Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސިޝަން މަރުހަލާ

ޓްރާންސިޝަން މަރުހަލާގައި އެއްބާރުލުން ނުލިބޭކަމަށް ބުނާނަމަ، އެއްބާރުލުން ނުލިބޭ މުއައްސަސާގެ ނަން ބުނަންޖެހޭ: މެންބަރު ޔާސިރު

ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2023 | ހޮނިހިރު 07:55
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

ޓްރާންސިޝަން މަރުހަލާގައި އެއްބާރުލުން ނުލިބޭކަމަށް ބުނާނަމަ، އެއްބާރުލުން ނުލިބޭ މުއައްސަސާގެ ނަން ބުނަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ޔާސިރު ވިދާޅުވީ، ރާއްޖޭގައި ތާރީޚުގައިވެސް ޓްރާންސިޝަން މަރުހަލާއެއްގައި ސަރުކާރަކުން އައު ސަރުކާރަށް މިހައި ފުރިހަމައަށް އެއްބާރުން ދޭ ފުރަތަމަ ފަހަރު ކަމަށެވެ. މާޒީއަށް ބަލާއިރު، މިފަދަ ގޮތަކަށް އެއްބާރުލުން ދީފައިނުވާކަމަށާއި، ނަމަވެސް މިސަރުކާރުގައި އައު ސަރުކާރުގެ މަސައްކަތްތައް ކުރުމަށް އައު އޮފީހެއް ގާއިމްކޮށްފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މަސައްކަތްކުރަނީ އަމާންއޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި، ނަމަވެސް ޓްރާންސިޝަން މަރުހަލާގައި ބައެއް މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްނުދޭ ކަމަށް ތުހުމަތުކުރާ ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްނުދޭ ކަމަށްވާނަމަ އެ މުއައްސަސާއެއްގެ ނަން ބުނަންޖެހޭ ކަމަށާއި، އެ މުއައްސަސާގެ ނަން ހާމަކުރުމާއެކު، ބޭނުންވާ މައުލޫމާތު ހޯދުމަށް އެމްޑީޕީގެ މެންބަރުންވެސް އެމަސައްކަތް ކުރާނެ ކަމަށެވެ.

ލިޔެކިއުންތައް ނައްތާލާކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި ޔާސިރު ވިދާޅުވީ، ބައެއް ބޭފުޅުން މައުލޫމާތު އޮޅޭ ގޮތަށް ވާހަކަދައްކަވަނީ ސިޔާސީގޮތުން ވަކި ކަމެއް ހާސިލްކުރެއްވުމަށް ކަމަށެވެ. ލިޔެކިއުންތަކެއް ނައްތާލާކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަށް ބަލައިލުމުން ވެސް، އެއީ ވަރަށް ދުވަސްވީ ލިޔުންތަކެއްކަން އެނގޭކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުން ދޭތެރެދޭތެރެއިން އެހެން ހުންނަ ބަންޑަލްތައް ނައްތާލާކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މުހިންމު ލިޔެކިއުންތައް އެހެން ނައްތާނުލާނެ ކަމަށާއި، އެކަމަށް ވަކި ޚާއްސަ އުސޫލުތަކެއް އޮންނަ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2024

"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"

06 ޑިސެމްބަރު 2024
"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"
06 ފެބުރުއަރީ 2024

މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު

06 ފެބުރުއަރީ 2024
މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު
23 ޑިސެމްބަރު 2023

ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު

23 ޑިސެމްބަރު 2023
ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު
20 ޑިސެމްބަރު 2023

މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު

20 ޑިސެމްބަރު 2023
މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު
10 ޑިސެމްބަރު 2023

ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު

10 ޑިސެމްބަރު 2023
ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު