Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ކޭންގެ ރެކޯޑާއެކު ބަޔާނުން ޑޯޓްމަންޑު ބަލިކޮށްފި

ކޭން އަކީ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 06:49
މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅުކުރަނީ

ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތްއިރު، ބަޔާން އޮތީ މާޔޫސްކަމެއްގެ ތެރޭގަ އެވެ. އެއީ ޖަރުމަނު ކަޕުގައި ތިން ވަނަ ޑިވިޝަންގެ ސާބުރުއެކަން އަތުން ބަލިވެ، ބަޔާން ކެޓުމުންނެވެ. ނަމަވެސް ވާދަވެރި ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 4-0 އިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޖަރުމަނުގެ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑަޔޮޓް އުޕަމެކާނޯ އެވެ. އޭގެ ފަހުން ބަޔާނުން ފުރަތަމަ ހާފުގައި އެއް ލަނޑު ޖެހިއިރު، އެ ލަނޑު ޖެހީ ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވެ މޮޅަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. ނުވަ ވަނަ މިނެޓުގައި ކޭން ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސާނޭ އެވެ. ދެ ވަނަ ހާފުގައި ކޭން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގައި ހެޓްރިކް ހަދައިފަ އެވެ. މިއީ ބަޔާނަށް ބަދަލުވި ފަހުން ކޭން ހެޓްރިކް ހެދި ތިން ވަނަ މެޗެވެ. ބަޔާންގެ ތިން ވަނަ ލަނޑު، 72 ވަނަ މިނެޓުގައި ކޭން ޖެހީ ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު، އިތުރު ވަގުތުގައި އޭނާ ޖެހީ އެލެކްސެންޑާ ޕަލޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި މެޗުގައި ޖެހި ތިން ލަނޑާއެކު، ކޭން އަށް ވަނީ ޚާއްސަ ރެކޯޑެއް ލިބިފަ އެވެ. އެއީ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ކޭން ވަނީ 15 ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު ބަޔާނުން ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ބަޔާާ ލެވަކޫސަން އަށް ލިބެނީ 18 ޕޮއިންޓެވެ. ބައްޔާއެކު ޑޯޓްމަންޑު އޮތީ 10 މެޗުން 21 ޕޮއިންޓާއެކު ހަތަރު ވަނައިފގަ އެވެ. ތިން ވަނައިގައި އޮތް ސްޓަޓްގާޓަށް ވެސް 21 ޕޮއިންޓު ލިބޭއިރު، އެ ޓީމު ކުރި ހޯދަނީ ލަނޑުންނެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކްބޮރޫޝިއާ ޑޯޓްމަންޑްހެރީ ކޭން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު