްފަހު، އެ ޓީމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެ ޓީމާ ދެކޮޅަށް ނިކުތް ފުރަތަމަ ފަހަރެވެ. ޕޮޗެޓީނޯ އިރުޝާދު ދެމުން އަންނަ ޗެލްސީން މެޗު ކާމިޔާބު ކުރީ، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޑެޖާން ކުލުސްވެސްކީ އެވެ. ނަމަވެސް، 33 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ކުރި ފައުލަކަށް އޭނާ އަށް ދެއްކި ސީދާ ރަތް ކާޑާ އެކު ޗެލްސީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯލް ޕާލްމާ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ. ނުވަ ކުޅުންތެރިންނާ އެކު މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުމުން ޓޮޓެންހަމަށް ވަނީ އުނދަގޫތަކެއް ދިމާވެފަ އެވެ. މެޗުގައި ޗެލްސީގެ ފަހު ތިން ލަނޑު ވެސް ޖެހީ ނިކޮލަސް ޖެކްސަން އެވެ. އެއީ 75 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ދެ ލަނޑާ އެކު އެވެ.

ބައްޔާއެކު ޓޮޓެންހަމަށް ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމު ގެއްލިފަ އެވެ. މިހާތަނަށް އެ ޓީމު 11 މެޗު ކުޅެފައިވާއިރު، 26 ޕޮއިންޓާއެކު އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބެނީ 27 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް