Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ދޭ ހަމަލާތައް

ޣައްޒާގެ އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ބިރުވެރިކަން އުފެދިއްޖެ

29 އޮކްޓޯބަރު 2023 | އާދީއްތަ 14:55

އެ ހޮސްޕިޓަލުގައި މިހާރު ވެސް 14،000 އެއްހާ މީހުން ހިޔާވަހިކަން ހޯދަމުންދޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 14:55
އިސްރާއީލުން ޣައްޒާގެ އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ދެމުންދާ ހަމަލާތައް

އިސްރާއީލުން ޣައްޒާގެ އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ދެމުންދާ ހަމަލާތައް

ޣައްޒާގެ އަލް ޤުދުސް ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށް އިސްރާއީލުން ދިން ބާރުގަދަ ވައިގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގެ ސަބަބުން މެޑިކަލް ސެންޓަރަށް ސީދާ ހަމަލާނުދިން ނަމަވެސް ގެއްލުންތަކާއި ބިރުވެރިކަން އުފެދިއްޖެއެވެ.

އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ދިރިއުޅޭ ޔުމްނާ އެލްސައިދު ބުނި ގޮތުގައި ބޮން ގޮއްވާލި އަޑު އޭނާގެ އަވަށަށް ވަރަށް ބާރަށް އިވިގެން ދިޔައެވެ. އަދި ހޮސްޕިޓަލުގެ ތެރޭގައި ތިބި ބަލި މީހުންގެ މެދުގައި ބިރުވެރިކަން ވަރަށް ބޮޑަށް އުފެދިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ހަމަލާތައް ސީދާ އަލްޤުދުސް ހޮސްޕިޓަލަށް ނުދިން ނަމަވެސް ހޮސްޕިޓަލްގެ ޑައިރެކްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްގެ ވަށައިގެން ބޮން އެޅުމުގެ ސަބަބުން ބަލި މީހުންނަށް ވަރަށް ބޮޑަށްއަސަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން އެ ހާލަތުގައި ހޮސްޕިޓަލުން  ނެރެން މަސައްކަތްކޮށްފިނަމަ ފުރާނައަށް ގެއްލުން ވެދާނެ ކަމަށެވެ.

އެ ހޮސްޕިޓަލުގައި މިހާރު ވެސް 14،000 އެއްހާ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ އިރު އޭގެ ތެރޭގައި ބަލި މީހުންނާއި އިންކިއުބޭޓަރު ތަކުގައިތިބި، ދުވަސް ނުފުރާ ވިހޭ ކުދިންނާއި އައިސީޔޫގައި ތިބި މީހުން ހިމެނެ އެވެ. އެމީހުން ބަދަލުކުރުމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ޑިރެކްޓަރު އަލްޖަޒީރާއަށް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އަންނައިރު، ހަމާސް އިން ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަންނަ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. ގާތްގަނޑަކަށް ތިން ހަފުތާގެ ހަނގުރާމައަށްފަހު ޣައްޒާގެ މެޑިކަލް އިންފްރާސްޓްރަކްޗަރ ފުނޑުފުނޑުވެފައިވާއިރު، ހޮސްޕިޓަލްތަކަށް ލިބޭ ގެއްލުންތަކަކީ ނުރައްކާތެރިކަން ބޮޑު ގެއްލުންތަކެކެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ 7،500 އަށް ވުރެ ގިނަ މީހުން ޣައްޒާގައި މަރުވެފައިވާތީ ރަނގަޅު ހިމާޔަތެއް ހޯދުމަށް އެދި ވަރަށް ގިނަ ބަޔަކު ދަނީ ހޮސްޕިޓަލްތަކަށް މިސްރާބު ޖަހަމުންނެވެ.

ޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް