Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މިހާރު ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލު ކުރެވޭނެ މައްސަލައެއް: ނިއުޝާ

ޙައްލު ގެނެވޭނެ 4 ގޮތެއް ނިއުޝާ ވަނީ ކޯޓުގައި ކިޔާދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2023 | އަންގާރަ 06:42
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިހާރު ދިމާވެފައިވާ ޙާލަތްތަކަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލު ކުރެވޭނެ ކަންކަންކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މިހާރު ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށެވެ. އެގޮތުން ޙައްލު ގެނެވޭނެ 4 ގޮތެއް ނިއުޝާ ވަނީ ކޯޓުގައި ކިޔާދެއްވާފައެވެ.

Advertisement - newsAdvertisement

ނިއުޝާ ވިދާޅުވާ ގޮތުގައި އެއް ގޮތަކީ މަޖިލީހުގެ ޤަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީން އިސްނަގައިގެން ޤަވާއިދަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ތަޅުމަށް ހުށައެޅުމެވެ.

ނިއުޝާ ހުށައެޅުއްވި ދެވަނަ ގޮތަކީ މަޖިލީހުގެ ޤަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ޤަރާރެއް ހުށައެޅުއްވުމެވެ. ނަމަވެސް އެއީ ގިނަ ދުވަސް ނަގާނެ ކަމެއްކަން ނިއުޝާ ފާހަގަ ކުރެއްވިއެވެ.

ތިންވަނަ ހުށައެޅުމަކީ މަޖިލީހުގެ ޤަވާއިދުގެ 249 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ޤަވާއިދަށް ގެންނަން ފެންނަ އިސްލާޙީ މައްސަލައެއްގެ ގޮޮތުގައި މި މައްސަލަ ހުށައެޅުމެވެ. އެގޮތުގެ މަތިން އެމްޑީޕީން ކުރިންވެސް މައްސަލައެއް ހުށައަޅުއްވާފައިވާއިރު، އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް މަޖިލީހުގެ އިދާރާއިން 31 އޮކްޓޯބަރުގައި މަޖިލީހުގެ ނައިބްރައީސް އަރިހުގައި އެދިފައިވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުން ހުށައަޅުއްވާފައިވަނީ މިއީ މަޖިލީހުގެ ޤަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން "ޤަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން" ކަމަށް ބަލައި، އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން އެކަމަށް ގޮތެއް ނިންމުމެވެ.

އެކަމާ ގުޅޭގޮތުން ޕީއެންސީ ތަމްސީލު ކުރައްވާ ވަކީލު، ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މި މައްސަލައަށް ބަލާއިރު، 205 ވަނަ މާއްދާގެ (ބ) އިން ދުރަށްޖެހި، އެ މަސައްކަތުގެ ރިޔާސަތު އެހެން ފަރާތަކާ ހަވާލުކުރުމުގެ ބާރެއް މަޖިލީހުން މިހާރު މާނަކޮށްފައިވާ ގޮތުން މަޖިލީހަށް ލިބިގެނެއްނުވާކަމަށެވެ.

މި މައްސަލައަށް މަޖިލީހުން ގޮތެއް ނިންމިދާނެކަމަށް އަމީންއާންމު ވިދާޅުވިއިރު، މައްސަލަތައް އެޖެންޑާކުރިނަމަވެސް މައްސަލަތައް ނުހިނގާކަމަކީ މިއަދު ހަގީގަތެއްކަމަށް އާޒިމާ ވިދާޅުވިއެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން އީވާ ވަނީ ހުރިހާ ޖަލްސާއަކަށްވެސް ސަލާމް ފޮނުއްވާފައެވެ. ސަބަބެއްކަމަށްވީ ޑެންގޫ ހުން ޖެހިވަޑައިގަތުމެވެ.

އެންމެ ފަހުން 5 ނޮވެމްބަރުވީ އާދިއްތަ ދުވަހުވެސް އިވާ ސަލާމް ފޮނުއްވުމުން މިއީ މަޖިލީހުގެ ޖަލްސާތައް މިފަހުން ކެންސަލްވި 5 ވަނަ ފަހަރެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހާއި 5 ވަނަ ދުވަހު ވެސް ތާވަލު ކުރިއެވެ. ނަމަވެސް އެ ޖަލްސާތަކަށް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ.

އެންމެފަހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޖަލްސާގެ ރިޔާސަތާ ޙަވާލުވާން އުޒުރުވެރިވެވަޑައިގެން އީވާ ވަނީ މަޖިލީހަށް އެކަން އަންގަވާފައެވެ.

އީވާ އުޒުރުވެރިވެވަޑައިގަތުމާއެކު ދެން ޖަލްސާއަކަށް އެ މައްސަލައެއް އެޖެންޑާއެއް ނުކުރާނެކަމަށް މަޖިލީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު