Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހިން ފަލަސްތީނާއެކު

އައިއޭސީގެ ޣައްޒާ އިމަރޖެންސީ ރިލީފް ފަންޑަށް 28.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ޣައްޒާއިން 9000 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 02:58
އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާ

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާ

ފަލަސްތީނަށް އެހީވުމުގެ ގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލި "ޣައްޒާ އިމަރޖެންސީ ރިލީފް 2023" ފަންޑަށް 28.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި 3 ނޮވެމްބަރާ ހަމައަށް ދިވެހި ރުފިޔާއިން އެ ފަންޑަށް 28،027،420.14 (އަށާވީސް މިލިއަން ހަތާވީސް ހާސް ހަތަރުސަތޭކަ ވިހި ރުފިޔާ ސާދަ ލާރި) ވަނީ ލިބިފައެވެ. އަދި ޑޮލަރުން 17،300.50 (ސަތާރަ ހާސް ތިން ސަތޭކަ ޑޮލަރު ފަންސާސް ސެންޓް) ލިބިފައިވާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

Advertisement - newsAdvertisement

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 9000 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއޭސީން ދަނީ މަސައްކަތްކުރަމުންނެވެ.

އައިއޭސީން މައުލޫމާތު ދޭގޮތުގައި އެ ޖަމިއްޔާއިން ވަނީ މިހާތަނަށް ދިވެހިންގެ ނަމުގައި ޣައްޒާއަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާ ކޮށްފައެވެ. އަދި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދިނުމާއި ފައިސާގެ އެހީވެސް އެ ޖަމިއްޔާއިން ވަނީ ފޯރުކޮށްދީފައެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ފަންޑްރެއިސިން ހަރަކާތްތައް ހިންގަމުންނެވެ. އަދި ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ހިނގާލުމާއި އެއްވުންތައް ވެސް ދަނީ ބާއްވަމުންނެވެ.

އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ކަމަށްބުނެ ދެމުން އަންނަ ހަމަލާތައް ދުވަހަކަށްފަހު ދުވަހެއް ވަރުގަދަކުރަމުންދާއިރު ޣައްޒާގައި ގިނައިން މަރާލާފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. އެހެންވެ، އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ޤައުމުތަކުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

ޣައްޒާދިވެހިން ޕަލަސްތީނާއެކުފަލަސްތީނުއިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު