Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ މުސްލިމުން

އެމެރިކާގެ މުސްލިމުން ބައިޑެން އަށް: ޣައްޒާ އަށް ހަމަލާދިނުން ނުހުއްޓުވައިފި ނަމަ ވޯޓެއް ނުދޭނަން

އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބައިޑެން ފިޔަވަޅު ނާޅުއްވާތީ ގިނަ އަރަބި ގައުމުތަކެއްގެ އިތުރުން އެމެރިކާގެ މުސްލިމް ޖަމާއަތްތަކުން އަންނަނީ ބައިޑެން އަށް ނުރުހުން ފާޅުކުރަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 06:10
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުންގެންދާ އުދުވާނީ ވަރުގަދަ ހަމަލާތައް ނުހުއްޓުވައިފިނަމަ އަންނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާން ތިބި އެތައް މިލިއަން މުސްލިމުން ބައިޑެންއަށް ވޯޓުލުން ހުއްޓުވާނެކަމަށް އެމެރިކާގެ މުސްލިމުންގެ އިސް ޖަމާއަތަކުން ބުނެފިއެވެ.

ރޮއިޓަރސްގެ އަންގާރަ ދުވަހުގެ ރިޕޯޓެއްގައިވާ ގޮތުން ނޭޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލުން ވަނީ އިސްރާއީލުގެ މައްޗަށް އޮންނަ ބައިޑެންގެ ނުފޫޒު ބޭނުންފުޅު ކުރައްވައިގެން ހަމަލާތައް ހުއްޓާލުމަށް ބާރު އަޅުއްވައިދެއްވުމަށް ބައިޑެން އަށް ދަންނަވާފައެވެ. ނޭޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލްގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

"2023 ސީޒްފަޔަރ އަލްޓިމޭޓަމް" ގެ ނަމުގައި އެ ކައުންސިލުން ބައިޑެން އަށް ފޮނުވާފައިވާ ސިޓީއެއްގައިވަނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނަށް ތާއީދު ކުރާ އެއްވެސް ކެންޑިޑޭޓަކު އަންނަ އަހަރުގެ އިންތިޚާބަށް އެންޑޯސް ނުކުރާނެކަމަށާއި, ސަޕޯޓު ނުކުރާނެކަމަށާއި, އަދި ވޯޓުވެސް ނުދޭނެ ކަމަށެވެ. އަދި ބައިޑެންގެ ސަރުކާރުން އެއްވެސް ޝަރުތަކާނުލާ އިސްރާއީލްގެ އުދުވާނަށް ތާއީދުކޮށް، ފައިސާއާއި ހަތިޔާރުދެމުންގެންދިއުމުގެ ސަބަބުން ފަލަސްތީންގެ ކުށެއްނެތް އެތައްހާސް އާންމުން މަރުވަމުންދާ މި އަނިޔާވެރި ހަމަލާތައް ދިގުދެމިގެން ދިއުމަށް އެހީތެރިވާކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކުރިން ބައިޑެން އަށް އިތުބާރު ކޮށްގެންތިބި ވޯޓުލާ އެތައް މިލިއަން ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާގެ މިނެސޯޓާ އަށް ބައިޑެން ބުދަ ދުވަހު ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު މިނެސޯޓާގެ މުސްލިމުން ވެސް ވަނީ ނިމުނު ހަފްތާގައި މިފަދަ އަމުރެއް ނެރެ، ހަމަލާތައް ހުއްޓުވައިދިނުމަށް އެދި ބައިޑެން އަށް ދަންނަވާފައެވެ. އަދި ބައިޑެންގެ ދަތުރުފުޅާ ދިމާކޮށް މިނެސޯޓާގެ މުސްލިމުން ބޮޑު މުޒާހަރާއެއް ކުރުމަށް ވެސް ދަނީ ރާވަމުންނެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބައިޑެން ފިޔަވަޅު ނާޅުއްވާތީ ގިނަ އަރަބި ގައުމުތަކެއްގެ އިތުރުން އެމެރިކާގެ މުސްލިމް ޖަމާއަތްތަކުން އަންނަނީ ބައިޑެންއާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ޣައްޒާގެ ގިނަ އިމާރާތްތަކެއް ފުނޑުކޮށްލާފައިވާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 8000ށް ވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފައެވެ.

ވައިޓްހައުސްގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި ހަމަލާތައް ހުއްޓުވުމާބެހޭ ގޮތުން ވާހަކަ ދައްކަވަން ބޭނުންވި ބައެއް މުސްލިމް ލީޑަރުންނާ ބައިޑެން ވަނީ މިދިޔަ ހަފްތާގައި ބައްދަލުކުރައްވާފައެވެ.

އަނެއްކޮޅުން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާ ކުރިޔަށް ގެންދަވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަމާސް އެއްކޮށް ނައްތާލެވެންދެން ހަމަލާތައް ކުރިޔަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެމެރިކާގެ ޕަރލް ހާބަރަށް ބޮންއެޅުމުން، އަދި ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ދޭން ފެށި ހަމަލާތައް ވެސް ހުއްޓާލަން އެމެރިކާއިން އެއްބަސްނުވި ފަދައިން، އިސްރާއީލުން ވެސް އޮތީ މިހާރު ކުރިޔަށްގެންދާ ހަމަލާތައް ހުއްޓާލަން  ތައްޔާރަށް ނޫންކަމަށް ވިދާޅުވިއެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަކީ ހަމާސްގެ ކުރިމަތީގައި ބަލި ގަބޫލުކޮށް ހަތިޔާރު ބެހެއްޓުމަށް، ނުވަތަ ޓެރަރިޒަމް އަށް ދޫދިނުމަށް ގޮވާލުން ކަމަށާއި އެކަމެއް ނުވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

އެމެރިކާޣައްޒާއިޒްރޭލްޖޯ ބައިޑަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު