Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހު ވަގުތު ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ

މޮޅާއެކު ބާސެލޯނާ ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2023 | އާދީއްތަ 06:31
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ލީގުގައި ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މިއީ ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ، ބަލިވި މެޗަށްފަހު ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ 11 ގައި ބާސެލޯނާގެ މުހިންމު ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. އެ ކުޅުންތެރިންނަކީ ކުރިން އަނިޔާގައި ތިބި ކުޅުންތެރިންނެވެ. އަނިޔާ އިން އަދިވެސް ރަނގަޅު ވެފައި ނުވާތީ، ނެދަލެންޑްސްގެ ފްރެންކީ ޑި ޔޯން އަދި ސްޕެއިންގެ ސާޖީ ރޮބާޓޯ އަށް މި މެޗުގައި ކުޅެވިފައެއް ނުވެ އެވެ.

މެޗުގަައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަދި ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ސޮސިއެޑާޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މިކޭލް އޮޔާޒަބަލަށެވެ. މެޗު އެއްވަރު ވާން ދަނިކޮށް، އިތުރު ވަގުތުގައި ބާސެލޯނާ މޮޅު ކޮށްދިނީ ރޮނާލްޑް އަރައުހޯ އެވެ. އޭނާ އެ ލަނޑު ޖެހީ ޖަރުމަނުގެ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ބާސެލޯނާ ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 27 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 28 ޕޮއިންޓެވެ. 12 މެޗު ކުޅެގެން އެއް ވަނައިގައި ޖިރޯނާ އަށް ލިބެނީ 31 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް ސޮސިއެޑާޑްރޮނާލްޑް އަރައުހޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު