Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑިއޯ 2023

ތާރީޚީ ކާމިޔާބީއެއް، ބެލޮންޑިއޯ އެވޯޑް 8 ވަނަ ފަހަރަށް މެސީ އަށް

އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި ބެލޮންޑިއޯ ހާސިލްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 22:17
ބެލޮންޑިއޯ އެވޯޑާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ބެލޮންޑިއޯ އެވޯޑާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވައި ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ 8 ވަނަ ފަހަރަށް ހޯދައިފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މެސީ އަށް ބެލޮންޑިއޯ އެވޯޑު ހަވާލު ކުރީ އޭނާ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގެ އެއް ހިއްސާދާރު، އަދި އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ.

މިއީ މެސީ މި އެވޯޑު ހާސިލް ކުރި އަށް ވަނަ ފަހަރެވެ. އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި ބެލޮންޑިއޯ ހާސިލްކޮށްފަ އެވެ. އޭނާ އަކީ އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާ އެވެ. މެސީ އަށް ފަހު ދެން އެންމެ ގިނައިން މި އެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ އެވެ. އެއީ ފަސް ފަހަރު އެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑު މެސީ ހާސިލްކުރީ ސްޕެއިންގެ ރޮޑްރީ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ނޯވޭގެ އާލިން ހާލަންޑް، އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އާއެކު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެސީ އެވެ. ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެސް މެސީ އެވެ. ކުރީގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު މިދިޔަ ސީޒަނުގައި މެސީ ވަނީ ފްރާންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން މިއަހަރުގެ އަންހެން ބެލޮންޑިއޯ ހާސިލްކޮށްފައި ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އައިޓާނާ ބޮންމާޓީ އެވެ. އޭނާ މި އެވޯޑު ހޯދީ އޭނާއާ އެއް ކުލަބަކަށް ކުޅެމުން އަންނަ ސަލްމާ ޕަރަލުއޭލޯ، ފްރިޑޯލިނާ ރޮލްފޯ އަދި ޗެލްސީގެ ސަމް ކިއެރާއާ ވާދަކޮށެވެ. މިއީ ސްޕެއިން އަށް ނިސްބަތްވާ ކުޅުންތެރިޔަކު ޖެހި ޖެހިގެން އަންހެން ބެލޮންޑިއޯ ހޯދި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން ދެ ފަހަރު ވެސް އަންހެން ބެލޮންޑިއޯ ހާސިލްކޮށްފައި ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އެލެކްސިއާ ޕުޓޭޔާސް އެވެ.

ބަލޮންޑޯ އެވޯޑްއިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު