Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސްގެ ލީޑަރަކު މަރާލިކަމަށް ބުނުން

ހަމާސްގެ އިސްކޮމާންޑަރަކު ޣައްޒާގައި މަރާލައިފިކަމަށް އިސްރާއީލުން ބުނެފި

31 އޮކްޓޯބަރު 2023 | އަންގާރަ 09:31

ހަމާސްގެ 200 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 31 އޮކްޓޯބަރު 2023 | އަންގާރަ 09:31
ހަމާސްގެ ލީޑަރުން މަރަމުން ދާމަކަށް އިސްރާއީލުން ބުނިނަމަވެސް ހަމާސްއިން އޭގެ ތަފްޞީލެއް ނުދޭ

ހަމާސްގެ ލީޑަރުން މަރަމުން ދާމަކަށް އިސްރާއީލުން ބުނިނަމަވެސް ހަމާސްއިން އޭގެ ތަފްޞީލެއް ނުދޭ

އިއްޔެއާއި ރޭ އިސްރާއީލް ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަމާސްގެ އިސް ކޮމާންޑަރަކު މަރާލެވިއްޖެކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދާދި ފަހުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ހަމާސްގެ އިސް ކޮމާންޑަރެއް މަރާލާފައިވާ ކަމަށެވެ. އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ބެއިޓް ލަހިއާ ބެޓަލިއަންގެ ކޮމާންޑަރު ނަސީމް އަބޫ އަޖިނާ އަށް އަމާޒުކޮށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި އަބޫ އަޖިނާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ބޮޑު ހަމަލާގައި އެހީތެރިވެދީފަ އެވެ. އޭނާ އަކީ މީގެ ކުރިން ހަމާސްގެ ވައިގެ އަސްކަރިއްޔާގެ ޕްރޮގްރާމުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށާއި ހަނގުރާމަވެރި ޖަމާއަތަށް ޑްރޯން އާއި ޕެރަގްލައިޑަރު އުފެއްދުމުގައި އެހީތެރިވެދެއްވި ކަމަށް އިސްރާއީލުން ބުންޏެވެ.

މިއީ ޣައްޒާގައި ހަމާސްގެ ލީޑާޝިޕާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް އިސްރާއީލުން ކުރިއަށް ގެންދާ ބޮމުގެ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަމާސްގެ 200 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ކޮމާންޑަރުންނާއި ހަނގުރާމަވެރިން ގެއްލުނުކަން ހަމާސް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވީ ހަމާސްގެ ކިތައް ލީޑަރުންކަމެއް ނުބުނެއެވެ. އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާއިން މަރުވި ޢާއްމުންގެ އަދަދުވަނީ 8000ން މައްޗަށް އަރާފައެވެ.

އިސްރާއީލުން ބުނަމުން ދަނީ ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ 1400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާތީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ އިސްރާއީލުން އާބާދީ ބޮޑު ޣައްޒާއަށް ވައިގެ ހަމަލާތައް އެކަށީގެންވާ ހާލަތަށްވުރެ ބާރު މިނުގައި ކަމަށެވެ.  

އދ. އިންނާއި، ބައިނަލް އަޤުވާމީ މުޖުތަމައުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމާއެކު، މީހުން މަރުވާ މިންވަރު އިތުރުވަމުންދާއިރު، ދެބަސްވުންތައް ދަނީ ހިނގަމުންނެވެ. ހަމާސްގެ ލީޑަރުން މަރަމުންދާކަމަށް އިސްރާއީލުން ބުނަމުން އަންނައިރު، ފަލަސްތީނުގެ ޢާއްމު ރައްޔިތުން ޝަހީދުކުރަމުންދާތީ ގިނަބައެއްގެ ފާޑުކިޔުން އިސްރާއީލަށް ވަނީ ރައްދުވެފައެވެ.

ޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް