Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސާ ޗާޕު ކުރުން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

އެކަން އެ ކުރަނީ މިވަގުތަށް އެ ނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން، މުޅިން ގޮތް ހުސްވެގެން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 14:40
 ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ސަރުކާރުން ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަން އުޅެނީ މުސާރަ ދޭނެ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ހުރި ކަމަށް ބުނެ 2.5 ބިލިއަން ޗާޕެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ އެއިން ވާނެ އެއްކަމެއް ވެސް ނެތުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެ "ހުވަނދަކަށް ވެސް" ނުވާނެ ކަމަށެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާގެ ވާހަކަދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ އެކަން އެ ކުރަނީ މިވަގުތަށް އެ ނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން، މުޅިން ގޮތް ހުސްވެގެން ކަމަށެވެ.

އެއީކީ ނޫން މަގުސަދަކީ. އެކަމެއް ނުވެސް ކުރާނެ. މިއީ ހަމަ ދެންމެ ތި ވާހަކައިގަ ފެށްޓެވި ގޮތަށް، މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ ހަމަ އެކަމަށް، ހަމަ އެކަމަށް މިވަގުތުން މިވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި، މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަނީ އެމްއެމްއޭ އިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓު ކޮށްގެން ނެވެ.

އެކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބުތެރޭގައި އަދި މިހާރު ވެސް ތަކުރާރުކޮށް ދައްކަމުން އަންނަ އެންމެ ބޮޑު ވާހަކަ އަކީ މިސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ވާހަކަ ކަމަށެވެ.

އަމީރު ވިދާޅުވީ ފައިސާ ޗާޕް ނުކޮށް 2.5 ބިލިއަން ރުފިޔާ ސަރުކާރުގެ ޓީ-ބިލްސް ޕެންޝަން އޮފީސް މެދުވެރިކޮށް، އެމްއެމްއޭ އިން ގަންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެވަރުގެ ކެޕޭސިޓީ އެއް އެމްއެމްއޭ ގެ ޖެނެރަލް ރިޒާވްގަ ނުހުންނާނެ ކަމަށާއި، ޖެނެރަލް ރިޒާވްގައި ހުރީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ އެމްއެމްއޭ ކުރު މުއްދަތުގެ ލައިބިލިޓީސް ކަވަރު ކުރަންވެސް ހުންނާނެ ފައިސާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އެމްއެމްއޭކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްޕީއެންއެފްޕެންޝަން އޮފީސްފައިސާ ޗާޕްކުރުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
10 ޑިސެމްބަރު 2025

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި
28 ނޮވެމްބަރު 2025

ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން

28 ނޮވެމްބަރު 2025
ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
16 ނޮވެމްބަރު 2025

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

16 ނޮވެމްބަރު 2025
ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން
15 ނޮވެމްބަރު 2025

ޔާމީންގެ އަމިއްލަ ގެކޮޅުގެ ބެލްކަންޏަށް ނެރުނު ހުސް ގޮނޑިއަށް ގިނަ ބައެއްގެ ސަމާލުކަން

15 ނޮވެމްބަރު 2025
ޔާމީންގެ އަމިއްލަ ގެކޮޅުގެ ބެލްކަންޏަށް ނެރުނު ހުސް ގޮނޑިއަށް ގިނަ ބައެއްގެ ސަމާލުކަން
07 ނޮވެމްބަރު 2025

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން

07 ނޮވެމްބަރު 2025
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
31 އޮކްޓޯބަރު 2025

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު