Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންހެން ޓީމުގެ ކޯޗަކަށް އާތީ

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

އަންހެން ޓީމާ ހަވާލުވެގެން ކުރިން ހުރީ ޖަޕާން ކޯޗެއް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 16:31
އަންހެން ފުޓުބޯލަ ޓީމުގެ ކޯޗު އާތީ (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

އަންހެން ފުޓުބޯލަ ޓީމުގެ ކޯޗު އާތީ (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރު ހަމަވަންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ޔޫވީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

އެފްއޭއެމް ހައުސްގައި އަންހެން ޓީމުގެ ކޯޗުކަން އާތީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ބައްސާމް ވިދާޅުވީ، އާތީ އަކީ ވަރަށް ތަޖުރިބާ ކާރު މޮޅު ކޯޗެއް ކަމަށާއި، އަނެއްކާވެސް އޭނާ އައިސް ޓީމާ ހަވާލުވުމުން ޓީމަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

އެގޮތުން ބާއްސާމް ވިދާޅުވީ، އާތީއާ އެކު އެފްއޭއެމް އިން ހަދާފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ކަމަށާއި، އެފްއޭއެމް މިހާރު އޮތް ދައުރު ނިމެންދެން އޭނާ ޓީމުގެ ކޯޗުކަމުގައި ދެމިހުންނާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާތީ ބުނީ ޓީމާ ހަވާލުވިއިރު، ވަރަށް ބޮޑެތި ކުރިއެރުންތައް ޓީމަށް އައިސްފައިވާ ކަމަށާއި، އޭނާގެ ޓާގެޓަކީ އަންހެން ޓީމު ފައިނަލެއްގައި ކުޅުވުން ކަމަށެވެ. އެގޮތުން އޭނާ ބުނީ މިދިޔަ އަހަރު އަންހެން ޓީމު ސެމީފައިނަލް ކުޅެފައިވާ ކަމަށާއި، ދެން ޓީމަށް ކުރަންޖެހިފައިއޮތް ކަމަކީ ފައިނަލަކުން ފުރުސަތު ތަނަވަސްކުރުން ކަމަށެވެ.

ޔޫވީއާއެކު މި ސީޒަނުގައި މާލޭ ލީގާ ކުރިމަތިލި އާތީ ވަނީ ވަކި ހިސާބަކުން ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދީފައެވެ. އެގޮތުން އާތީގެ ބަދަލުގައި ނަޒީހުއާ ވަނީ ޓީމުގެ ކޯޗުކަން ހަވާލުކޮށްފައެވެ.

އަންހެން ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރީ ޖަޕާން ފުޓުބޯޅަ ފެޑެރޭޝަންގެ އެހީގެ ދަށުން ގެނެސްފައި ހުރި ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވޭތުވެދިޔަ އަހަރު ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ އިރު، މި އަހަރު ކުރީކޮޅު އެއްބަސްވުން ހަމަވުމުން އޭނާ ވަނީ ފުރައިގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު