Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުން

އެމެރިކާގައި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއް ގޮތުގައި އިޝްތިހާރުކުރުމަށް ޚާއްސަ ސަމިޓެއްގައި ބައިވެރިވެއްޖެ

ބޭނުމަކީ ލަގްޒަރީ ޓްރެވެލްއަށް މާކެޓެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 28 ޖުލައި 2021 | ބުދަ 08:23
ރާއްޖޭގެ ރަށްތަކެއް

ރާއްޖޭގެ ރަށްތަކެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެމެރިކާގައި ރާއްޖެ އަކީ ލަގްޒަރީ މަންޒިލެއް ގޮތުގައި އިޝްތިހާރުކުރުމަށް ޚާއްސަ ސަމިޓެއްގައި ބައިވެރިވެއްޖެއެވެ.

ޖުލައި މަހުގެ 25ން 27ށް ކުރިއަށްދާ ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓުގައި އެމްއެމްޕީއާރުސީން ރާއްޖެ ތަމުސީލު ކުރާއިރު، މި ސަމިޓު ކުރިއަށް ދަނީ އެމެރިކާގެ ޓެކްސަސްގައެވެ.

Advertisement - businessAdvertisement

އެމްއެމްޕީއާރުސީން މައުލޫމާތުދޭ ގޮތުގައި މި ސަމިޓްގައި ބައިވެރިވުމުގެ މަގުސަދަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާއިތުވި އަހަރު ކުރިމަތިވި ގޮންޖެހުންތަކާއެކު، ލަގްޒަރީ ޓްރެވެލްއަށް މާކެޓެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމެވެ. އަދި ރާއްޖެއަކީ ލަގްޒަރީ ޓްރެވެލްއަށް މާކެޓެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަން ފަޑުވިޔަ ނުދީ ހިފެހެއްޓުމަކީ މި ސަމިޓުގައި ބައިވެރިވުމުގެ އެއް މަގުސަދުކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މިއީ މި އަހަރުގެ ތެރޭގައި އެމެރިކާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ބައިވެރިވާ ފުރަތަމަ ފިޒިކަލް އިވެންޓެވެ. ލަގްޒަރީ މާކެޓުތައް އިޝްތިހާރުކުރުމަށް ބޭއްވޭ މި ބީޓުބީ ސަމިޓަކީ ދާއިރާގައި އެންމެ ތަރުހީބު ބޮޑު އެއް އިވެންޓެވެ. މި ސަމިޓުގެ ސަބަބުން ދިވެހި ކުންފުނިތަކަށް އެމެރިކާ ސަރަހައްދުގެ މާކެޓްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މި ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ދެނީ ލަގްޒަރީ މާކެޓްތަކުގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ވެރިންނަށާއި، މެނޭޖަރުންނަށް ކަމަށް އެމްއެމްޕީއާރްސީއިން ފާހަގަކުރެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި އެމެރިކާ ހިމެނެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން 23,504 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަކީ ލަގްޒަރީ މާކެޓެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މިހާރު ވެސް އެމްއެމްޕީއާރުސީން ދަނީ ދުނިޔޭގެ 10ށް ވުރެ ގިނަ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު

ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު

08 އޮކްޓޯބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު