Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް

ކިޔަނީ ޑިމޮކްރަސީ އޭ! އެކަމަކު މެޖޯރިޓީއަށް އިހުތިރާމު ކުރުމެއް ނެތް!

6 ނޮވެމްބަރު 2023 | ހޯމަ 14:30

މަޖިލީހުގައި މެޖޯރިޓީއަށް އިހުތިރާމެއް ނުކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2023 | ހޯމަ 14:30
މި އަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މި އަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ކޮންމެ މީހަކުވެސް ކިޔަނީ ތިމަންނާއަކީ ޑިމޮކްރަސީގެ ޚާދިމެއް ކަމަށެވެ. ކޮންމެ މީހަކުވެސް އަޑުން އަޑުނަގައި ދައްކަމުންދަނީ ޑިމޮކްރަސީގެ ވާހަކައެވެ. މެޖޯރިޓީގެ ވާހަކައެވެ. އެކަމަކު ރާއްޖޭގެ ޑިމޮކްރަސީއަކީ، ތިމާ ރުހޭގޮތަށް ކަންކަން ވާހިނދު އެކަނި ފެންނަ ޑިމޮކްރަސީއެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ނިކަން މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ބައްލަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެ ތިއްބެވީ ބިކަކޮށްލެއްވިފައެވެ. ސަރުކާރުގެ މެޖޯރިޓީ އޮވެ، ސަރުކާރުން ބޭނުންވާ ބިލްތަކެއް ކުރިއަކަށް ނުގެންދެވެއެވެ. މަޖިލީހުގެ ރިޔާސަތުން މަޖިލިސް ކުރިއަށްގެންދަވަން ބޭނުންފުޅުވަނީ، އަރިހުގައި އުޅުއްވާ ބޭފުޅުންކޮޅު ހުށަހަޅުއްވާ ގަރާރުތަކާއި ކުއްލި މައްސަލަތަކާ އެކުގައެވެ. މެޖޯރިޓީއަކަށް ކުޑަވެސް އިހުތިރާމެއް ނެެތެވެ. އެހެން ނޫންނަމަ، މެޖޯރިޓީއާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުން، މަގާމު ގެއްލިވަޑައިގެންފާނެތީ ގަަދަ ބާރުން ނޫޅުއްވާނެކަން ގައިމެވެ. އަމުދުން ދެވަނަ ފަހަރަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުންވެސް ގަދަ ދައްކަވާކަށް ނޫޅުއްވާނެތާއެވެ.

ކޮންމެ ބޭފުޅަކުވެސް މަލަމަތިން ޑިމޮކްރަސީގެ މިސާލު ދެއްކެވިއެއްކަމަކު، ކަން ކުރައްވަނީ ނިކަން ޚުދުމުތާރުކޮށެވެ. މެޖޯރިޓީ ގެއްލިވަޑައިގެން، އަމިއްލަފުޅު ޕާޓީ ދޫކުރައްވައި ވަޑައިގަތް މެމްބަރުންކޮޅަކަށް، ކޮމިޓީތަކުގެ މުގައްރިރުކަން ގެއްލިވަޑައިގަތުމުން އެ އުޅުއްވި ގޮތްވެސް ދެކެފީމެވެ. މެޖޯރިޓީގެ ބާރު ގެއްލި، މައިނޯރިޓީއަށް ވެއްޓުމުން ދެން މަސައްކަތްކުރެއްވީ މަޖިލީހުގެ ގަވާއިދު މުގުރާލެއްވުމަށްފަހު ހިތުހުރިގޮތަކަށް ގަވާއިދު މާނަކުރައްވައިގެންނެވެ. ހަމަ ގައިމުގެ 8 މަސް ދުވަސް ވަންދެން، އާއްމުންގެ މަސްލަހަތެއް ނެތްގޮތަށް، ސިޔާސީ ބޭނުމަށް މަޖިލިސް އޮޔާދާން ދޫކޮށްލާފައި އޮތީ ޑިމޮކްރަސީއަށް އިހުތިރާމުކުރާ މިންވަރު ބޮޑުކަމުން ކަމަށް ބުނެވޭކަށްނެތެވެ. މެޖޯރިޓީ މެމްބަރުންގެ އިތުބާރު ނެތް ބޭފުޅަކު މެޖޯރިޓީއަށް ގޮންޖައްސަވައި، މަޖިލިސް ހިސޯރުކުރެއްވީކަމަށް މެމްބަރުން ދެކެއެވެ. މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލަން މަޖުބޫރުކުރުވީވެސް މެޖޯރިޓީ "ބޮލާލައި" ޖެއްސެވުމަށްފަހުއެވެ.

މެޖޯރިޓީ މެމްބަރުން ޖަލްސާ ކުރިއަށްގެންދަވަން ތައްޔާރަށް ތިއްބަވަނިކޮށް، ރިޔާސަތުން އެ މެމްބަރުންގެ ޒިންމާއަށް ފަސްއަޅުއްވައި، ޖަލްސާ ނުފައްޓަވައި "ބޮޑާހާއްކަވާ" މަންޒަރުވެސް މި މަޖިލީހުން އެބަ ފެނެއެވެ. ކަން މިހެން އޮތްއިރު، މެޖޯރިޓީއަށް ތަބާވާކަމަށް ދެއްކުމުގެ ބޭނުމެއްނެެތެވެ. މަޖިލީހަށް އެކަނި ބަލައިލިޔަސް، ޑިމޮކްރަސީގެ ކަންފުޅެއްވެސް މި ބޭފުޅުންގެ ނެތްކަން ހާމަވާނެއެވެ. ބިލުތަކުގެ ބަހުސްއާއި ކޮމިޓީތައްވެސް، ބޭނުންފުޅުވާ ސިފައެއް ޖެހޭނެގޮތަށް ފުށްގަނޑެއްހެން މޮޑުއްވަމުން އެ ގެންދަވަނީ، އެބޭފުޅުން ބޭނުންފުޅުވާ ނަތީޖާ (އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން) ނެރުއްވުމަށެވެ. ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވެ، ޑިމޮކްރަސީގެ ޓެގް ޖައްސަވައިގެން ތިއްބަވައިގެން މެޖޯރިޓީ ތިޔަ ޖައްސަވަނީ ހަޖޫ ނޫންތޯއެވެ؟

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން
10 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
18 ސެޕްޓެމްބަރު 2017

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
21 އޯގަސްޓު 2017

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް