Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލާއި އެމެރިކާގެ ގުޅުން

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ހަމަލާދިނުން ލަސްކުރުމުން ފައިދާވަނީ އެމެރިކާ އަށް

ހަމާސްގެ އަތްދަށުގައި ތިބި އަސީރުން ދޫކޮށްލަންދެން އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ނުވަދެ ލަސްކުރުމަށް ނަތަންޔާހޫއަށް ބައިޑަން ވަނީ ލަފާދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 07:20
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލުގައި ހަމާސްގެ ވަސްވެސް ފޮހެލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. އެގޮތުން ޣައްޒާއަށް އެއްގަމު މަގުން އަރާނެކަމަށް ބުނެ އެކަމުގެ އިންޒާރު ނަތަންޔާހޫ ވަނީ ދީފައެވެ. އެކަންކުރާނެ ތާރީޚެއް ހާމައެއްނުކުރެއެވެ. ނަމަވެސް ހަނގުރާމައަށް 21 ވަނަ ދުވަސް ގުނަމުންދާއިރު އަދިވެސް އެކަން އިސްރާއީލުން ކޮށްފައެއްނުވެއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުން ވަނީ ފަސްކޮށްފައެވެ. އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަކީ އެމެރިކާ އެހާ ގަބޫލުކަމެއް ނޫނެވެ. އެކަން ލަސްކުރާ ވަރަކަށް ފައިދާވަނީވެސް އެމެރިކާއަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު ވިދާޅުވެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި އަސީރުން ދޫކޮށްލަންދެން އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ނުވަދެ ލަސްކުރުމަށް ނަތަންޔާހޫއަށް ލަފާއަރުވާފައިވާކަމަށެވެ. ނަމަވެސް އެކަމަށް ޑިމާންޑްނުކުރައްވާކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަންގެ މިވާހަކަފުޅާއެކު އެމެރިކާއިން ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލަށް ހިފެހެއްޓުމެއްނެތް ގޮތެއްގައި ވާގިދިން ނަމަވެސް އެކަމުގެ ސަބަބުން ދިމާވާނެ ކަންކަމާމެދު ހުރި ކަންބޮޑުވުންތައްވެސް ހާމަވެގެންދެއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރެވޭނެ ކިރިޔާވެސް ގޮތެއް އޮތްނަމަ އެގޮތެއްގެ ބޭނުންކުރުމަށް އެެމެރިކާ ބޭނުންވެއެވެ. ނަމަވެސް އިސްރާއީލުގެ ފައުޖުތައް ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ އެމަގު އެއްކޮށްކަހަލަ ގޮތަކަށް ބަންދުވީއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި 200ށް ވުރެ ގިނަ އަސީރުން ތިބިއިރު އޭގެތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނެއެވެ. އޭގެތެރެއިން 4 މީހުން ދޫކޮށްލާފައިވާއިރު އިތުރު މީހުން ދޫކޮށްލާނެކަމުގެ އުންމީދު ބޮޑެވެ.

ނަމަވެސް އެމެރިކާގެ ކަންބޮޑުވުން މިކަމުގައި އޮތީ ހަމައެކަނި އަސީރުން މިނިވަންކުރުމާއެއް ނޫނެވެ. މެދިއިރުމަތީގައި އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ކުރިމަތިވާ ހަމަލާތަކާއެކު އެމެރިކާގެ ދިފާއީ ބާރަށް ކުރިމަތިވެދާނެ ނުރައްކާތެރިކަމަކީވެސް އެމެރިކާގެ ކަންބޮޑުވުމެކެވެ. އިރާޤާއި ސީރިއާގައި އެމެރިކާގެ އަސްކަރިއްޔާ އޮތްއިރު އެތަންތަނުގައި އިރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތައް އެބަތިއްބެވެ.

އެހެންކަމުން ޣައްޒާއަށް އިސްރާއީލުން އެއްގަމު މަގުން އަރައިފިނަމަ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވުމަކީ އެމެރިކާގެ ކަންބޮޑުވުމެކެވެ. އެމެރިކާގެ ސަރުކާރުން މިހާރުވެސް ވަނީ އިރާޤާއި ލުބުނާނުގައި ހުރި އެމްބަސީގައި ތިބި ކޮންމެހެން މުހިންމު ނޫން މުވައްޒަފުން އަނބުރާ ގައުމަށް ދިޔުމުގެ ހުއްދަދީފައެވެ. އެއީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަރަކާތްތައް ފުޅާވަމުންދިޔުމާއެކުއެވެ.

މީގެއިތުރުން އެމެރިކާއިން އަންނަނީ މެދުއިރުމަތީގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ކޮންޓިންޖެންސީ ޕްލޭނެއްވެސް އެކުލަވާލަމުންނެވެ. އެއީ ހާލަތު ގޯސްވެއްޖެނަމަ ވީއެންމެ އަވަހަށް އެމެރިކާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ގެންދަވަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ވަޑައިގެން މަސްރަހު އިތުރަށް ހޫނުވިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި މިދަނޑިވަޅުގައި ހަނގުރާމަ ހުއްޓާލައިފިނަމަ ހުރިހާވެސް ފައިދާ އެއް ވާނީ ހަމާސް އަށެވެ. އެހެންކަމުން އެމެރިކާއިން އދ އަށް ހުށަހެޅޭ ގަރާރުތަކުގައިވެސް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ ހަނގުރާމަ ހުއްޓާނުލާ ހަމަލާތައް ދިނުން ވަގުތުކޮޅަކަށް މެދުކަނޑާލާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެމެރިކާގެ މިއެދުން އަދި ހާސިލުވާނެ ގޮތެއް ނުވެއެވެ.

ރަޝިޔާ އާއި ޗައިނާއިން ހަނގުރާމަ ހުއްޓާލަން ބޭނުންވާއިރު އެމެރިކާ ބޭނުންވާ ގޮތަކަށް އދ ގެ ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްވާނެ ގޮތެއް ނެތެވެ. ހަމައެހެންމެ އެމެރިކާ އާ ގުޅުން އޮންނަ އަރަބި ގައުމުތައް ކަމުގައިވާ މިސްރު، ސައުދީ އަރަބިއްޔާ، ލުބުނާން، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ފަލަސްތީނިއަން އޮތޯރިޓީންވެސް ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމަށެވެ. މައިގަނޑު ސަބަބަކީ އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ކުށެއްނެތް ބައެއްގެ ފުރާނަ ގެއްލިގެންދިޔުމެވެ. އެހެންކަމުން އެމެރިކާއިން ބޭނުންވާ ގޮތަށް ގަރާރު ފާސްކުރުމަށް ވަނީ ދަތިތަކާ ދިމާވެފައެވެ.

ބައިޑަން ވަނީ ތަޖުރިބާކާރު ޑިޕްލޮމެޓް ޑޭވިޑް ސެޓަރފީލްޑް އަށް މުހިންމު މަސައްކަތެއް ހަވާލުކޮށްފައެވެ. އެއީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އެމެރިކާގެ ޕާސްޕޯޓް އޮންނަ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުން އެސަރަހައްދުން ބޭރު ކުރުމެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ސްޕޯކްސްޕާސަން ބުނީ މިއީ ވަރަށް އުނދަގޫ މަސައްކަތެއްކަމަށެވެ. އެއީ މިކަމުގައި ވާހަކަދައްކަން ޖެހެނީ އިސްރާއީލު، މިސްރު އަދި ހަމާސްއާ ކަމަށް ވުމުންނެވެ. އެމެރިކާއިން ސީދާ ގޮތެއްގައި ހަމާސްއާ ވާހަކަދައްކަމުން ނުދެއެވެ.

ސްޕޯކްސްޕާސަން އިތުރަށް ބުނީ އެއްކަމެއް ހައްލުވާއިރު އަނެއްކަމަށް އޮންނަނީ ފެންމަތިވެފައި ކަމަށެވެ. ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ގޮތަކަށް ކަންކޮށްގެން މިކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށް އޭނާ ބުންޏެވެ.

ޣައްޒާއަށް އިސްރާއީލުން އެއްގަމު މަގުން އަރައިފިނަމަ އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދޭނީ ކިހިނެއްތޯވެސް ސާފެއް ނޫނެވެ. ނަމަވެސް އެމެރިކާއިން އަންނަނީ ޣައްޒާއަށް އެއްގަމު މަގުން އެރުމުގައި އިސްރާއީލުން ގެންގުޅެމުންދާ ސިޔާސަތުތަކާއި ޓެކްޓިކްސްތަކާއި ގުޅޭގޮތުން އިސްރާއީލާ ވާހަކަދައްކަމުންނެވެ.

އިރާޤުގައި ކުރި ހަނގުރާމައިގައި އެއްގަމު މަގުން ހަނގުރާމަކުރި ތަޖުރިބާކާރު އެމެރިކާގެ އަސްކަރީ އޮފިސަރުން ލައްވާ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އެއްގަމު މަގުން ހަމަލާދިނުމުގައި ބަލަންޖެހޭ ކަންކަމާއި ގުޅޭގޮތުން އަންނަނީ ވާހަކަދައްކަމުންނެވެ. އެކަމުގައި ގެންގުޅޭނެ ސިޔާސަތުތައް ރާވަމުންދާއިރު ވީހާވެސް އާންމުން މަރުވާ އަދަދު މަދުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް އިރުޝާދު ދެމުން އަންނަކަމަށް ސްޕޯކްސްޕާސަން ބުންޏެވެ.

ހަވަރޑް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް އެފެއަރޒްގެ ޕްރޮފެސަރެއްކަމުގައިވާ ސްޓެފެން ވަލްޓް ބުނާ ގޮތުގައި ހަނގުރާމަ ފެށުނުއިރު އެމެރިކާއިން ހިފެހެއްޓުމެއްނެތި އިސްރާއީލަށް ތާއީދުކުރަމުން އައި އައުމަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަން ފަށާފައެވެ. އެގޮތުން ހަނގުރާމަ ކުރިޔަށްދާ ވަރަކަށް އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ގޮތަށް ދުނިޔެއިން މިކަން ނުދެކޭކަން އެމެރިކާއަށް އެނގެއެވެ. ރަޝިޔާ އިން ޔޫކްރެއިންގެ ބިންތައް ހިފުމަށް ކުރާ ހަނގުރާމައިގައި ރަޝިޔާގެ ދެކޮޅަށް ހުރިހާ ކަމެއް ކުރާއިރު އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމުގައި އަމަލުކުރާ ގޮތާމެދު އެމެރިކާގެ ގެންގުޅޭ ސްޓޭންޑް ތަފާތެވެ. އެކަން ފާއިތުވި 60 ވަރަކަށް އަހަރު ދުނިޔެއަށް އޮތީ ފެންނަންކަމަށް ސްޓެފަން ބުންޏެވެ.

ހަމާސް އިން ދިން ހަމަލާގައި އިސްރާއީލުގެ 1400 މީހުން މަރާލުމަށްވުރެ މިހަނގުރާމައިގައި އިސްރާއީލުން ކަންކުރާ ގޮތުން ދުނިޔެ އިސްރާއީލާމެދު ދެކޭގޮތް ތަފާތުކަން އެެމެރިކާއަށް ވަރަށް ސާފެވެ. އެހެންކަމުން ހަމާސް އާއެކު ކުރާ ހަނގުރާމަ އިސްރާއީލަށް ކާމިޔާބު ވިނަމަވެސް އާންމުންގެ މެދުގައި އުފެދިފައިވާ ފަލަސްތީނާ އެއްކޮޅު ޚިޔާލުތަކާއި މެދުއިރުމަތީގައި އެމެރިކާއިން މިހުރިހާ ދުވަހު ފަތުރަމުންދިޔަ ހަން ފެތުރުން ދެން އެމެރިކާއަށް ކާމިޔާބުނުވުމުގެ ބިރު އެމެރިކާއަށް މާބޮޑެވެ.

ސޯސް: ބީބީސީ

އެމެރިކާއިޒްރޭލްހަމާސްފަލަސްތީންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު