Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބިއޯންޑް އެއަރލައިން

އަމާޒަކީ ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން - ޑރ.ޝަކީލާ

ބިއޯންޑުގެ މައި ހަބަކީ ރާއްޖެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 13:27
ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ

ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ

އަމާޒަކީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިން ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުންކަމަށް ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ ލެޝަރ އެއަރލައިން ބިއޯންޑްގެ ދަތުރުތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހޯމަ ދުވަހު ތައާރަފް ކުރި އެ އެއަރލައިނަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކޮށްފައިވާ އެއަރލައިނެކެވެ.

Advertisement - newsAdvertisement

ޑރ.ޝަކީލާ ވިދާޅުވީ ބިއޯންޑްގެ ވަޒީފާތަކުގެ ތެރެއިން ދިވެހިން ކުރިމަތިލާ ވަޒީފާތަކަށް އެބޭފުޅުންގެ ޤާބިލްކަން ހުރި ވަރަކުން ދިވެހިން ނަގާނެ ކަމަށެވެ. އަދި ކަނބަލުންގެ ދައުރު އެ ދާއިރާގައި ފުޅާކުރުމަށް ވެސް އިސްކަން ދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރާއްޖޭގެ ހިއްސާ އާއި އެކު ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިން ތައާރަފްވުމަކީ މުޅި ރާއްޖެ އަށް ވެސް ލިބުނު އުފަލެއް ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއީ މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެ އަށް ލިބޭނެ ކަމެއް ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.ޝަކީލާ އިތުރަށް ވިދާޅުވީ ސިމްޑީ އަކީ މިހާރުވެސް ހޮސްޕިޓަލިޓީ ދާއިރާ ކުރިއަރުވާ އެ ސިނާއަތް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަަމަށެވެ. އެގޮތުން އެ ދާއިރާ އާއި ގުޅުން ހުރި ވިޔަފާރިތަކުގައި ސިމްޑީން ހަރަކާތްތެރިވާކަން ވަނީ ފާހަގަކޮށްފައެވެ. އަލަށް ތައާރަފްކުރާ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި 1000 އަކަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމެއް ކަމަށް ޑރ.ޝަކީލާ ވިދާޅުވިއެވެ.

ބިއޯންޑްގެ މެދުއިރުމަތީގެ ގައުމުތަކުގެ އަގުތަށް ފެށެނީ 2000 ޑޮލަރުންނެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ކަނޑައަޅާފައިވާ އަގުތައް ފެށެނީ 3800 ޔޫރޯއިންނެވެ. ބިއޯންޑުގެ މައި ހަބަކީ ރާއްޖެއެވެ.

ބިއޯންޑް އެއަރލައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

22 ނޮވެމްބަރު 2023
ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް

ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް

02 ނޮވެމްބަރު 2023
"އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ބިއޯންޑްގެ ދަތުރުތައް ފަށާނެ"

"އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ބިއޯންޑްގެ ދަތުރުތައް ފަށާނެ"

09 އޮކްޓޯބަރު 2023
 ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

09 އޮކްޓޯބަރު 2023
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު