Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރާނަން: އިންތިޚާބީ ރައީސް

އައު ސަރުކާރުން މާލޭ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 03:49
އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފިނަމަ އެ ގެންދިޔަ ހިސާބަކުން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ އައު ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް މަޝްރޫއަކީ ގެދޮރުވެރިކުރުވުމުގެ މަޝްރޫއު ކަމަށެވެ. އެގޮތުން ގެދޮރަށް އެދި ހުށަހަޅާފައިވާ އެއްވެސް ފޯމެއް އަލުން ހުށަހަޅަންޖެހޭ ގޮތަކަށް ކަންތައްނުކުރާނެ ކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ދެއްވިއެވެ. ނަމަވެސް ކަންކަން ބައްޓަންކުރަން ބޭނުންވަނީ މިހާރަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ވާގޮތަށް އިންސާފުވެރިކޮށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ފުށިދިއްގަރު ފަޅުގެ މަޝްރޫއު ފުރަތަމަ ދެތިން މަސްތެރޭގައި އަމަލީ ފަށާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މިދައުރުގައި ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް، ދާއިމީ ލިސްޓު ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. ގިނަ ބަޔަކު ފޯމް ހުށަހަޅާފައިވާތީ، ފޯމްތައް އިވެލުއޭޓް ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، މިދައުރުގެ ތެރޭގައި އެމަސައްކަތް ނިންމޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމާއި، ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައިވެއެވެ.

އިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު ބިންވެރިޔާ ސްކީމްގެދޮރުވެރިޔާ ސްކީމްބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
16 ނޮވެމްބަރު 2025

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
25 އޮކްޓޯބަރު 2025

"މި އަހަރަށް ކަނޑައެޅީ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަޖެޓު، އަހަރު ނިމެނީ އެންމެ ފްލެޓެއްގެ ވެސް ބިންގާ ނޭޅި"

25 އޮކްޓޯބަރު 2025
"މި އަހަރަށް ކަނޑައެޅީ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަޖެޓު، އަހަރު ނިމެނީ އެންމެ ފްލެޓެއްގެ ވެސް ބިންގާ ނޭޅި"
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު