ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 23:52
ޣައްޒާގެ ޝިފާ ހޮސްޕިޓަލުގެ ތެރޭގައި
ޣައްޒާގެ ޝިފާ ހޮސްޕިޓަލުގެ ތެރޭގައި
ރޮއިޓާސް
ޣައްޒާ
ދެބަސް ވާނެ ޖާގައެއް ނެތް: ޣައްޒާގެ ޑޮކްޓަރުން މިއަދު މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19ގެ ހާލަތަށްވުރެ ނާޒުކު ފައްތަރެއްގަ!
 
އައިސީޔޫގަ މިހާރު ތިބި ހުރިހާ ޕޭޝަންޓުންނަކީވެސް ޔަހޫދީންގެ އަނިޔާވެރި ޖަރީމާތަކުގެ ޝިކާރައަކަށްވި މީހުން
 
ޒަޚަމްވެގެން އަންނަ މީހުންނަށް ފަރުވާ ދިނުމަށް، މި ހޮސްޕިޓަލުގަ މިހާރު އެންމެ ހުސް އެނދެއްވެސް ނެތް
 
މިހާރު އަހަރަމެން މި ބަލައިގަންނަނީ، ޒަޚަމްވެފައި ތިބި މީހުންގެ ތެރެއިން ސަރޖަރީ ބޭނުންވާ މީހުން އެކަނި

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ މުށުތެރޭގައި ފިއްތާލާފައި އޮތް ޣައްޒާއަކީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ޤަޠުލުއާންމު ފެށުމުގެ ކުރިންވެސް އިންތިހާއަށް ބިކަވެފައި އޮތް ސިޓީއެކެވެ. އިޒްރޭލުގެ ފިއްތުންތަކާއި، އަމާޒު ކުރަމުން ދާ ސިލްސިލާ ޙަމަލާތަކުގެ ސަބަބުން، ޣައްޒާ އޭރުވެސް ވެފައި އޮތީ ދުނިޔޭގައި އޮތް އަނގަމަތިހާ، އެންމެ ބޮޑު ޖަލަށެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން ދާ ޣައްޒާގެ އާބާދީގެ ދެބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ އިންތިހާ ފަޤީރު ޙާލުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދާ މީހުންނެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް މަޚްރޫމުވެފައި ވާ ޙާލުގައެވެ.

2007 ވަނަ އަހަރު ފަލަސްޠީނުގައި ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކަށްފަހު ޣައްޒާގެ ކޮންޓްރޯލް ނަގާފައި ވާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ، މި ފަހުގެ ތާރީޚުގައިވެސް އިންސާނިއްޔަތާ ދެކޮޅަށް ހިންގާ އެންމެ ލާއިންސާނީ ޤަޠުލުޢާންމު، ޔަހޫދީން ފެށިތާ 3 ހަފުތާ ފާއިތުވެދިޔައީއެވެ. ބައިނަލްއަޤުވާމީ ލީޑަރުންނާއި މުޖުތަމަޢަށް ކުރެވުނު ހަމަ އެއް ކަމެއްވެސް ނެތެވެ. ޛަރޫރީ ޙައްޤުތައް ނިގުޅައިގަތުމުގެ އިތުރަށް، އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤުވެސް ހޯދައިދެވުނީއެއް ނޫނެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި ޔަހޫދީން، ޣައްޒާއަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން އެންމެ ބޮޑަށް އިނދަޖެހިގެން ދިޔައީ ޣައްޒާގެ ޞިއްޙީ ނިޒާމެވެ. ހަނގުރާމަތަކުގައި ބޭނުން ކުރުމުގެ ހުއްދަވެސް ދީފައި ނުވާ ހަތިޔާރު ބޭނުންކޮށްގެން، ނަޞްލެއް ދޮވެލުމުގެ ޤަޠުލުޢާންމު ފާޅުގައި ހިންގަމުން ދާއިރު، އަނިޔާ ލިބެމުން ދާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމެއް މިއަދު ޣައްޒާގައި ނެތެވެ. ހޮސްޕިޓަލުގެ ޢާންމު އެނދުތަކާއި، ޚާއްޞަ ފަރުވާ ދޭން ޖެހޭ މީހުން ބައިތިއްބާ، އައިސީޔޫގެ އެނދުތައްވެސް މިހާރު އޮތީ ފުރިފައެވެ. ހޮސްޕިޓަލަށް މިހާރު ބަލައިގަންނަމުން ދަނީ، ކުރިޓިކަލް ކޭސްތަކެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރަން ކޮންމެހެން ޖެހޭ ކޭސްތައް އެކަންޏެވެ.

އަހަރަމެން ކުރިން ބަލަހައްޓަމުން އައި ޕޭޝަންޓުންތަކެއް، ހަނގުރާމައެއްގެ ތެރޭގަ ޑިސްޗާޖުކޮށްލަން މަޖުބޫރުވީ. މިހާރު އަހަރަމެން މި ބަލައިގަންނަނީ، ޒަޚަމްވެފައި ތިބި މީހުންގެ ތެރެއިން ސަރޖަރީ ބޭނުންވާ މީހުން އެކަނި. ޒަޚަމްވެގެން އަންނަ މީހުންނަށް ފަރުވާ ދޭކަށް، މި ހޮސްޕިޓަލުގަ މިހާރު ނެތް ހުސް އެންމެ އެނދެއްވެސް. އައިސީޔޫގަވެސް ހުސް އެނދުގަނޑެއް ނެތް
ހަމޫދާ ޝާތު؛ ޣައްޒާގެ އައިސީޔޫ ޑޮކްޓާރެއް

އައިސީޔޫ ޑޮކްޓަރެއް ކަމަށް ޑރ، ހަމޫދާ ޝާތު ވިދާޅުވީ، ޒަޚަމްވެ، އަނިޔާ ލިބިގެން އަންނަ އިތުރު ޕޭޝަންޓުންނަށް ޚިދުމަތް ދެވޭނެ ޤާބިލުކަމެއް ދެން ނެތް ކަމަށެވެ. އައިސީޔޫގެ ހުރިހާ އެނދެއް ފުރިފައި ވާ ކަމަށެވެ.

އައިސީޔޫގަ މިހާރު ތިބި ހުރިހާ ޕޭޝަންޓުންނަކީވެސް ޔަހޫދީންގެ އަނިޔާވެރި ޖަރީމާތަކުގެ ޝިކާރައަކަށްވި މީހުން. ހަމަ އެންމެ ހުސް އެނދެއްވެސް ނެތް. ހުރިހާ އެނދެއް ފުރިފަ. އައިސީޔޫގެ އެހެން ކޮޓަރިތައްވެސް ހުޅުވާލަން މަޖުބޫރުވި، އެކަމަކު އެ ކޮޓަރިތަކަކީ އައިސީޔޫއަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފުރިހަމަވެފަ ހުރި ތަންތަނެއްވެސް ނޫން. ވެންޓިލޭޓަރުތަކާއި، ޕޭޝަންޓުންގެ ޙާލު މޮނިޓަރ ކުރަން ބޭނުން ކުރާ މެޝިން ކަހަލަ ޢާލާތްތައްވެސް އެހާ ފުރިހަމަ ކޮޓަރިތަކެއް ނޫން
ހަމޫދާ ޝާތު؛ ޣައްޒާގެ އައިސީޔޫ ޑޮކްޓާރެއް

ޣައްޒާއަށް ބޭނުންވާ ހަކަތައިގެ ސަޕްލައިއަށްވެސް އިޒްރޭލުން ހުރަސް އަޅާފައި ވާއިރު، ހޮސްޕިޓަލުތަކަށް ބޭނުންވާ ޖަނަރޭޓަރުތަކަށް އަޅާނެ ތެޔޮ ފޮދެއް ލިބުންވެސް މިހާރު އެހާމެ ދަތިވެއްޖެއެވެ. އެކަށީގެންވާ މިންވަރެއްގައި ކަރަންޓުގެ ހަކަތަ ލިބެމުން ނުދިއުމުގެ ސަބަބުން، ކުރިޓިކަލް ޙާލުގައި ތިބި ބަލި މީހުންގެ ފަރުވާއަށް ކޮންމެހެން ބޭނުން ކުރަން މެޝިންތައް ހުއްޓިދާނެ ކަމުގެ އިންޒާރުވެސް ޑޮކްޓަރުން ގެންދަވަނީ ދެއްވަމުންނެވެ. އެގޮތުން، އުފަންވާ ތުއްތު ކުދިންނަށް ޚާއްޞަކޮށްފައި ވާ އިންކިއުބޭޓަރުތައްވެސް ހުއްޓިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ. އެހެންވެއްޖެނަމަ، އިޒްރޭލުން ހިންގަމުންދާ ޤަޠުލުޢާންމުގެ ޝިކާރައަކަށް ވާ މަޢުސޫމު ފުރާނަތަކުގެ ލިސްޓު އަނެއްކާވެސް ދިގުވީއެވެ.

ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސްގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަކީ ޢުދުވާންތަކުގައި އެންމެ ބާރު ބޮޑުވެފައިވާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް މިއަދު މަސައްކަތް ކުރަން މަޖުބޫރުވެފައި ވަނީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ކާރިޘާ ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ތަޙައްމަލު ކުރި ވަރަށް ވުރެ އިންތިހާ ދަތި ޙާލެއްގައެވެ. މިއީ ދެބަސްވާނެ ޖާގައެއް ނެތް ޙަޤީޤަތެވެ.

ހަނގުރާމަގަނޑުގެ ތެރޭގަ، އަހަރަމެންނަށް މިއަދު ކުރިމަތިލާން ޖެހިފަ މިއޮތް ދަތިކަމުގެ ތެރޭގަ، އެތެރެހަށީގެ ބަލިތަކާއި، ހިތުގެ ބައްޔަށް ފަރުވާ ކުރާ ޕޭޝަންޓުން ބަލައިގަނެވޭކަށް ނެތް. ސަރޖަރީ ކޭސްތައް އެކަނި މި އެޑްމިޓް ކުރަނީ. އެހެންވެ، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވާނެ ގޮތެއް ބުނާކަށް ނޭނގެ
ހަމޫދާ ޝާތު؛ ޣައްޒާގެ އައިސީޔޫ ޑޮކްޓާރެއް

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތުން ހިންގާ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރި ގޮތުގައި، ޚިދުމަތް ދެމުން ދިޔަ 40 މެޑިކަލް ސެންޓަރެއް ވަނީ ވަޤުތީ ގޮތުން ބަންދުކޮށްފައެވެ. ޞިއްޙީ ނިޒާމަށް ކުރަމުން ދާ ބާރު ބޮޑުވަމުން ދިއުމާ ގުޅިގެން ޚިދުމަތްތައް މެދުކަނޑާލާފައި ވާ މި ދަނޑިވަޅަކީ، ޔަހޫދީންގެ ޙަމަލަތައް، ކެނޑިނޭޅި އަމާޒުވަމުންދާ ދަނޑިވަޅެއްކަން ހަނދާން ނައްތާނުލާށެވެ.

ޣައްޒާގައި ހިންގާ ހޮސްޕިޓަލުތަކުގެ ތެރެއިން 3 ބައިކުޅަ 1 ބައި ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ވަޤުތީ ގޮތުން މެދުކަނޑާލާފައި ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ދީފައެވެ.

ވައިގެ ޙަމަލާތަކުގައި ޣައްޒާ ހަފުސްކޮށް، އެތައް ބައެއްގެ ފުރާނަ ދުއްވާލަމުގެ ޖަރީމާ އިޒްރޭލުން ހިންގަމުން ދާ އިރު ޣައްޒާ މިއަދު އޮތީ ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅުން ކެނޑިފައެވެ. މުޢާޞަލާތީ ޚިދުމަތުގެ ގޮތުންވެސް ޣައްޒާގެ މަޞްރަޙުން ހިލަމެއް ވުން ތަދުވެއްޖެއެވެ. މިއިން ކަމެއް، އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް، އަޑު އުފުލަމުން ދިޔަ 'ވަރުގަދަ' ޖަމިއްޔާތަކަށް ހަމަ ނުފެންނަނީތާއެވެ! ވަކި ބަޔަކު ދެ ފަހަރަކު ބަޑިއެއް ޖަހާއިރަށް، ޤަޠުލުޢާންމެއް ކަމަށް ނިންމާ، ބައިނަލްއަޤުވާމީ ކޯޓުތަކުގައި ދަޢުވާތައް ފަށާ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިފާޢަށް އަރާއިރު، އިޒްރޭލުން ހިންގަމުންދާ ނަޞްލު ދޮވެލާއި، ބިންތައް ފޭރިގަތުމުގެ ޤަޠުލުޢާންމާއި ޖަރީމާ، ހަމަ ނުފެންނަނީތާއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި