Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023

އިންޓަ ސްކޫލް ވޮލީ މުބާރާތް: 14 އަހަރުން ދަށުގެ ފިރިހެން ތަށި ފ.އަތޮޅު މަދަރުސާ އިން ދިފާއުކޮށްފި

މީގެ ކުރިން 2019 ވަނަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވެސް ފ.އަތޮޅު މަދަރުސާ އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 02:27
14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ފ.އަތޮޅު މަދަރުސާ

14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ފ.އަތޮޅު މަދަރުސާ

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން، އެންމެ ފަހުގެ ޗެމްޕިއަން ފ.އަތޮޅު މަދަރުސާ އިން ދިފާއު ކޮށްފި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވެސް ފ.އަތޮޅު މަދަރުސާ އިންނެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގައި އަންގާރަ ދުވަހުގެ ރޭ ފ.އަތޮޅު މަދަރުސާ ނުކުތީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ 25-07، 25-19 އަދި 25-15 އިންނެވެ. މުޅި މެޗުގައި ވެސް ފ.އަތޮޅު މަދަރުސާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިފަ އެވެ. ފުރަތަމަ ސެޓާ ޚިލާފަށް ދެ ވަނަ ސެޓާއި، ތިން ވަނަ ސެޓުގައި ކެޔޮދޫ ސްކޫލުން ވެސް ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ. ނަމަވެސް ފ.އަތޮޅު މަދަރުސާގެ އެޓޭކުތައް ހުއްޓުވުމުގައި އެ ޓީމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަލޫފް ޢަބްދުﷲ އެވެ.

14 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ އަލޫފްގެ އިތުރުން، ޔޫސުފް ޙުސެއިން، އަކުމަލް، އިކާން ޢަބްދުލް ޣައްފާރު، ރަނަރަޕް ކެޔޮދޫގެ އައްމާރު ބިން އަޙުމަދު، މުޙައްމަދު ރައިހާން ރަޝީދު އަދި އާދަމް އާދު އިދުރީސް (ލިބަރޯ) އެެވެ. މި ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ އަލީ ޒާހިރު އެވެ.

މުބާރާތުގެ 16 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ ފަހު ފައިނަލް މެޗުތައް އޮންނާނީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު ކުރިއަށް ދާނީ 14 އަހަރުން ދަށުގެ އަންހެން ފައިނަލް އަދި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފައިނަލް މެޗުތަކެވެ. އޭގެ ތެރެއިން ދެ ފައިނަލެއްގައި ފ.އަތޮޅު މަދަރުސާ އިން ވާދަކުރާނެ އެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން އަދި 14 އަހަރުން ދަށުގެ އަންހެން ފައިނަލް އެވެ. 16 އަހަރުން ދަށުގެ ފިރިހެން ފައިނަލްގައި ވާދަކުރާނީ އދ.ކުނބުރުދޫ ސްކޫލް އަދި އދ.އަތޮޅު މަދަރުސާ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު