Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވީއައިއޭގެ މަޝްރޫއު

ވީއައިއޭގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައި، ޚާއްސަ ކޮމެޓީއެއް އެކުލަވާލަނީ

ރައީސް އޮފީހުގައި އެކުލަވާލާ މި ކޮމިޓީގެ ޗެއާއަކަށް ހުންނަވާނީ ޑރ.މުއިއްޒު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 08:39
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތް އަވަސް ކުރުމަށް ރައީސް އޮފީހުގައި ވަކި ކޮމިޓީއެއް އެކުލަވައިލާނެ ކަމަށާއި، އަންނަ އަހަރުގެ ސެޕްޓެންބަރު މަހަށް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަޝްރޫއު އަވަސްކުރަންޖެހޭ ކަމަށާއި، އެ މަޝްރޫއު އަވަސް ކުރުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށެވެ. އަދި ރައީސް އޮފީހުގައި އެކުލަވާލާ މި ކޮމިޓީގެ ޗެއާއަކަށް ހުންނަވާނީ އެމަނިކުފާނު ކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ މި ކޮމިޓީން ކޮންމެ ދުވަހަކު ވެސް ވީއައިއޭގެ މަސައްކަތް ބަލާނެ ކަމަށާއި، މަޝްރޫއާއި ގުޅިގެން ނަގަންޖެހޭ ފިޔަވަޅުތައް ވަގުތުން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ. އަދި ކޮމިޓީގައި ކަމާ ބެހޭ ހުރިހާ އިސްވެރިންނާއި ސްޓޭކް ހޯލްޑަރުން ތިއްބަވާނެ ކަމަށެވެ.

ވީއައިއޭ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާތަނެއްކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ 2025 ޖުލައިގެ ކުރިން މަޝްރޫއު ނިންމަން ބޭނުންވާ ކަމަށެވެ. ލިބިފައިވާ މައުލޫމާތުތަށް ބަލާއިރު، މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހު ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެންމެ ލަސްވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަޝްރޫއު ނިންމުމަށް އަމާޒު ހިފައިވާ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ އެއާލައިނަށް އައު މަތިންދާ ބޯޓުތަކެއް ގެނައުމަށް އިންވެސްޓްކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރާ މަސައްކަތް ފުޅާކުރައްވާނެ ކަމަށާއި، ޗައިނާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރަމުން ދަނީ ސައުދީ އަރަބިއްޔާގެ، ސައުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްގެންނެވެ. ބިން ލާދިން ގްރޫޕަށް އައު ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ. މީގެ އިތުރުން 16 އޮކްޓޫބަރު 2023 ވީ ހޯމަ ދުވަހު ރާއްޖެއަށް ސައުދީ އަރަބިއްޔާއިން 2.3 ބިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމާމެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި މި 2.3 ބިލިއަން ރުފިޔާގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހޭދަކުރަން ހަމަޖެހިފައިވަނީ 100 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވީއައިއޭ އެއަރޕޯޓްއިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

03 ސެޕްޓެމްބަރު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު