Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔާމީނުގެ ޖަލު ޙުކުމް

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

ކަރެކްޝަންސްއިން ބުނީ، އެ އިދާރާއިން ޔާމީނުގެ އަމަލުތައް މޮނިޓަރ ކުރަމުންގެންދާކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2023 | ބުދަ 07:04
ކުރީގެ ރައީސް އަބްދުﷲ ޔާމީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ބޭސްފަރުވާ ކުރެއްވުމަށާއި، ކަސްރަތު ކުރައްވައި އުޅުއްވުމަށް އިތުރު ލުއިތަކަކަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ދީފައެވެ.

އަދި، ކަރެކްޝަންސްއަށް އެންގުމަށްފަހު، ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރާތްތަކާއި ބައްދަލުކުރުމުގެ ފުރުސަތު ވެސް ދެވިފައިވާނެކަމަށް އެ އިދާރާއިން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ކަރެކްޝަންސްއިން ވަނީ ކުރުން މަނާ ކަންތައްތަކެއް ވެސް އިޤުރާރުގައި ހިމަނާފައެވެ. އަދި ޔާމީނުގެ އަމަލުތައް މޮނިޓަރ ކުރައްވާނެ ކަމަށާއި، އިޤުރާރާ ޚިލާފުވާ ނަމަ ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 62 ވަނަ މާއްދާގައި ސާފުކޮށް އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، ބަންދަށް ލުއިތަކެއް ދިން ފަހުން ޔާމީން ގެންދަވަނީ ސިޔާސީ އެއްވުންތަކުގައި ބައިވެރިވެވަޑައިގެން، ސިޔާސީ ޙަރަކާތްތައް ހިންގަވަމުންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ކަރެކްޝަންސްއިން ބުނީ، އެ އިދާރާއިން ޔާމީނުގެ އަމަލުތައް މޮނިޓަރ ކުރަމުންގެންދާކަމަށެވެ. ނަމަވެސް ޔާމީނާމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވޭތޯ އަދި ޔާމީނު އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ ހުއްދަ ނަގައިގެންތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން ކަރެކްޝަންސްއިން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ އިޤުރާރާ އެއްގޮތަށް ފިޔަވަޅު އެޅުމަށް އިންޒާރު ދެވިފައިވާ ކަމަށާއި، ތަކުރާރުކޮށްފިނަމަ އިޤުރާރު ބާތިލު ކުރެވޭނެ ކަމަށެވެ.

ޔާމީނަކީ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށްވާއިރު، ޖަލު ޙުކުމުގައި ހުންނަވައި ސިޔާސީ އެކިއެކި އެއްވުންތަކުގައި ބައިވެރިވެވަޑައިގެން، ސިޔާސީ ގޮތުން ބަސްދީގަތުން ދެއްވަމުން ގެންދަވާއިރު ވެސް އެކަމާ ގުޅޭގޮތުން ކަރެކްޝަންސްއިން ފިޔަވަޅެއް ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ޔާމީނު ވަނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ނޮވެމްބަރު 3 ވާ ހުކުރު ދުވަހުގެ ރޭ ހިޔާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވެވުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ ނޫސްތަކުން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް، ކަރެކްޝަންސްއަށް އެންގުމަށްފަހު، ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކާއި ބައްދަލު ކުރުމުގެ ފުރުސަތު ދޭގޮތަށް ލުއިތައް ދެވިފައިވާއިރު، ޔާމީނު މިހާރު ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ކަރެކްޝަންސްއަށް ނާންގައިކަމަށްވާ ނަމަ، އިޤުރާރާ ޚިލާފުވީކަމަށް ބަލައި ފިޔަވަޅު ވެސް އެޅެންޖެހޭނެއެވެ.

މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ޔާމީންމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު