Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިއޯންޑްގެ ދަތުރުތައް

"އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ބިއޯންޑްގެ ދަތުރުތައް ފަށާނެ"

ސައުދީގެ ރިޔާދް އަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 1,700 ޑޮލަރުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އޮކްޓޯބަރު 2023 | ހޯމަ 13:26
ބިއޯންޑް އެއަރލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ

ބިއޯންޑް އެއަރލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑްގެ ދަތުރުތައް އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ފަށާނެ ކަމަށް އެ އެއަރލައިންގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވެއްޖެއެވެ.

ބިއޮންޑްގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ހޯމަ ދުވަހު މެންދުރެވެ. އެ ކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ފްލައިޓްގެ ދަތުރުތަކުގެ އަގުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ކަނޑައަޅާފައިވާ ރަނގަޅު އަގުތަކެއް ކަމަށެވެ. އެގޮތުން ސައުދީގެ ރިޔާދް އަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 1,700 ޑޮލަރުންނެވެ. އަދި ޖަރުމަނަށް ކުރާ ދަތުރުތަކުގެ އަގުތައް ފަށާފައި ވަނީ 2000 ޑޮލަރުން ނެވެ. އަދި ސްވިޓްޒަލޭންޑަށް ކުރާ ދަތުރުތައް ފެށޭނީ 3،000 ޑޮލަރުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ބިއޯންޑްގެ ހުރިހާ ފްލައިޓެއްވެސް އޮޕަރޭޓްކުރަން ހަމަޖެހިފައިވަނީ ރާއްޖޭގައި ކަަމަށެވެ. އަދި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކޮށް ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖެއިން 60 މަންޒިލަކަށް ދަތުރު ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅވުިއެވެ. އެ ދަތުރުތައް އޮޕަރޭޓްކުރުމަށް ބޭނުންކުރާނީ 33 އެއާކްރާޕްޓް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަމާޒަކީ ފަސޭހަ އަދި ހިތްގައިމު ލަގްޒަރީ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ނޮވެމްބަރު މަހު ބިއޯންޑްގެ ރަސްމީ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއާބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތައް ބޭނުންކޮށްގެން ބިއޯންޑްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ އިރު ބިއޯންގެ ފްލައިޓްތައް އެކުލަވާލާފައި ވަނީ ކުދި ކުދި ޑީޓެއިލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިއޯންޑް އެއަރލައިން

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

22 ނޮވެމްބަރު 2023
ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި
02 ނޮވެމްބަރު 2023

ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް

02 ނޮވެމްބަރު 2023
ބިއޯންޑް އެއަރލައިންގެގެ ލަގްޒަރީ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް
09 އޮކްޓޯބަރު 2023

އަމާޒަކީ ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން - ޑރ.ޝަކީލާ

09 އޮކްޓޯބަރު 2023
އަމާޒަކީ ބިއޯންޑްގެ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން - ޑރ.ޝަކީލާ
09 އޮކްޓޯބަރު 2023

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

09 އޮކްޓޯބަރު 2023
 ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނާއި އެކު ރާއްޖެ ތާރީހުގެ ތެރެއަށް!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު