Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ ވޯޓް

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

ގިނަ ގާނޫނުތަކަށް ގެނެސްފައިވަނީ އިސްލާހެއް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 10:51
ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ: އިދިކޮޅު އިއްތިހާދުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ: އިދިކޮޅު އިއްތިހާދުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ގޮވާލައްވައިފި އެވެ.

ޑރ. މަޖީދު އެގޮތަށް ގޮވާލައްވާފައި ވަނީ އިދިކޮޅު އިއްތިހާދުން, ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ ވާހަކަ ދައްކަވަމުން ނެވެ.

Advertisement - newsAdvertisement

ޑރ. މަޖީދު ވިދާޅުވީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި ރާއްޖޭގެ ސިޔާސީ ގިނަ ލީޑަރުން އެކުވެ، އުފައްދާފައިވާ އިއްތިހާދުން މިހާރު ކުރަމުންދާ މައްސަކަތްތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަސީހު މަގާމުން ދުރުކޮށް، ގައުމު ހަމަމަގަށް އަޅުވަންޖެހޭ ކަމަށްވެސް މަޖީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މަސީހު އިންނަވައި ގާނޫނުއަސާސާ އާއި ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެބަދަލުތައް ނެގެސްފައިވަނީ އިސްލާމުދީނުގައި ބާރުއަޅާފައިވާ އަދި މަޖިލީހުގެ ޝިއާރު ކަމަށްވާ މަޝްވަރާގެ ރިވެތި އުސޫލުން ނޫން ޑރ. މަޖީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު މުއަތަސިމް އަދުނާނު ފަނޑިޔާރު ކަމުން ވަކިކުރުމާއި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ވަކިކުރުމާއި ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަތަކަކީ 24 ގަޑިއިރުގެ ތެރޭގައި ގާނޫނުތަކަށް ގެނެސްފައިވާ، ކުއްލި އަދި މަޝްވަރާ ކުރުމެއް ނެތި މަޖިލީހުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފާހަގަ ކުރައްވަމުން މަޖީދު ވިދާޅުވީ އެއީ ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ބުނި ނަމަވެސް އެއީ އިސްލާހެއް ނޫން ކަމަށެވެ.

ގާނޫނަށް އިސްލާހަކަށް އިސްލާހު ގެނައުމޭ ބުނެވޭނީ، އެ އިސްލާހަކުން ހެޔޮ ބަދަލެއް ފެންނަ ނަމަކަމަށާއި އެހެންކަމުން އެގާނޫނުތަކަށް ގެނެސްފައިވަނީ އިސްލާހެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެއީ ސިޔާސީ ގޮތުން ބަޔަކު މަންފާއެއް ހޯދުމަށް ގާނޫނަށް ގެނެސްފައިވާ ބަދަލެއް ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު