Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނަށް އެހީވުން

ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ފިލްމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި ހަރަކާތުގެ ދަށުން ދިވެހި މަޝްހޫރު ފިލްމުތައް ވެސް އޮލިމްފަހުގައި އަޅުވާނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 27 އޮކްޓޯބަރު 2023 | ހުކުރު 12:49
ފަލަސްތީނަށް އެހީވުމަށް ފިލްމް އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތް

ފަލަސްތީނަށް އެހީވުމަށް ފިލްމް އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތް

ޔަހުދީ ޒަޔަނިސްޓު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފަންޑު ހޯދުމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަން އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.

"އިންސާނިއްޔަތައް ޓަކައި" ގެ ނަމުގައި ހުކުރު ދުވަހު ހަވީރު ފެށި މި ހަރަކާތްތައް ފަށައިފައިވަނީ އޮލިމްޕަސް ސިނަމާ ކުރިމަތިންނެވެ. މި އިވެންޓުގައި ރާއްޖޭގެ ފިލްމީ ދައިރާގެ އެކި ފަރާތްތަކުން ވަނީ ބައިވެރިވިވެފަ އެވެ.

މި އިވެންޓުގެ ދަށުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ. އެގޮތުން މި ހަރަކާތްތަކުގެ މައުލޫމާތު ދެއްވަމުން ފިލްމީ ތަރި މުހައްމަދު މަނިކު ވިދާޅުވީ އެ ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް ވެސް ފޯރުކޮށްދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގަައި މި ހަރަކާތުގެ ދަށުން ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދޭ އިރު، ދިވެހި މަޝްހޫރު ފިލްމުތައް ވެސް އޮލިމްފަހުގައި އަޅުވާނެ އެވެ. ފިލްމް ފެސްޓިވަލެއްގެ ގޮތުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން އަޅުވާ މި ފިލްމުތަކަށް ވަނުމަށް ޓިކެޓު ގަންނަން ޖެހޭއިރު، މި ޓިކެޓުތަކުން ލިބޭ ފައިސާ ވެސް ފޯރުކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. މި ހަރަކާތުގެ ދަށުން ވިއްކޭ ކޮންމެ ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

މީގެ އިތުރުން މި ހަރަކާތުގެ ދަށުން ހޮނިހިރު ދުވަހު ކުޑަކުދިންގެ ހަވީރެއް އޮންނަ އިރު، މި ހަރަކާތުގައި ކުޑަކުދިންގެ މުނިފޫހި ފިލުވާނެ ފަދަ އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ.

ފިލްމް އެސޯސިއޭޝަންގެ މި އިވެންޓުގެ ތެރެއިން ކުރިއަށްގެންދާ އެންމެ ބޮޑު ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އެސޯސިއޭޝަނުން ބައްވާ މަސް ދަތުރެވެ. މި އަންނަ މަހުގެ ތިން ވަނަ ދުވަހު އޮންނަ މި މަސް ދަތުރުގައި އެކި އޮފީސްތަކާއި އިދާރާތަކުން ބައިވެރިވަމުންދާއިރު، މި މަސް ދަތުރުގައި ބޭނޭ މަސްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ދިނުމަށް ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށެވެ.

ފަލަސްތީނުޣައްޒާމޯލްޑިވްސް ފިލްމް އެސޯސިއޭޝަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު