Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ އަރަބިޔާ ފުޓްބޯޅަ

ސައުދީ އަރަބިޔާގެ އެސިސްޓެންޓް ކޯޗަކަށް ޔާޔާ ޓޫރޭ

ކޯޗަކީ މަންޗިނީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ނޮވެމްބަރު 2023 | ހޮނިހިރު 05:26
ސައުދީގެ އެސިސްޓެންޓް ކޯޗު ޔާޔާ ޓޫރޭ

ސައުދީގެ އެސިސްޓެންޓް ކޯޗު ޔާޔާ ޓޫރޭ

ސައުދީ އަރަބިޔާ ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗަކަށް މެންޗެސްޓަރ ސިޓީގެ ކުރީގެ މިޑްފީލްޑަރ ޔާޔާ ޓޫރޭ ހަމަޖައްސައިފިއެވެ.

ޔާޔާ ޓޫރޭ އެސިސްޓެންޓް ކޯޗުކަމަށް ހަމަޖެއްސީ ހެޑް ކޯޗު ރޮބާޓޯ މަންޗިނީގެ ލަފާގެ މަތީންނެވެ. މަންޗިނީ މެންޗެސްޓަރ ސިޓީއަށް ކޯޗުކޮށްދިން އިރު, ޔާޔާ ޓޫރޭ އަކީ ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އައިވަރީ ކޯސްޓްގެ ކުރީގެ މިޑްފީލްޑަރ ކޯޗިންގ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އަށް އަހަރު މެންޗެސްޓަރ ސިޓީއަށް ކުޅެ ކާމިޔާބު ހޯދި ޔާޔާ ޓޫރޭ ބުނީ މަންޗިނީގެ ފަރާތުން ހުށަހެޅުން ލިބުމުން ނޫނެކޭ ނުބުނެވޭނެ ކަމަށެވެ. ސައުދީ ޕްރޮޖެކްޓާ ގުޅުމަކީ ރަނގަޅު ބަދަލެއް ކަމަށް އޭނާ ބުންޏެވެ. މަންޗިނީގެ ފަރާތުން ދަސްކޮށް, މަންޗިނީއާއެކު މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ގައުމީ ޓީމަށް 101 މެޗު ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.

ޔާޔާ ޓޫރޭ ވަނީ ސިޓީއަށް ބަދަލުވުމުގެ ކުރިން ބާސެލޯނާ އަށްވެސް ކުޅެފައެވެ. ކޯޗިންގައި ވަނީ ޔުކްރެއިންއާއި, ރަޝިޔާގަވެސް މަސައްކަތް ކޮށްފައެވެ. އަދި ޓޮޓެންހަމްގެ އެކަޑަމީގައި ވެސް މަސައްކަތް ކުރިއެވެ. ގައުމީ ޓީމާއެކު އެފްރިކަން ކަޕް އޮފް ނޭޝަން ކާމިޔާބުކުރި ޓޫރޭ ވަނީ ކްލަބް ފުޓްބޯޅައިގަ 18 ތަށި ކާމިޔާބުކޮށްފައެވެ. މަންޗިނީ ސައުދީ ގައުމީ ޓީމާ ހަވާލުވީ އޮގަސްޓް މަހުއެވެ.

ސައުދީ އަރަބިޔާ ފުޓުބޯޅަ ފެޑެރޭޝަން

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ވޯލްޑް ކަޕެއް ބޭއްވުމަކީ އަހަރަމެންނަށް ހުރިހާ ކަމެއް ހާސިލްވުން: ސައުދީ އެފްއޭ ރައީސް

05 އޮކްޓޯބަރު 2023
ވޯލްޑް ކަޕެއް ބޭއްވުމަކީ އަހަރަމެންނަށް ހުރިހާ ކަމެއް ހާސިލްވުން: ސައުދީ އެފްއޭ ރައީސް
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު