Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ރުޅިގަނޑު މަތަނުވެ، ޔާމީނު ދިނީ؛ "ކުރު ދޮށިން!"

ރުޅިގަނޑު މަތަނުކުރެވި ޔާމީން ނޫސްވެރިޔާއާ ދިމާލަށް ވިދާޅުވީ، "ކަލޭމެން ތިޔަ ސުވާލު ކުރޭ މިހާރު ހުރި ރައީސާ" މިފަދައިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2023 | ބުރާސްފަތި 00:31
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކީ މިޒާޖުގައި ވެސް ރުންކުރު ގޮތެއް ހުންނަ ބޭފުޅެކެވެ. ގިނަ ފަހަރު އާންމު ރައްޔިތަކަށް ވެސް ޔާމީނު ހިނިފުޅުވެޑުވިގެން ހުންނަވަނިކޮށް ނުފެންނާނެ އެވެ. މުޅިން ވެސް ފެންނާނީ ކޮންމެ ވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނުވަތަ ރުޅިގަދަވެގެން ހުންނަވާ މަންޒަރެވެ. ސިޔާސީ ޕޯޑިއަމެއްގައި ހުންނަވާ ވާހަކަ ދައްކަވާނީ ވެސް ރުޅިވެރިކަމާއެކު އެވެ.

ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިންމާލެއްވިއިރު، އެމަނިކުފާނަކީ ނޫސްވެރިންނާ ވަރަށް ބީރައްޓެހި ރައީސެކެވެ. މައިކާ ދުރު މިޒާޖު އެއް ފަރާތްކޮށް، މައިކެއްގެ ކުރި މައްޗަށް ނިކުންނަވާނީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވުމުންނެވެ. ވެރިކަމުގައި ހިންގެވި ވައްކަމާއި، ޚިޔާނާތުގެ ސަބަބުން ޔާމީނަށް އޮތީ ޖަލު ގޮޅި އެވެ. މިދިޔަ ސެޕްޓެމްބަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިލެއްވީ ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށެވެ. އިންތިޚާބީ ރައީސްގެ އެދިލެއްވުމަކަށް ރައީސް ޞާލިޙު އެކަން ކޮށްދެއްވި އެވެ.

ގޭބަންދުގައި ހުރި ޔާމީނަށް ދާދި ފަހުން މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ވަނީ އިތުރު ލުޔެއް ދެއްވައިފަ އެވެ. ގޭބަންދުން ރަށު ބަންދަށް ބަދަލު ކުރެއްވި އެވެ. އެއާއެކު ޔާމީން ވަނީ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންނާ އެ ޕާޓީގެ އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށްފަހު ޕީޕީއެމް އޮފީހުން ޔާމީން ނިކުމެވަަޑައިގަންނަވަނިކޮށް ނޫސްވެރިޔަކު ވަނީ ޔާމީނާ ސުވާލެއް އަމާޒުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޔާމީން ވަނީ އިންތިޚާބީ ރައީސް ޑރ.މުއިއްޒު އަށް ދެ އިމްތިހާނެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމާއި، ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށެވެ. އެ އިމްތިހާނުން މުއިއްޒު ފެއިލްވެއްޖެ ނަމަ، އެ ސަރުކާރާ ދެކޮޅަށް ނިކުންނަވާނެތޯ ނޫސްވެރިޔާ ޔާމީންގެ އަރިހުގައި އެއްސެވި އެވެ.

އެ ސުވާލާއެކު، ސަޕޯޓަރުންނާ ސަލާމް ކުރައްވަން ހުންނެވި ޔާމީންގެ ރުޅި ގަނޑު ދިޔައީ ފަޅައިގެންނެވެ. ހީވީ ދަމަކުން ބަޑިއެއް ޖަހައިގަތް ހެންނެވެ. ޒާތަކަށް މޫނު ހައްދަވައިގެން ހުންނަވާ، ނޫސްވެރިޔާއާ ޖަދަލު ކުރައްވަން ފެއްޓެވި އެވެ. އެއަށްފަހު ވިދާޅުވީ ނޫސްވެރިން އެ ސުވާލު ކޮށްގެން ނުވާނެ ކަމަށެވެ. ރުޅިގަނޑު މަތަނުކުރެވި ޔާމީން ނޫސްވެރިޔާއާ ދިމާލަށް ވިދާޅުވީ، "ކަލޭމެން ތިޔަ ސުވާލު ކުރޭ މިހާރު ހުރި ރައީސާ" މިފަދައިންނެވެ. އެއަށްފަހު ޔާމީން ނޫސްވެރިޔާއާ ދިމާލަށް ވިދާޅުވީ، "ކަލޭމެން ވެސް ފެއާވެ، ކަލޭ މެން ޤައުމީ ޙައްޤުގައި މަސައްކަތް ކުރޭ" މިހެންނެވެ. ނޫސްވެރިޔާއާ ޔާމީން މުޚާތަބު ކުރައްވަމުން ގެންދެވީ، ނޫސްވެރިޔާއާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުންނަވަ އެވެ.

ޔާމީންގެ މި އަމަލުފުޅާއެކު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން އަބަދު ވެސް ޔާމީނަކީ ރުޅުވެރިކަން އިސްކުރައްވާ، ގަދަބާރުން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެ އެވެ. އަނެއްކޮޅުން ޖަލުގައި ހުރުމަށްފަހު ގެޔަށް ބަދަލު ކުރުމަށްފަހު، ފައިން ރަނގަޅަށް ވެލި ނުހިކެނީސް ޔާމީންގެ "އަސްލު ސޫރަ" ދައްކާލަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. ޔާމީންގެ ވާހަކަފުޅު ހުންނެވި ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނަށް އަނެއްކާ ވެސް ބިރުވެރިކަން އޮތް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނާނެ ބަދަލުތަކެއްގެ ވެސް މަންޒަރެވެ. އެގޮތުން ޔާމީން ދައްކަވާ ވާހަކަފުޅުތަކުން ނުސީދާ ގޮތެއްގައި އިންތިޚާބީ ރައީސާ ދެކޮޅު ކަމަށް ދައްކަވަ އެވެ. އެކަމުގެ އެއް މިސާލަކީ، ޕީޕީއެމްގެ މެމްބަރުން ޕީއެންސީ އަށް ގެންދާ ގެންދިޔުމެވެ. އެކަމަށް ޔާމީނު ވަނީ ރައްދު ވެސް ދެއްވައިފަ އެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީ އަށް ދާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދުގެ ހަގީގަތަކީ ބަޔަކު މީހުން ޕީއެންސީ ނަގައި ކޮޅަށް ޖަހަން މަސައްކަތް ކުރަމުން އަންނަ ކަމެވެ. އެ މަސައްކަތުގައި ޕީޕީއެމް "ފުނޑާލަން" ޖެހުނަސް އެވެރިން އެކަން ކުރާނެ ކަމަށް ބެލެވެ އެވެ. އެހެން ކަމަށް ވަނީނަމަ، ކުރިއަށް އޮތް ތަނުގައި ޔާމީންގެ ރުޅި އިތުރަށް ގަދަވާނެ އެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު