Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން، މަނާ ހަތިޔާރު ބޭނުންކުރުން

ދެކުނު ލުބްނާނަށް ދިން ހަމަލާގައި، އިސްރާއީލުން ވައިޓް ފޮސްފަރަސް ބޭނުންކުރި: އެމްނެސްޓީ

31 އޮކްޓޯބަރު 2023 | އަންގާރަ 13:49

ވައިޓް ފޮސްފަރަސްއަކީ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރުން މަނާ، އިންސާނުންނަށް ބޮޑެތި ގެއްލުންދޭ ކެމިކަލެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 31 އޮކްޓޯބަރު 2023 | އަންގާރަ 13:49
އިސްރާއީލުން ދަނީ ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރުތައް ބޭނުންކުރަމުން

އިސްރާއީލުން ދަނީ ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރުތައް ބޭނުންކުރަމުން

ލުބުނާނުގެ ދެކުނުގައި މި މަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި، އިސްރާއީލުން ގާނޫނާ ޚިލާފަށް ވައިޓް ފޮސްފަރަސް މިއުނިޝަން ބޭނުންކުރިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތުކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އިސްރާއީލުން ދައިރާ އަވަށަށް ދިން ހަމަލާގައި ވައިޓް ފޮސްފަރަސް ބޭނުންކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އާބާދީ ބޮޑު ސަރަހައްދުތަކުގައި އަލިފާން ރޯކުރުމަށް އާއްމުގޮތެއްގައި ބޭނުންކުރާ މި ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެކެވެ.

އެމްނެސްޓީން ވަނީ، ދައިރާގެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކޮށް، އެކަން ތަހުގީގުކުރުމަށް ގޮވާލާފައެވެ. ވައިޓް ފޮސްފަރަސްގެ ސަބަބުން އިންސާނުންނަށް ޖިސްމާނީގޮތުން ބޮޑެތި ގެއްލުންތަކެއް ވުމުގެ އިތުރުން، އިމާރާތްތަކުގައި އަލިފާން ރޯވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ވައިޓް ފޮސްފަރަސްއަކީ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރުން މަނާ، އަސްކަރީ އަމާޒުތަކަށާއި އާންމުންނަށްވެސް ނުރައްކާވެދާނެ ކެމިކަލް ކޮމްޕައުންޑެކެވެ. އެއީ ވައިގެ ތެރެއަށް ވަދެއްޖެނަމަ އަމިއްލައަށް އަލިފާން ރޯވާވަރަށް ރިއެކްޓިވް މާއްދާއަކަށްވާއިރު، މިއީ އެ ކެމިކަލް ގޮސް ޖެހޭ ތަނެއްގައި ވަގުތުން އަލިފާން ރޯވާ މާއްދާއެއް ކަމަށް މަޝްހޫރުވެފައިވާ މާއްދާއެކެވެ.

އެމްނެސްޓީގެ މި ތުހުމަތަކަށް އިސްރާއީލުން އަދި ފާޅުގައި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެގައުމުން ބުނަމުންދަނީ، ދާދި ފަހުން ލުބްނާނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުﷲގެ ތަންތަނަށް ކަމަށާއި، އެތަންތަނަށް ދިނީ މިސައިލް ހަމަލާތަކެއް ކަމަށެވެ.

މި ހޯދުންތަކުގެ ސަބަބުން، އިސްރާއީލުން ސަރަހައްދީ އޮޕަރޭޝަންތަކުގައި މާބޮޑަށް އަދި ގާނޫނާ ޚިލާފަށް ބާރުގެ ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އޮކްޓޯބަރު މަހު 7ން ފެށިގެން ފަލަސްތީނުގެ އަވަށްތަކަށް ދެމުންދާ ހަމަލާތަކުގައި 8،000ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، އެ ހަމަލާތައްވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ދުނިޔެއިޒްރޭލްޣައްޒާއެމްނެސްޓީ އިންޓަނޭޝަނަލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް