Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބިއޯންޑް އެއަރލައިން

ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް

ދަތުރުތަކުގެ އަގުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ކަނޑައަޅާފައިވާ ރަނގަޅު އަގުތަކެއް ކަމަށް ބިއޯންޑް އެއަރލައިނުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2023 | ބުރާސްފަތި 13:31
ބިއޯންޑް އެއަރލައިން

ބިއޯންޑް އެއަރލައިން

ސިމްޑި އާއި ދުބާއީގެ އެރޭބިކްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑްއިން ދިވެހިންނަށް ބޮޑު ޑިސްކައުންޓެއް ލިބޭ އގުތަކަކާއި އެކު ޚާއްސަ ފެއާއެއް ހުޅުވާލައިފި އެވެ.

އެ އެއަރލައިނުން ބުނީ ނޮވެމްބަރު މަހު ބިއޯންޑްގެ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އަލަށް ތައާރަފްކުރި ފެއާގެ ތެރެއިން ދިވެހިންނަށް ޓިކެޓު ވިއްކާނީ %40ގެ ޑިސްކައުންޓަކާއި އެކުގައި ކަމަށް ވެސް އެ އަރލައިނުން ވަނީ ބުނެފައެވެ. އެ ޑިސްކައުންޓް ބިއޯންޑްން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ލިބޭނެ ކަމަށާއި ބުކިން ކުރިއަށް ދާނީ ނޮވެމްބަރ 2 އިން ފެށިގެން 15 ނޮވެމްބަރުގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަންފެ ދަށުން ޑިސްކައުންޓް ލިބޭ ދަތުރުތައް އޮންނާނީ 15 ނޮވެމްބަރުން ފެށިގެން 31 އޮކްޓޫބަރު 2024ގެ ނިޔަލަށެވެ.

ބިއޯންޑުގެ ވެބްސައިޓު މެދުވެރިކޮށް މި ހާއްސަ އަގުތަކުގައި ޓިކެޓުތައް ބުކްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބިއޮންޑްގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު މެންދުރެވެ. ބިއޯންޑް އެއަރލައިނުން ބުނީ މި ފްލައިޓްގެ ދަތުރުތަކުގެ އަގުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ކަނޑައަޅާފައިވާ ރަނގަޅު އަގުތަކެއް ކަމަށެވެ. އެގޮތުން ސައުދީގެ ރިޔާދް އަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 1,700 ޑޮލަރުންނެވެ. އަދި ޖަރުމަނަށް ކުރާ ދަތުރުތަކުގެ އަގުތައް ފަށާފައި ވަނީ 2000 ޑޮލަރުން ނެވެ. އަދި ސްވިޓްޒަލޭންޑަށް ކުރާ ދަތުރުތައް ފެށޭނީ 3،000 ޑޮލަރުންނެވެ.

 ނޮވެމްބަރު މަހު ބިއޯންޑްގެ ރަސްމީ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބިއޯންޑްގެ ދަތުރުތައް ކުރާނީ އެއާބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތައް ބޭނުންކޮށްގެންނެވެ. އަދި ބިއޯންގެ ފްލައިޓްތައް އެކުލަވާލާފައި ވަނީ ކުދި ކުދި ޑީޓެއިލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެއެވެ.

ބިއޯންޑް އެއަރލައިން

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

22 ނޮވެމްބަރު 2023
ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި
09 އޮކްޓޯބަރު 2023

އަމާޒަކީ ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން - ޑރ.ޝަކީލާ

09 އޮކްޓޯބަރު 2023
އަމާޒަކީ ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން - ޑރ.ޝަކީލާ
09 އޮކްޓޯބަރު 2023

"އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ބިއޯންޑްގެ ދަތުރުތައް ފަށާނެ"

09 އޮކްޓޯބަރު 2023
"އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ބިއޯންޑްގެ ދަތުރުތައް ފަށާނެ"
09 އޮކްޓޯބަރު 2023

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

09 އޮކްޓޯބަރު 2023
 ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!
25 އެޕްރީލު 2023

ބިއޯންޑް އެއަރލައިނަށް ކެބިން ކްރޫއިން ނެގުމަށް މާދަމާ އޯޕަން ޑޭއެއް ބާއްވަނީ

25 އެޕްރީލު 2023
ބިއޯންޑް އެއަރލައިނަށް ކެބިން ކްރޫއިން ނެގުމަށް މާދަމާ އޯޕަން ޑޭއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު