Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޢައްޒާގެ ހާލަތު

މުޅި ދުނިޔެއަށް އެންމެ ސުވާލެއް: ވިހާތާ 7 ދުވަސްވެސް ނުވާ ކުއްޖާ މަރާލަނީ... އެއީވެސް ޓެރަރިސްޓެއްތަ؟

ޣައްޒާގެ އެތައް ކުޑަކުދިންނެއް ދަނީ ކޮންމެ ދުވަހަކު ޝަހީދުވަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 11:18
ޣައްޒާގެ ހާލަތު

ޣައްޒާގެ ހާލަތު

ކަށުކަމާކެމީގެ ކަންކަމާއި ޖަނާޒާގެ ކަންކަމަކީ މިއަދު ޣައްޒާގައި އާއްމުވެފައި ވާ މަންޒަރެކެވެ. ކޮންމެ މަރަކާއެކު، ހިތަށް ކުރާ އަސަރު ވަނީ ހައްތަހާ ގަދައެވެ. މަރަކަށް ފަހު މަރެއްގެ ޚަބަރު ލިބެމުން ދާ އިރު، ބޮޑެއް ކުޑައެއް ނޯވެއެއެވެ.

"ޢުމުރުން އެންމެ 1 އަހަރުގެ ކުއްޖަކަށް ޙަމަލާ ދޭން ވީ ސަބަބަކީ ކޮބާ ހެއްޔެވެ؟... އޮކްޓޯބަރ 26 ވީ ބުރާސްފަތި ދުވަހު، ޣައްޒާގެ ޚާން ޔޫނިސްގައި ކުރިއަށް ދިޔަ ޖަނާޒާއެއްގައި ބައިވެރިވަމުން ދިޔަ މީހަކު ސުވާލު ކުރިއެވެ. އެއީ ޢާއިލާއެއްގެ މެންބަރުންތަކެއްގެ ޖަނާޒާއެވެ. އޭގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. ތެދެކެވެ. އިސްރާއިލަށް އެއްބާރުލުން ދޭ ހުޅަނގުގެ ބާރުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސިފަ ކުރާ ހަމާސްގެ ވަސް، މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ ޔަހޫދީން ދެމުންދާ ޢުދުވާންތައް، ކުޑަކުދިންނަށް އަމާޒު ކުރަނީ ކީއްވެ ހެއްޔެވެ؟ އެއީވެސް ޓެރަރިސްޓުންތޯއެވެ؟

ޙަސަން އަބޫ ނަޖީބުގެ އަޚު، މި ވަޤުތު އޮތީ އިންތިހާއަށް ކުރިޓިކަލް ޙާލަތެއްގައެވެ. ކުރިމަތިވަމުން ދާ ހުރިހާ ކަމަކަށް އޭނާ ކެތް ކުރި ކަމުގައި ވީ ނަމަވެސް، އިތުރު ތަކުލީފެއް އުފުލާނެ ހިތްވަރެއް މިއަދު އެ ހަށިގަނޑުގައެއް ނެތެވެ.

ނާޞިރު މެޑިކަލް ސެންޓަރގެ ބޭރުގައި މަޑުކޮށްގެން ތިބި މީހުންނަކީ ފަހަރެއްގައިވެސް ކުޅި ބަލަން ޖަމާވެ ތިބި ބައެއް ނޫނެވެ. ނޫނީ ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ތިބި ބައެއްވެސް ނޫނެވެ. އެއީ އިސްރާއީލުގެ ޢުދުވާންތަކުގައި މި ދުނިޔެ ދޫކުރި ޢާއިލާގެ މެންބަރުންގެ ޤަބުރުތައް ބަލައި، ހޮސްޕިޓަލު ކައިރިއަށް ގޮސް ތިބި ހިތްވަރުގަދަ ބަޠަލުންނެވެ.

އުތުރުގެ ސަރަޙައްދު ދޫކޮށް ދިއުމަށް އިސްރާއީލުން ދިން އިންޒާރާއެކު އެތައް ބަޔަކު، ޣައްޒާގެ ދެކުނަށް ބަދަލުވިއެވެ. އެއާއެކު އިސްރާއީލުގެ ޙަމަލާތައް ދެކުނުގައި ވަރުގަދަ ކުރަން ފެށިއެވެ. އިސްރާއީލުގެ ޙަމަލާތަކުގައި މަރުވި ޢާންމުންގެ ޙަޤީޤީ ޢަދަދުތައް ބުނާކަށް އަދި ނޭނގެއެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ހިންގަމުން ދާ ޤަޠުލުއާއްމުގައި ފުރާނަ ގެއްލި ދިޔަ މީހުންގެ ޢަދަދު މިހާރު ވަނީ 7000 އަށް ވުރެ މައްޗަށް އަރާފައެވެ.

އޮކްޓޯބަރ 25 ވަނަ ދުވަހުން ފަށައިގެން ޚާން ޔޫނިސްއަށް ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. ޣައްޒާގެ ދެކުނުގައި، މިޞްރުގެ ބޯޑަރާ އެންމެ 10 ކިލޯމީޓަރު ދުރުގައި އޮންނަ ޚާން ޔޫނިސްއަށް އިޒްރޭލުން ދިން އެންމެ ޙަމަލާއެއްގައިވެސް، އާންމުން ދިރިއުޅޭ ގޮތަށް ހަދާފައި ހުރި އެތައް ޢިމާރާތެއް ވަނީ ބިމާހަމަކޮށްފައެވެ.

ދެކުނުން އުތުރަށް ބެލި ކަމުގައި ވީ ނަމަވެސް ޣައްޒާގެ ރަށްވެހިންނަށް މިއަދު ޙިމާޔަތް ލިބޭނެ އެންމެ ހިޔާވައްސެއްވެސް ޣައްޒާގައި ނެތެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ހަނގުރާމަ ގަދަ ކުރަން ފެށުމާއެކު، އެ ސަރަޙައްދު ނުވަތަ ޤައުމުތައް ދޫކޮށް ދުރު ހިސާބުތަކަށް މީހުން ހިޖުރަ ކުރުމަކީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް ޣައްޒާގެ ރަށްވެހިން ތިބީ ޔަހޫދީން ކިތަންމެ ވަރެއް ކުރިއަސް، ކޮންމެ އަނިޔާއެއް ދިނަސް، އަމިއްލަ ފަސްގަނޑު ދޫކޮށްނުލާނެ ކަމުގެ ވަރުގަދަ ޢަޒުމުގައެވެ.

ޣައްޒާގެ އުތުރުގައި ހިންގާ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ޙަމަލާ އަމާޒުވީ ގެއިންވެސް އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މަންމައަކާއި އޭނާގެ 3 އަންހެން ދަރިންގެ އިތުރުން ތުއްތު ތުއްތު ފިރިހެން ދަރިފުޅުވެސް މިއަދު މި ދުނިޔެއަކު ނެތެވެ.

4 ދަރިން މި ދުނިޔެއާ ވަކިކޮށްލިކަމުގެ ފުން ހިތާމަ ކުރަމުންދާ ބައްޕަ ބުނި ގޮތުގައި، އޭނާގެ މައިންބަފައިންނަކީ 1948 ވަނަ އަހަރު އިސްރާއީލުން ހިންގި ޖަރީމާގައި އަމިއްލަ ގެދޮރުން ނެރެ އެއްލާލެވުނު ބައެއް ކަމަށެވެ. ނަމަވެސް، އޭނާއަކީ ކޮންމެ ގޮތެއް ހެދި ކަމުގައި ވީ ނަމަވެސް، އެފަދަ ކަމެއް ތަހައްމަލު ކުރާނެ މީހެއް ނޫން ކަމަށް އެ ބައްޕަ ބުންޏެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮންނަ ޣައްޒާގައި ދިރިއުޅެމުންދާ 2.3 މިލިއަން މީހުންގެ ތެރެއިން 1.4 މިލިއަން މީހުންނަކީ މިއަދު ގެދޮރު ނެތް މީހުންނެވެ. އިސްރާއީލުގެ ޢުދުވާންތަކަށް 3 ހަފުތާ ވާން ދާ އިރު، 'ހަރުކަށި ޢިބާރާތުން ކުށްވެރި ކުރުން' ފިޔަވާ ބައިނަލްއަޤުވާމީ ލީޑަރުންނަށް އެޅުނު އެއްވެސް ފިޔަވަޅެއް ފެންނާކަށް ނެތެވެ. ތެދެކެވެ. ޣައްޒާގެ ރަށްވެހިންނަށް ބޭނުންވާ އިންސާނީ އެހީގެ ކޮންމެވެސް މިންވަރެއް މިއަދު އެބަ ޣައްޒާއަށް އެތެރެ ކުރެވެއެވެ. ނަމަވެސް، އެއީ ޔަހޫދީން ހިންގަމުންދާ ޤަޠުލުއާއްމު ހުއްޓުމަކަށް ގެނައުމާ އެއްފަދަ ކުރެވޭނެ ކަމެއް ނޫންކަން ޤަބޫލު ކުރަން ޖެހެއެވެ.

ޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު