Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

އިސްތިއުފާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް: ޓުޗެލް

އެއްވެސް މީހަކު، އަނެކާ ކުށްވެރި ކުރުމެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 06:01
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޖަރުމަނު ލީގުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ޖަރުމަނު ކަޕުގައި ތިން ވަނަ ޑިވިޝަންގެ ސާބުރުއެކަން އަތުން ބަލިވެ، ބަޔާން ކެޓުމާއެކު ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކަށް ރައްދު ދެމުންނެވެ. ޓުޗެލް ބުނީ އިސްތިއުފާ އަކީ ކުރިމަތީގައި އޮތް ކަމެއް ނޫން ކަމަށާއި، ސަބަބަކީ އޭނޭ އިސްތިއުފާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތުމުން ކަމަށެވެ. ޓުޗެލް ބުނީ އެ މެޗުގެ ނަތީޖާ އާއެކު އެންމެން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، ހަމަހިމޭންވެފައި ކަމަށެވެ. ޓުޗެލް ފާހަގަ ކުރި ގޮތުގައި ޓީމުގެ އެއްވެސް އޮފިޝަލަކު އަދި ކުޅުންތެރިޔަކު ވެސް ހަޅޭ ލަވާފައި ނެތުމަކީ އޭނާ އަށް އޮތް ހިތްހަމަ ޖެހުމެކެވެ. އެގޮތުން އެއްވެސް މީހަކު، އަނެކާ ކުށްވެރި ކުރުމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. ޓުޗެލް ބުނީ ޖަރުމަނު ކަޕް ކާމިޔާބު ކުރުމަކީ ބަޔާންގެ ވަރަށް ބޮޑު އަމާޒަކަށްވި ކަމަށާއި، ނަމަވެސް ސީޒަން ކުރީކޮޅު ކަޕުން ކެޓި ނަމަވެސް، މިހާރު އެކަން ހަޖަމު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޓުޗެލް ބުނީ މުބާރާތަކުން ކެޓުމަކީ ނުވަތަ ވަކިވާން ޖެހުމަކީ ފިލުވާލަން އުނދަގޫ ވޭނެއް ކަމަށެވެ. ނަމަވެސް އެކަމުގައި ތާއަބަދު ދެމި ތިބެން ޖެހޭނެ ސަބަބެއް އޮތް ކަމަށް ވެސް ޓުޗެލް ޤަބޫލެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި އެކަކު އަނެކަކު ކުށްވެރިކުރުމުގެ ބަދަލުގައި، އެންމެން ގުޅިގެން ކުރިއަށް ހުރި މުބާރާތްތަކަށް މަސައްކަތް ކުރަން ޖެހެ އެވެ. ޖަރުމަނު ލީގުގަައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެނީ މިހާރު ކުރިމަތިވެފައިވާ ހުރިހާ ގޮން ޖެހުންތަކާ ދެކޮޅަށް މެޗު ކާމިޔާބު ކުރަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެ މެޗަށް ނިކުންނައިރު ބަޔާން އޮތީ ލީގު ތާވަލްގެ ދެ ވަނައިގައި 23 ޕޮއިންޓާއެކު އެވެ. ޑޯޓްމަންޑު އޮތީ 21 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. އެހެންކަމުން މިއީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލަން ބަޔާނަށް މުހިންމު މެޗަކަށްވާއިރު، ބަޔާނަށް ވުރެ ކުރިއަށް ޖެހިލަން ޑޯޓްމަންޑަށް ވެސް މި މެޗު ވަރަށް މުހިންމުވެ އެވެ.

ބަޔާން މިއުނިކްތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު