Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގައި ޝަހީދުވާ ކުޑަކުދިން

ޣައްޒާގައި މަރުވި 10،000 މީހުންގެ ތެރޭގައި 3،700އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ: އދ

ޣައްޒާގައި މިހާތަނަށް މަރުވި މީހުންގެ 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.ން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 12:59
ޣައްޒާގައި، އިސްރާއީލުން ދޭ ހަމަލާތަކުގައި ޝަހީދުވާ މީހުން ދަނީ އިތުރުވަމުން

ޣައްޒާގައި، އިސްރާއީލުން ދޭ ހަމަލާތަކުގައި ޝަހީދުވާ މީހުން ދަނީ އިތުރުވަމުން

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަސްކަރީ ކެމްޕޭނުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނުގެ 10،000 މީހުންގެ ތެރޭގައި 3،760 ކުޑަކުދިންނާއި 2،326 އަންހެނުން ހިމެނޭކަމަށް، އދ.ގެ އިދާރާތަކުން ބުނެފިއެވެ.

ޣައްޒާގައި މިހާތަނަށް މަރުވި މީހުންގެ 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނާއި ތުއްތުކުދިން ކަމަށް އދ.ން ބުނެއެވެ.

މެޑިކަލް ފެސިލިޓީތައް ހަލާކުވެފައިވާއިރު، އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 180 އަންހެނުން ފަލަސްތީނުގައި ވިހަނީ ވަރަށް ހައިރިސްކް ހާލަތުގައި ކަމަށް އދ.ން ބުނެއެވެ. 45 ސިއްހީ އިދާރާ ނުވަތަ ހޮސްޕިޓަލް އެއްވެސް ޚިދުމަތެއް ނުދެވޭވަރަށް ހަލާކުވެފައި ވުމުން، 15 އިންސައްތަ މީހުންނަށް ފަރުވާގެ ފުރުސަތު ހަނިވެފައިވާތީ، ބޮޑެތި ސިއްހީ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާގޮތުގައި އިސްރާއީލުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އާބާދީ ބޮޑު ސަރަހައްދުތަކުގައި އެކަށީގެންނުވާ އަދި ނުހައްގު ބާރުގެ ބޭނުންކޮށްފައެވެ. ނަމަވެސް އިޒްރޭލުން ބުނަނީ އާންމުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ހަމާސްއިން ކަމަށެވެ.

އިސްރާއީލުން ޣައްޒާގެ އަންހެނުންނަށާއި ކުޑަކުދިންނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ޣައްޒާއަށް ލިބެމުންދާ ގެއްލުންތައް އދ.ގެ ތަފާސްހިސާބުތަކުގައި ވަރަށް ތަފްސީލްކޮށް ހިމަނާފައިވާއިރު، އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަ ފެށިފަހުން މަރުވި ގާތްގަނޑަކަށް 10،000 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންނެވެ.

ފަލަސްތީނާއި ބައިނަލްއަގުވާމީ ބައެއް އޮބްޒަރވަރުން ބުނަނީ މިއީ ފަހަކަށް އައިސް ހިންގާ މިފަދަ ހަނގުރާމައިގެ އެންމެ ނުރައްކާބޮޑު އަދި އެންމެ އިންސާފެއްނެތް ގަތުލުއާންމު ކަމުގައެވެ.

އިޒްރޭލުން ބުނަމުންދަނީ އެމީހުންގެ ހަމަލާތަކުން އާންމުން ދުރުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ.

ދުނިޔެޣައްޒާފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު