Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މުހިންމު ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު: ޒަވީ

28 އޮކްޓޯބަރު 2023 | ހޮނިހިރު 05:47

މެޗުގައި އެ ކުޅުންތެރިން ބޭނުން ކުރާނީ އެންމެ ފަހު ވަގުތު ވެސް ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2023 | ހޮނިހިރު 05:47
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާގެ މުހިންމު ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ރެއާލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ، ފްރެންކީ ޑި ޔޯން، ޕެޑްރީ އަދި ޖޫލްސް ކޫންޑޭ ފަދަ ކުޅުންތެރިން ކުޅުމާ ދުރުގައި ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޒަވީ ބުނީ މީގެ ކުރިން ޓީމުގައި ނުހިމެނުނު ކުޅުންތެރިން އެނބުރި އައިސްފައިވާ ކަމަށެވެ. އެ ކުޅުންތެރިންގެ ޙާލަތު ފެންނަނީ ރަނގަޅަށްކަން ފާހަގަކޮށް ޒަވީ ބުނީ، އެލް ކްލެސިކޯ ކަހަލަ މުހިންމު މެޗުތަކުގައި އެ ކުޅުންތެރިން ބޭނުންވާ ކަމަށެވެ. ނަމަވެސް މެޗުގައި އެ ކުޅުންތެރިން ބޭނުން ކުރާނީ އެންމެ ފަހު ވަގުތު ވެސް ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު ކަމަށް ޒަވީ ބުންޏެވެ. އެހެންކަމުން ބާސެލޯނާ އިން ކުރިއަށް ގެންދާ އެންމެ ފަހުގެ ތަމްރީނަށްފަހު އެކަންކަން އިވެލުއޭޓު ކުރާނެ ކަމަށް ޒަވީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ރެއާލްގެ އެޓޭކު ވަރުގަދަ ވާނެއެވެ. ޚާއްސަކޮށް ރެއާލްމެޑްރިޑުގެ ޒުވާން ކުޅުންތެރިޔާ، ޖޫޑް ބެލިންހަމް މޮޅަށް ކުޅެމުން އަންނަ ކަމަށާއި، އޭނާ ހުއްޓުވުމަށް ބާސެލޯނާ އިން ރަނގަޅު ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި އިދިކޮޅު ޓީމުގެ އެޓޭކުތައް ހުއްޓުވައިގެން، ބާސެލޯނާ އަށް އެޓޭކު ކުރެވޭނެ އެވެ. ސަބަބަކީ އެ ފެންވަރުގެ ކުޅުންތެރިން ބާސެލޯނާގައި ތިބުން ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

މި ދެ ޓީމު ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާއިރު، ރެއާލް އޮތީ ކުޅުނު 10 މެޗުން 25 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ބާސެލޯނާ އަށް ލިބެނީ 24 ޕޮއިންޓެވެ. އެއް ވަނައިގައި ޖިރޯނާ އޮތީ އެއް މެޗު އިތުރަށް ކުޅެގެން 28 ޕޮއިންޓު ހޯދައިގެންނެވެ.

ސްޕެނިޝް ލީގުބާސެލޯނާޒަވީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް