Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ މަސައްކަތްތެރިން މަގުމަތިވެއްޖެ

ހުޅަނގު އައްސޭރީގެ އިޤްތިޞާދު ޕެރަލައިޒްވެ، މަސައްކަތްތެރިން މަގުމަތިވެއްޖެ

29 އޮކްޓޯބަރު 2023 | އާދީއްތަ 13:04

ރާމަاللهގެ ސެންޓްރަލް ބަސް ސްޓޭޝަނުގައި ތިބި ޑްރައިވަރުން ބުނަނީ ވިޔަފާރި ފުނޑުފުނޑުވެފައިވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 13:04
ހުޅަނގު އައްސޭރީގެ ރަމަالله ސިޓީގައި ޣައްޒާއާ އެއްބައިވަންތަކަން ޤާއިމުކުރުމަށް ބޭއްވި މުޒާހަރާގެ ކުރިން ފަލަސްޠީނުގެ ރައްޔިތުން ހުކުރު ނަމާދު ކުރަނީ

ހުޅަނގު އައްސޭރީގެ ރަމަالله ސިޓީގައި ޣައްޒާއާ އެއްބައިވަންތަކަން ޤާއިމުކުރުމަށް ބޭއްވި މުޒާހަރާގެ ކުރިން ފަލަސްޠީނުގެ ރައްޔިތުން ހުކުރު ނަމާދު ކުރަނީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިގްތިސާދު ހުއްޓުމަކަށް އައިސް މަސައްކަތްތެރިން މަގުމަތިވެއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުބަންދުކުރުމާއި ހަމަލާތައް ވަރުގަދަކޮށްފައި ވުމުގެ ސަބަބުން ފިހާރަތަކަށް ބޭނުންވާ ސާމާނު މަދުވެ، މަސައްކަތްތެރިން ވަޒީފާ އެއް ނެތި، ސިޓީތަކުގެ މެދުގައި ދަތުރުފަތުރު ކުރުންވެސް މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހަލަބޮލިވެފައިވާ ރާމަاللهގެ ސެންޓްރަލް ބަސް ސްޓޭޝަނުގައި ތިބި ޑްރައިވަރުން ބުނަނީ ވިޔަފާރި ފުނޑުފުނޑުވެފައިވާ ކަމަށެވެ. ބޮޑެތި ޗެކްޕޮއިންޓްތައް ބަންދުވެ މަގުތައް ނުރައްކާތެރިވަމުންދާތީ ޓެކްސީތަކާއި ބަސްތަކަށް ވަނީ އެ ސިޓީއަށްވަނުން ބަންދުވެފަ އެވެ.

އާންމުކޮށް ޣައްޒާ އާއި އިޒްރޭލުން އެތެރެކުރާ ބާވަތްތަކުގެ ދަތިކަން ވަނީ ހުޅަނގު އައްސޭރީގެ ފިހާރަތަކަށް، ހާއްސަކޮށް ކުރިމަތިވެފަ އެވެ. އިންވެންޓްރީ ދަށްވުމުން ވިއްކާ މިންވަރު 50 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އުފެއްދުންތައް އުފައްދާ ފިހާރައެއް ހިންގާ އިބްރާހިމް އަލް ކިލާނީ ބުނެ އެވެ. މުދާ އުފުލުމުގައި ހުރި ހުރަސްތަކާއެކު ފެކްޓްރީތަކުގެ އުފެއްދުންތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ ހަނގުރާމަފެށުނު ފަހުން އިސްރާއީލާއި އާބާދީތަކުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް ދެ ލައްކަ އެއްހާ މަސައްކަތްތެރިންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. މުސާރަ ނުލިބި، ގެއްލުނު ވިޔަފާރީގެ ސަބަބުން ފަލަސްތީނުގެ އިގްތިސާދަށް އެތައް ބިލިއަނުން ގެއްލުންވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ބަންދުތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ރައްޔިތުން ވަނީ ވިއްސިވިހާލިވެ ނުތަނަވަސް ކަމެއްގެތެރެއަށް ވެއްޓިފަ އެވެ. އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 7700 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު ޣައްޒާއާ އަޅާބަލާއިރު ރާމަﷲ އަށް އިގްތިސާދީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކަމަށް ފާހަގަ ކުރެވުނަސް އެތަންވެސް މިވަނީ ބަނގުރޫޓްވެފައި ކަމަށް އަމިއްލަ ފިހާރައެއްގެ ވެރިޔާ އަލްކިލާނީ ބުންޏެވެ.

ޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް