Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަ ހުއްޓާލުމަށް އެމެރިކާގައި ގޮވާލުން

ބައިޑެން އިސްރާއީލަށް ދޭ ހައްދެއްނެތް ތާއީދާ ދެކޮޅަށް އެތައް ހާސް ބަޔަކު އެމެރިކާގެ މަގުތަކަށް

5 ނޮވެމްބަރު 2023 | އާދީއްތަ 04:41

ހަނގުރާމަ ހުއްޓާލުމަށް ބައިޑެން އިސްރާއީލަށް ބާރު އަޅަމުންނުދާތީ އެތައް ހާސް އެމެރިކާ ރައްޔިތުންނެއް އަންނަނީ ރުޅިވެރިކަން ފާޅުކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ނޮވެމްބަރު 2023 | އާދީއްތަ 04:41
އިސްރާއީލާ ދެކޮޅަށް އެމެރިކާގައި ކުރިޔަށްގެންދިޔަ މުޒާހަރާ

އިސްރާއީލާ ދެކޮޅަށް އެމެރިކާގައި ކުރިޔަށްގެންދިޔަ މުޒާހަރާ

އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދީ އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގަމުންދާއިރު އެކަމާއި ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެއްވެސް ކަމެއް ނުކުރައްވާތީ އެމެރިކާގެ އެތައް ހާސް ބަޔަކު ވޮޝިންޓަންގެ މަގުތަކަށް ނުކުމެ އަޑުއުފުލައިފިއެވެ.

އެތައް ހާސް ބައެއްގެ ފުރާނަ ގެއްލެމުންދާއިރު އަދިވެސް ބައިޑެން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ބާރު އަޅަމުންނުދާތީ އެތައް ހާސް އެމެރިކާ ރައްޔިތުންނެއް އަންނަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ. އަދި އިސްރާއީލުން އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގަމުންދާއިރު އެކަމަށް އެމެރިކާއިން ފަންޑުކުރާތީ އެކަމާއި ދެކޮޅަށްވެސް އަންނަނީ ވާހަކަދައްކަމުންނެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެފައިވަނީ މި ގަތުލުއާންމު ހުއްޓުވުމަށް ގޮވާލައެވެ. އެކަމުގެ ޒިންމާ އެމެރިކާގެ ރައީސް ނަންގަވަންޖެހޭނެކަމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ. އެމީހުން ގޮވާލަމުން ދިޔައީ "ބައިޑެން އަށް ފިލާނޯވެވޭނެ، ގަތުލުއާންމު ހިންގާކަމުގެ ކުށުގައި ދައުވާ އުފުލަން" މިހެންނެވެ.

އދ ގެ މާހިރުން އަންނަނީ ޣައްޒާގެ ހާލަތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ބައިޑެންގެ ސަރުކާރުން ގެންދަނީ ވީހާވެސް މަދުން އާންމުންގެ ފުރާނަ ގެއްލިގެންދާގޮތަށް އަމަލުކުރުމަށް އިސްރާއީލަށް ބާރުއަޅަމުންނެވެ. ނަމަވެސް އިސްރާއީލުން ތަކުރާރުކޮށް އަމަލުކުރަމުން އަންނަނީ އެންމެ ގިނަ އަދަދެއްގެ އާންމުންގެ ފުރާނަ ގެއްލޭ ގޮތަށްކަމަށްވާތީ އެކަމުގެ ކަންބޮޑުވުންތައް ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ފާޅުކުރަމުންނެވެ.

އަނެއްކޮޅުން ބައިޑެންގެ އެދުމަށް އެމެރިކާގެ ހައުސްއިން ވަނީ 14 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިސްރާއީލަށް ދިނުމަށް ފާސްކޮށްފައެވެ.

މުޒާހަރާގެ ގިނަ ބައިވެރިން ވަނީ އިސްރާއީލަށް އެމެރިކާއިން ވެދެމުންދާ އެހީ ހުއްޓާލުމަށް ގޮވާލާފައެވެ.

އެމެރިކާއިޒްރޭލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް