Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބިއޯންޑް އެއަރލައިން

ބިއޯންޑްގެ ދަތުރުތަކާއެކު ފަތުރުވެރިކަމަށް އިތުރު ކުރިއެރުން އަންނާނެ: މިނިސްޓަރު މައުސޫމް

ބިއޯންޑް އިން ގިނަ ގައުމުތަކަކަށް ސީދާ ދަތުރުތައް ބާއްވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 އޮކްޓޯބަރު 2022 | އާދީއްތަ 03:25
ބިއޯންޑް އެއަރލައިންގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުން

ބިއޯންޑް އެއަރލައިންގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުން

ބިއޯންޑް އެއަރލައިންގެ ދަތުރުތައް ފެށުން ވާނީ ރާއްޖޭގެ ކުރިއަރަމުންދާ ފަތުރުވެރިކަމަށް ލިބޭ އިތުރު ބާރަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބިއޯންޑް އެއަރލައިންގެ ދަތުރުތައް ރާއްޖޭގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި އެއަރލައިންގެ ފައުންޑަރުންނާއި، ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާ ބިއޯންޑް ސިމްޑީ ބޭފުޅުން ވަނީ މިނިސްޓަރު މައުސޫމްއާ ބައްދަލުކުރައްވާފައެވެ. ބިއޯންޑް އެއަރލައިންއަކީ ރާއްޖޭގެ އެއަރލައިނެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބިއޯންޑް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލަގްޒަރީ ސެގްމެންޓު ކުރިއަރުވަން ބޮޑު އެހީތެރިކަމެއްވާނެ އެއަރލައިނެއް ކަމަށެވެ. އަދި ބިއޯންޑްގެ ދަތުރުތަކަށް މަރުހަބާ ކިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއާއި، ދުނިޔޭގެ ގިނަ ގައުމުތަކަކާ ދެމެދު ޑައިރެކްޓް ފްލައިޓުތައް ބޭއްވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގާއިމެދު ގެންގުޅުއްވާ ވިޝަން، ބިއޯންޑްގެ ފައުންޑަރުންނާ ހިއްސާކުރައްވާފައިވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރަމުންދާއިރު، މި އެއަރލައިންގެ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމަށް އެހީ ލިބިގެންދާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިއޯންޑްއާއި، ބިއޯންޑް ސިމްޑީގެ ސީއީއޯ ޓޭރޯ ޓަސްކީލާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށެވެ. އަދި ރާއްޖޭގެ އެއަރލައިނެއްގެ ގޮތުގައި ބިއޯންޑް އެއަރލައިން ތައާރަފުކުރެވޭކަމީ ލިބިލައްވާ ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިއޯންޑް އެއަރލައިނުން ރާއއްޖޭގެ ފަތުރުވެރިކަން ކުރިއަރައިދިއުމަށް އެހީވެދޭނެއެވެ. އަދި މި އެއަރލައިންގެ ސަބަބުން އޭވިއޭޝަން ވަޒީފަތަކާއި، އިތުރު ވިޔަފާރިތައް އުފެދިގެންދާނެއެވެ. މި އެއަރލައިނުން އޭޝިއާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި އެފްރިކާ ސަރަހައްދަށްވެސް ދަތުރުތައް ބާއްވާނެއެވެ.

އެއަރލައިންގެ ދަތުރުތައް ފަށާ ތާރީޚު އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު