Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހަތުން އަރައި ރެއާލުން ބާސެލޯނާ ބަލިކޮށްފި، ވިދާލީ ބެލިންހަމް

29 އޮކްޓޯބަރު 2023 | އާދީއްތަ 02:50

ބެލިންހަމް ވަނީ މިހާތަނަށް ރެއާލަށް 13 ލަނޑު ޖަހައިދީފައި، އޭގެ ތެރެއިން 10 ލަނޑު ޖެހީ ސްޕެނިޝް ލީގުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2023 | އާދީއްތަ 02:50
ރެއާލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅުކުރަނީ

ރެއާލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ވާދަވެެރި ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، 2-1 އިންނެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މެންޗެސްޓަރ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ޖަރުމަނުގެ އިލްކާއީ ގުންޑޮގާން އެވެ. މިއީ ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ކުލަބުގެ ޖާޒީގައި ގުންޑޮގާން ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް 14 މެޗު ކުޅެދީފަ އެވެ. މެޗުގައި ބާސެލޯނާ އިން ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އަދި ބްރެޒިލްގެ ރަފީނިއާ ލައްވާ ކުޅުވައިފަ އެވެ. އެ ކުޅުންތެރިންނަށް ފުރުސަތު ދީފައި ވަނީ ބެންޗުންނެވެ.

ލީޑުގައި އޮވެ ބާސެލޯނާ އިން ކުޅެމުން ދަނިކޮށް، މެޗުގެ 68 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލަށް ބަދަލުވެ، މޮޅަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ބެލިންހަމް ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ރެއާލް މޮޅު ކޮށްދީފަ އެވެ. މިއީ ރެއާލަށް ބެލިންހަމް ޖަހައިދިން 13 ވަނަ ލަނޑެވެ. އޭގެ ތެރެއިން 10 ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖެހި ލަނޑުތަކެވެ. ދެ ވަނަ ލަނޑު ޖަހަން ބެލިންހަމް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ.

މޮޅާއެކު ރެއާލުން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 11 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ލިބެނީ 28 ޕޮއިންޓެވެ. ރެއާލް ކުރި ހޯދަނީ ލަނޑުންނެވެ. ރެއާލް އަތުން ބަލިވި ބާސެލޯނާ އޮތީ 24 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް މެޑްރިޑްޖޫޑް ބެލިންހަމް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް