Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޖަނަވަރީ ޓްރާންސްފާގައި ބަޔާނުން އައު ކުޅުންތެރިން ހޯދާނެ

އޭނާ ބުނީ، ބަޔާންގައި މިވަގުތު ވެސް ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި، ނަމަވެސް އެކި ފަހަރު ޙާލަތު އޮންނާނީ އެކި ގޮތަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 02:33
މައިންޒާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ޓުޗެލް ޓީމަށް އިރުޝާދު ދެނީ

މައިންޒާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ޓުޗެލް ޓީމަށް އިރުޝާދު ދެނީ

އަންނަ ޖަނަވަރީ ޓްރާންސްފާ މާކެޓުގައި ބަޔާން މިއުނިކުން އައު ކުޅުންތެރިން ހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ބަޔާނުން އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. ޓުޗެލް ބުނީ، އައު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބަޔާނުން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށެވެ. އޭނާ ބުނީ ބައިނަލްއަޤުވާމީ ބްރޭކުގެ ސަބަބުން، ވަކި މުއްދަތަކަށް ބައެއް ކުޅުންތެރިން ޓީމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެއީ ބަޔާނުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ، އަދި ވިސްނަމުންދާ ކަމެއް ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ، ބަޔާނުން ކުޅުންތެރިން ހޯދާނީ އެންމެ ބޭނުންވާ މަގާމުތަަކަށް ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ އެ މަގާމުތަކަށް ކުޅެން އެންމެ އެކަށީގެންވާ ކުޅުންތެރިންނަށް ވާނެ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، ބަޔާންގައި މިވަގުތު ވެސް ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި، ނަމަވެސް އެކި ފަހަރު ޙާލަތު އޮންނާނީ އެކި ގޮތަށް ކަމަށެވެ.

ބަޔާނާ ހަވާލުވެ މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު، ބަޔާންގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިން ކަމަށް އޭނާ ދެކެ އެވެ. ޓުޗެލް ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ފަރިތަކުރުމުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުޅުންތެރިންނާ އޭނާއާ ދެމެދު އޮތީ ވަރަށް ގާތް އަދި ބަދަހި ގުޅުމެއް ކަމަށެވެ. ޓުޗެލް ދެކޭ ގޮތުގައި ބަޔާނުން އޭނާ އަށް ހަވާލު ކުރި މަސައްކަތް އޭނާ އަށް އެންމެ ފުރިހަމަ އަށް އަދާ ކުރެވޭނެ އެވެ.

ބަޔާނުން މިހާރު ތައްޔާރުވަމުން އަންނަނީ ޖަރުމަނު ކަޕްގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗަށެވެ.

ބަޔާން މިއުނިކްތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު