Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާއިން ޝަހީދުވަމުންދާ މީހުންގެ އަދަދު ހާމަކުރު

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވަމުންދާ މީހުންގެ އަދަދުތައް ހާމަކުރަނީ ރަނގަޅަށް: އދ.

ބައިޑެން ވިދާޅުވީ ޝަހީދުވާ ކަމަށް ބުނާ މީހުންގެ އަދަދުތައް ގަބޫލުކުރަން ދަތިކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 09:41
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 7000ށް ވުރެ ގިނަމީހުން ވަނީ ޝަހީދުވެފައި

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 7000ށް ވުރެ ގިނަމީހުން ވަނީ ޝަހީދުވެފައި

އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވަމުންދާ މީހުންގެ އަދަދުތައް ޣައްޒާގެ އޮފިޝަލުން ހާމަކުރަމުންދަނީ ރަނގަޅަށް ކަމަށް އދ.ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެ ހިސާބުތައް ރަނގަޅު ކަމަށް އދ.އިން ބުނެފައި މިވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި މަރުވި މީހުންގެ އަދަދުތަކާ މެދު ސުވާލު އުފައްދަވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ދާދި ފަހުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމްޢިއްޔާގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވީ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަކީ ތާރީޚީ ގޮތުން އިތުބާރު ކުރެވޭ ތަފާސްހިސާބުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ލަޒާރީނީ ވިދާޅުވީ އދ.ގެ އެނަލިސިސްއަކުން މުޅި ޣައްޒާގެ އާބާދީގެ ތެރޭގައި މަރުވި މުވައްޒަފުންގެ ރޭޝިއޯއާ އަޅާކިޔާއިރު، އެފަދަ އިންސައްތައެއް ފެނިފައިވާ ކަމަށެވެ. މިކަމުން އެނގެނީ މަރުވި މީހުންގެ އަދަދުތައް ސައްހަ ކަމަށް ބެލެވޭ ކަމަށެވެ.

ފަލަސްތީނުގެ 7،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ޣައްޒާގައި ހަމާސްގެ އޮފިޝަލުން ރިޕޯޓްކޮށްފައިވާ އަދަދުތަކާ މެދު އިތުބާރު ނެތް ކަމަށް ބުދަ ދުވަހު އެމެރިކާގެ ރައީސް ބައިޑެން ވަނީ ވިދާޅުވެފަ އެވެ. 

ޔޫ.އެން.އާރް.ޑަބްލިއު.އޭ އިން ވަނީ މަރުވާ މީހުންގެ ޢަދަދަކީ ފަތުރަމުންދާ ޕްރޮޕަގެންޑާއެއް ކަމަށްބުނެ ޝައްކު އުފްދާފައެވެ.  ހިއުމެނިޓޭރިއަން އެޖެންސީން ދަނީ ޣައްޒާގައި އެތައް ލައްކަ ބަޔަކަށް ޚިދުމަތްދޭ ސްކޫލްތަކާއި ކްލިނިކްތަކާއި އެހީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ހަނގުރާމައިގެ ދުވަސްވަރު ޓްރެކިންގައި ގޯސްތަކެއް ދިމާވެދާނެކަމަށް ޤަބޫލުކުރައްވާ ލަޒާރީނީ ވިދާޅުވީ، އިސްރާއީލުގެ ވައިގެ ޙަމަލާތަކުގެ ތެރޭގައި ޢާންމުން މަރުވި މީހުންގެ ޢަދަދު، ޞިއްޙީ އޮފިޝަލުން އިތުބާރުހުރި ގޮތެއްގައި ލިޔުއްވަމުން ގެންދަވާކަމާމެދު ޝައްކުކުރަންޖެހޭ އެއްވެސް ސަބަބެއް ޔޫ.އެން.އާރް.ޑަބްލިއު.އޭއަށް ފާހަގަ ކުރެވިފައި ނެތްކަމަށެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބި ބަޑީގެ ހަމަލާތައް ބަދަލުކުރުން ދަނީ އިތުރުވަމުންނެވެ.

އޮކްޓޯބަރު މަހު 7 ގައި ހަމަލާތައް ބަދަލުކުރަން ފެށިފަހުން 7،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޣައްޒާގެ އިންސާނީ ހާލަތު ފެންނަނީ ވަރަށް ގޯސްކޮށެވެ.

ޣައްޒާޖޯ ބައިޑަންއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު