Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ.ގެ ސަލާމަތީ މަޖިލިސްގެ އައު ޤަރާރެއް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އައު ގަރާރެއް ސަލާމަތީ މަޖިލީހުން ޑްރާފްޓް ކުރަނީ

އދ.ގައި އެމެރިކާ އިން ފަލަސްތީނާ މެދު ގެންގުޅޭ ވިސްނުން ބަދަލު ކުރުމަކީ އަދިވެސް އުނދަގޫ މަސައްކަތެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 31 އޮކްޓޯބަރު 2023 | އަންގާރަ 02:15
އދ. ސެކިއުރިޓީ ކައުންސިލް

އދ. ސެކިއުރިޓީ ކައުންސިލް

ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމުގެ އައު ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުގައި ޑްރާފްޓް ކުރަން ފަށައިފި އެވެ.

ނަމަވެސް އެމެރިކާގެ ތާއީދު ހޯދުމަކީ އަދިވެސް މިކަމަށް އޮތް ގޮންޖެހުމެކެވެ.

އދ.ގެ ހެޑްކުއާޓާސްއިން މައުލޫމާތުދެމުން އަލްޖަޒީރާގެ ނޫސްވެރިޔާ ކްރިސްޓެން ސަލޫމީ ބުނީ މިއީ މި ދަނޑިވަޅުގައި ކައުންސިލުން ކުރާ މިފަދަ ފަސް ވަނަ މަސައްކަތް ކަމަށެވެ. ޣައްޒާގައި މަދަނީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރުތައް ކަމާބެހޭ ފަރާތްތަކުން ދެމުން ދާއިރު މިފަދަ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ދަނީ އިތުރުވަމުންނެވެ.

ކައުންސިލްގެ ހުރިހާ މެންބަރުން މިޤަރާރަށް ތާއީދު ކުރައްވާއިރު، މިދިޔަ ހަފުތާގައި އެސެމްބްލީއިން ގޮވާލި ގޮވާލުމާ ދެކޮޅު ހަދަނީ ހަމައެކަނި އެމެރިކާ އެވެ. މިފަދަ ޤަރާރެއް ފާސްކުރުމުގެ ބަދަލުގައި ވޮޝިންޓަނުން ބޭނުންވަނީ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ މީހުންގެ ވާހަކަ ދައްކަން އައު ގަރާރެއް ހުށަހެޅުމަށެވެ.

މިވަގުތަށް އެމެރިކާއިން ވަކާލާތު ކުރަނީ ސީދާ ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެމެރިކާގެ އދ. މަންދޫބު ބުނެއެވެ. ނަމަވެސް މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ވަގުތުން ވަގުތަށް ހަމަނުޖެހުން ހުއްޓާލުމަށް ގޮވާލާ އަޑުތައް ދަނީ އިތުރުވަމުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 8،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ސަލޫމީ ބުނީ އެންމެ ފަހުގެ ޑްރާފްޓް ވޯޓަށް އެހުމަށް ތައްޔާރުވެފައިވާ ކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުންތައް ހިނގަމުންދާ ކޮންމެ ދުވަހަކާއެކު ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އަޑުތައް އދ.ގައި ދަނީ ގަދަވަމުން ކަމަށް އޭނާ ބުނެއެވެ.

އދ.ގައި އެމެރިކާ އިން ފަލަސްތީނާ މެދު ގެންގުޅޭ ވިސްނުން ބަދަލު ކުރުމަކީ އަދިވެސް އުނދަގޫ މަސައްކަތެއް ކަމަށް ބެލެވެ އެވެ. އެކަމަކު ކައުންސިލްގެ އިތުބާރު ބިނާވެފައި އޮންނަނީ ލޭ އޮހޮރުވުން ހުއްޓުވުމަށް އެއްބަސްވުމެއް ހޯދުމުގެ މައްޗަށެވެ.

ދުނިޔެޣައްޒާއެކުވެރި ދައުލަތްތައް (އ.ދ.)އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު